ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އަޅަން ފަށާ، މަސައްކަތުގެ ބޮޑުބައެއް ނިންމާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގަށް ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު 40 އިންސައްތައަށް ބޮޑުކުރުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް ވިދާޅުވީ، ހިޔާ ފްލެޓް މަޝްރޫއުގެ ފްލެޓްތަކަށް ކޮންމެ މީހަކުވެސް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އާތިފް ވިދާޅުވީ، މިއީ އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަގެއް ކަމަށެވެ.

"ކޮންމެ ޔުނިޓަކަށް 82،496 ޑޮލަރު އެބަ އަރާ. އެއީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އެޕާރޓްމަންޓަކަށް. މިހާރުގެ ކޮންސްޓަރަކްޝަން މާރކެޓް ރޭޓަށް ބަލާއިރު، މި ވަރުގެ އަގަކީ ދެ ކޮޓަރީގެ އެޕާރޓްމަންޓަށް ބޮޑު އަގެއްކަންވެސް އަޅުގަނޑު ފާހަގަ ކުރަން. ގާތްގަނޑަކަށް 11000 ރުފިޔާ މަހަކު ދައްކަން ޖެހޭނެ. މިއީ އަންދާޒާ ކުރި ވަރަށް ބޮޑު އަގެއް. އެކަމާއި ގުޅޭގޮތުން ސަރުކާރާއި އެކު މަޝްވަރާ ކުރެވެމުން ދަނީ." އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މީގެ އިތުރުން، މި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ އެމްޑީ، ސުޙައިލް ވިދާޅުވީ، އިމާރާތުގެ ތިރީގައި ކޮމާޝަން ކަންތައްތަކަށް ޔުނިޓްތަކެއް ބެހެއްޓުމާއި ގުޅިގެން އެ އަދަދަށް ފުލެޓް މަދުވީ ކަމަށާއި، އެއީ ސަރުކާރާއި މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

"ހުޅުމާލެ 7000 ފުލެޓް ގެ ޕްރޮޖެކްޓަކީ ފުރަތަމަ ސަރުކާރުން ފޯމިއުލޭޓް ކުރައްވަމުން ގެންދެވި ޕްރޮޖެކްޓެއް. ވަކި ހިސާބަކުން އެޗްޑީސީ އާއި ހަވާލުކުރީ. އޭރު ވަނީ މައިގަނޑުގޮތެއްގައި ޑިޒައިންތައްވެސް ކުރެވި، އަދި އެ ލޯން އެމައުންޓްތަކާއި، މި ކަންތައްތައް ގާތްގަނޑަކަށް ނިމިފަ. ޕްރޮޖެކްޓްގެ ލޯން އެމައުންޓަކީ 434 މިލިއަން ޑޮލަރު. 7000 ފުލެޓް ކަމުގައި ވިޔަސް، ފަހުން މަޝްވަރާ ކުރެވި، އިމާރާތުގެ ތިރީގައި ކޮމާޝަން ކަންތައްތަކަށް ޔުނިޓްތައް ބެހެއްޓުމާއި އެއްކޮށް، 6860 ޔުނިޓަށް ވަނީ މަދުކުރެވިފަ." ސުޙައިލް ވިދާޅުވިއެވެ.

މި ފްލެޓްތަކުގެ އަގެއްގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތް އަގަކީ، ޑައުންޕޭމަންޓްގެ ގޮތުގައި، 25000 ރުފިޔާ ދެއްކުމަށްފަހު، މެއިންޓެނެންސް ފީ އާއި އެކު މަހުކުލީގެ ގޮތުގައި، ކޮންމެ މަހަކުވެސް 6600 ރުފިޔާ ދައްކާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

 1. ރަސްދޫ

  ހަމަ ހިނި އަންނަނީ .. އެމްޑިޕީ އަށް ވޯޓްލީ އެންމެން އަތްޖަހާ...

  261
  4
  • ޙައްގުބަސް

   ހަމަ ރަގަނޅަށް ތިބުނީ!! އެންމެން އަތްޖަހާ!! އޮންނާނެ ރާކަނި މަސް ކެވިފަ!! ވަގުތީ ފައިދާއަށް ކަންކަން ކުރީމާ ވާނެގޮތް ހިތިވާނެ! ވޯޓް ވިއްކި މީހުނާ ހެޔޮބަސް ގަބޫލު ނުކުރާ މީހުނަށް އެއްޗެއް މިހާރު ވިސްނޭނެ!!

   221
   3
   • ތާޖު

    އެމްޑީޕީ ކުދިން ބުނާނީ އެއީ ކުރަނޖެހިގެން ކުރިކަމެއްކަމަށް

    11
  • އ. ޖ. އ

   ??????????

   22
 2. އައްޔު

  ދެން އަތްޖަހާ.. ދެންއަތްޖަހާ... ދެންއަތްޖަހަ އަތްޖަހަ އަތްޖަހާ..... ނުވާނެ ބޮޑެއް ދިވެހިންނަކީ މުއްސަދިންނޭ ރައީސްޔާމީނުއަށް ނޭގިގެންނޭ 6000 ރުފިޔާއޭ ބުނީ. ބުނަންވީ 15000 ރުފިޔާއޭ އޭރަށް ވޯޓެއްދިނީސްކަން ޔަޤީން

  197
  4
 3. ޢަހްމަދު

  ތީމާލޭ މީހުންގެ ގެތައް ކުއްޔަށް ދޭން ޖަހާ ރޮކެއްޓެއް

  130
  4
 4. ޢަލީ ހަމީދު

  ރާކަނިމަސް ރަގަޅައް ކެވެމުންދަނީ.. ކުރިއައް ކުރިއައް..ބާރައްކުރިއައް..

  147
  2
 5. މަސްވެރިޔާ

  ބަލަ ރ.ޔާމިން މަހަކު 5000ރ ދޭން ނިންމީވެސް ދައުލަތަށް ފައިދާވާގޮތަށް، ކޮންމެ 2 ކޮޓަރީގެ އެޕާޓްމަންޓްއަކަށް ޚަރަދުވަނީ 58000ފަންސާސް އަންހާސް ޑޮޑަރ ނުވަތަ 9 ލައްކަ ރުފިޔާ.... 11000 މިނަގަނީ ކީއްކުރަންތޯ، ޤާނޫނު އަސާސީން މަޖުބޫރުކަމެެއް، ބޯހިޔާވަހިކަންދިނުން... ފޭލިވެއްޖެ، ބާލަން ރައްޔިތުން ނުކުމެ ހިތާ ހިތް ގުޅާލާ، . ދޮގް ދޮގް. ސަރުކާރު
  މިއީ ވެރިކަމެންގޭ ،، ބަލާވެރިކަމެންހޭ، މިއީ ވެރިކަމެންހޭ، އަނިޔާވެރިކަމެންހޭ، މަވާ، ފޫހިވެއްޖެ.....

  178
  2
 6. ނާނި

  ކިހާދެރަކަމެއް މިސަރުކާރުނ ލާރިއަށް ބޫތުކައިފާ ، މީ ފުކެއް ބޮޑުވަރު.

  165
  2
  • ާަސާސި

   ތިބޭ ދެން ހޭބަލި ވެފަ. ވޯޓް ލިމީހުން ކޮބާ؟ ބަލާބޮޑު ސަރުކާރު. މިހާރު ތިބޭނީ ހިތި ބޮވިފަ. ދެން ލަ ލަ ލާ!!!!! ހަ ހަ ހާ ??

   139
 7. Anonymous

  އެހެން ގައުމުތަކަށް ހިލޭ އެހީ ދޭއިރު މި ހުރިހާ ހިސާބުތަކެއް ނަހަދާ. ފްލެޓް ތައް އަތް ފޯރާ ފަށަށް އަރުވަންވީ! ދުރުވިސްނުން މުހިންމު!

  105
  1
 8. ގެރިކިރު

  ދެން ދެއަތުން ހަންދާވަރަށް އަތްޖަހާ!

  113
  1
 9. އާތް

  ޔާންބެ ކެނޑީ ފޮނި ނޫންކަން ދުވަހެއް ،މަހެއް އަދި އަހަރެއް ފާއިތުވާ ވަރަށް ރަށްޔިތުންނަށް ފެނިގެންދާނެ. ޔާމްބެ ހުރިނަމަ މިފަސް އަހަރުގައި ދިވެހިން އުޅޭނީ ހިލޭކަހަލަ ގޮތަކަށް ދެން ޖީޑީޕީ އަށް ވާގޮތްބަލަން ތިބޭ އަދި އަރަނި ވާންދިޔަ ބަޖެޓަށް ވާގޮތްވެސް ބަލަން ތިބޭ.

  113
  2
 10. މޫސަ

  މި ސަރުކާކުގެ އޯގާތެރިކަން މި ފެންނަނީ. އަތްފޯރާފަށް ބޯހިޔާވަހިކަން. ރައީސަށް ދަންނަވާލަން. ރައްޔިތުން ބަނޑަށް ނުޖެހެނީސް އަވަހަށް އިސްތިއުފާދީ

  108
  1
 11. ޏަމްޏަމް

  ????????? ޔާމީން ނިންމީ 6600/-. ބޮޑުވަގު ސޯލިހު އަގުހެޔޮ ކޮށްދިނީ 11000/- . މިބައިަނޑު ކިބައިގަވާ އެމްޑީޕީ މީހުން އެންމެ އުފާވާ ސިފައަކީ ދޮގާ މަަކަރާ އޮޅުވާލުން. އަތަފަނި ބޮއި ދެން. ?????????

  106
  • ސަދާ

   ކަރާބުނީ ޝޫލާ ޝިރާބް ކަމަށް ބޮނީ އަތަފަންޏެއް ނޫން

   32
 12. ޒވނއ

  އަތްޖެހުން އިއަށް މަޑުކޮށްލަބަލަ...
  ދުރުވިސްނޭ މީހުންނަށް ވިސްނުނީ 25 ބުރީގެ ފްލެޓަކަށް އެންމެ 4 ލިފްޓް ބަހަށްޓަން !
  ކަޑައެއްނުން މީތި !

  6
  100
  • Anonymous

   އޭގެ ގަދަކަމަކީ މިއަށް ވުރެ ގަދަކަން!

   23
   1
  • އިލްކްސަ

   1 ކޮޓަރީގައި 6 މީހުން އުޅުމަށްވުރެ 550 އަކަފޫޓު ހިތަށް ފަސޭހަވާނެ.

   30
   1
  • ރައްޔިތުން

   މި ނޫނަސް ތަންތާ ހުރޭ 4 ލިފްޓް 30 ބުރީގެ ކޮންޑޯގަވެސް.. މެލޭ.. ސިންގަޕޯރ ތަން ތާވެސް.. މައްސަލަ އަކަށް ނުވޭ

   32
 13. ޢަދުރޭ

  ޢެޖެންޑާ 19 ކިޔާ ތެލެއް ހުންނާނެ އޮލަކޮށް ގައިގަ ލައިގެން ތިބޭ ދެން .

  106
  2
  • ނާނި

   ބާކީ 140 ފްލެޓް މެއިންޓަނަންސްއަށް ތޯ، ނޫނީ ޕާޓީ ކުދިންނަށް ހިލޭ ދެނީތޯ، އެތަންތަނުގެ އަގު އެހެން ފްލެޓްތަކަށް އެޑްކޮށްލާފަ.

   27
 14. މާހިރު

  ޔާމީނު ހަމަޖެއްސި ރޭޓުން ކުލި ނަގައިފިނަމަ، 1.2 މިލިޔަން ރުފިޔާ 15 އަހަރާ 8 މަހުން އަދާވާނެ. ސޯސަލް ހައުސިންގ އަށް 15 އަހަރު ކީއްކުރަން 20 އަހަރުން އަދާކުރާގޮތަށް ހަމަޖެއްސިޔަސް އެއީ މައްސަލައެއް ނޫން. ތިޔަ ކުންފުންޏަށް ފައިދާ ހޯދަންޖެހޭނީ ސޯސަލް ބަޔަކުން ނޫން. އެބިންކޮޅު ހިއްކަން ހިނގި ކޮސްޓް ޕްރައިސް ލިޔަން 17 އަހަރު ހޭދައެއް ނުވާނެ.

  49
 15. ކޯ.

  ހުރިހާ ކަމެއް ވެސް އެކުރަނީ އޮޅުވާލުމާ މަކަރުން ދިވެހި ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޭން ނިންމާފައި ހުރި އަގު އިންތިހާ އަށް ބޮޑު އެކުރީ އެމްޑީޕީގެ އަށްޖަހާ ކުދިން ކޮޅަށް ހަމަ ރަނގަޅު ވާނެ ކޮންމެ ގޮތެއް ވެސް އެމީހުން ނަށް ތިކަން ވެސް ސަޅި ވާނެ

  37
 16. އަލި

  ސަރުކާރު ވެެއްޓެންއޮޠް ގޮތަކަށް ކުރިއައް އޮތް 18 ދުވަސްތެރޭ ވައްޓާލަން ތައްޔާރކުރާނަނަން ހޭލާތި

  56
  1
 17. މަރީ

  މަރީ: "ހާދަ ކުލިބޮޑޭ"
  ދޮންބެ: "ހައްލަކީ އެޖެންޑާ 19, އާއިލާ ވެރިކަން ހިންގާނީ، ދީނުގެ ބަދަލުބައި ކިޔަވައިދޭނީ ޔޯގާ"

  63
  1
 18. ޝުކުރިއްޔާ ވަގުތު

  ނޫސްވެރީން އަބަދު ވެސް ވަކާލާތުކުރަނީ ދެ ފުށް ހާމަކުރަން ޖެހޭ ބައެއްކަމަށެވެ. އެހެންވީމާ އެމީހުންވާނީ ރައްޔިތުންނަށް ހުރިހައިކަމެއްގެ ދެފުށް ގެނެސްދޭން ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ކިތައް ނޫސްވެރިންހެއްޔެވެ؟ ވަގުތު ނޫސް ފިޔަވައި ރާއްޖޭގެ އެހެން ހުރިހައި ނޫހެއްގައި ވެސް މި ވާހަކަ އެބަ އޮތެވެ. އެކަމަކު ރައްޔިތުންނާ ގުޅޭ އެންމެ މުހިންމު ވާހަކަ އެ ނޫސްތަކަކު ނެތެެވެ. އެކަން އެމީހުން އޮތީ ހާމަނުކޮށް ސިއްރުކޮށްފައެވެ. އެ ވާހަކައަކީ ފުލެޓުތަކުގެ އަގަށް މި އައި ބަދަލެވެ. ކުރީ ސަރުކާރުން ހަހާސް ހަސަތޭކަ އަށް ދޭން ނިންމާފައިވާ ދެކޮޓަރީގެ އެޕާޓުމަންޓު މިހާރު މިސަރުކާރުނުން މި ބުނަނީ ދެވޭނީ އެގާރަ ހާހަށް ކަމަށެވެ. ރައްޔިތުންނަށް ކިހައި މުހިންމު ވާހަކައެއްތޯއެވެ؟ ހަމަ އެހެންމެ އަޅުގަނޑު ހަނދާން އެބަ ހުއްޓެވެ. ކެންޕޭނުތެރޭ މިހާރުގެ ރައީސް އިބްރާހީމު ބުނީ ތިންކޮޓަރީގެ އެޕާޓުމަންތެއް ހަހާސް ރުފިޔާއަށް ލިބޭނެކަމަށެވެ. އަޅެ ދޮގެއް މަކަރެއް ޔަހޫއްޖެއް ނޫނީ މި ވެރީން ހަދާހެއްޔެވެ؟

  38
  1
 19. ޭއީތު

  ސޯލިހު ކަލޭ އަކައް ނުވާނެ ތިކަމެއް. ސަލާމް ބުނެފަ ރައްކާވޭ. ފެއިލް ވެެެއްޖެ ކަލޭ. ބަހާ އަމަލާ ދިމާކުރަން ދަސްކޮއްބަލަ. މިނޫން ވެސް ދުނިޔެ އޮތްކަން ހަނދާން ނެތުނީތަ؟؟؟؟؟؟؟

  41
  1
 20. ގުނބޯ

  މިހާރު ކޮބައިތަ ރައްޔިތުން ނައްށާ ގައުމައް ރަނގަޅުގޮތް ހޯދަދޭން އުޅުނު ގޮޅާބޯއާ ސޭޓު މެން މިހާރު މިފެންނަނީ ރައްޔިތުން ނައް ރަނގަޅައް އަލަކެވޭ މަންޒަރު ދެންތިބޭ އަތްޖަހަން. ހަމަ ހިނި އަންނަނީ

  35
  2
 21. ރާޅު ބޯއީ

  ސުބުހާނަﷲ މިއީ ދެން ފުކެއް ބޮޑުވަރު. 6000 ރުފިޔާއަށް ދޭން އިއުލާންކޮށްފަ ހުރި ތަންތަން 11000 އަަށް. މިބައިގަނޑަކީ ދުވަހެއްގެ ކޮޅުންވެސް ރައްޔިތުންނަށް ހެވެއް އިސްލާމް ދީނަށް ލޯތްބެއް އޮތް ބައެއް ނޫން. ކުޑަ މުސާރައެއްގައި އުޅޭ ދެރަ ނިކަމެތިން ފެލާލަނީ. މުޅި ގައުމު ސުންނާފަތިވަނީ. މިތަންތަން ބަލަން ހަމަ ތިބެންވީތަ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެޔޭ ބުނާ ބީދައިން ރައްޔިތުން މަގުތަކަށް ނުނުކުމެ ސަރުކާރު ހަމައަކަށް ނޭޅޭނެ. ހިތަށް އެރި އެއްޗެއް ހަދަނީ. ހެޔޮނުވާނެ ނިއުމަތެއް ލިބުނީމަ މިވަރު އަރުވާލަން. އެޅިހާ ބަތަކަށް ރިހަ ވެގެން ހަމަ ހެދި އެއްޗެއް ހެދެން ތިބެން ދިވެހިން ހަމަ އެހާ ފިނޑި ބައެއްތަ މީ.

  42
  2
 22. ފާތުމާ

  މިވެރިކަންމީމުއްސަނދިންނައް ކަންތައްކޮއްދޭންއައިވެރިކަމެއް ފަގޯރުން ހާލުގަޖައްސަން ވޯޓުހޯދަން ދޮގުހެދީ ބަލަކޮބާހެޔޮއަގޭކިޔާރަނލު ވެރިކަން ކާކައްއޮޅޭނީ 6000 ރުފިޔާކަންނެގީ ސުހޭލު އައްއޮޅުނަސްރައްޔިތުންނަކައްނޯޅެނެ

  24
  2
 23. އެޗް.ޑީ.ސީ ގެ ދަރި

  ޔާމިނު ސަރުކާރުން އެޗް.ޑީ.ސީ ދަރުވާލާފަ ދެން ކޮން ވާހަކަ އެއް.. މި ފްލެޓްތައް އަގުބޮޑުކޮށް ޔާމިނު އަމިން ކޮންސްޓްރަކްޝަން އަށް ދިން ގޮތް ބަލާބަލަ،،،،،،،،،،،،،،،،،،،،،،،،،،،،

  2
  49
 24. މަނިކު

  ވަޓް ދަ.. ޢިމާރާތުގެ ތިރީގައި ކޮމާޝަލް އެއް ނޫން ހުންނަންވީ.. ޕާކިން ހުންނަންވީ.. އަނެއްކާ އަނެއް މާލެއަށް ހަދަން ނޫޅެބަލަ.. ހެޔޮ ނުވާނެ.. އެންމެންގެ ވެހިކަލު މަގުތަކުގައި ބެހެއްޓުން ކުޑަކުރަން އެބަ ޖެހޭ.. މިފަދަ ހައުސިން ޕްރޮޖެކްޓްތަކުގެ 2 ފްލޯއެއް ޕާކިންއަށް ދީގެން، އެކަންކަން ހައްލުވާނީީ..

  32
 25. އ. ޖ. އ

  ޔާމީނުގެ ހަދިޔާ ކުރި ދަރަނިން ސަލާމަތް ވެވޭނީ މިހެން... އެހެން ނޫނީ 2 އަހަރު ތެރޭ ފްލެޓް ކޮޅު ސަރުކާރުން އެހެން ބަޔަކަށް ދޭން ޖެހޭނެ.. ވިސްނާލުން ބުއްދިވެރި

  2
  54
  • ރައްޔިތުން

   މަގަކުން މަހަކަށް ދަރަނި ބޮޑުވަމުން މި ދަނީ މި ސަރުކާރުން ދޯ.. އެހެން ނޫނަސް ސޯޝަލް ހައުސިންގ އަކީ ޕްރޮފިޓަށް ކުރާކަމެއް ނޫން..

 26. ީއިބުރާހިމް

  ކޮމާށަލް ޔުނިޓްތައް ހިލޭ ބެހި ކަމުގައި ވިޔަސް 434 މިލިއަން 6860 ޔުނިޓައް ބަހާލުމުން ޖެހެނީ 975551.02 (ނުވަ ލައްކަ ހަތްދިހަ ފަސް ހާސް ފައްސަތޭކަ ފަންސާސް އެއް ރުފިޔާ ދެ ލާރި) ... ކަލޭމެން ހިސާބު ޖަހަނީ ކިހިނެއް. ވިޔަފާރި ޔުނިޓްތަކުން ކުލި ނަގާ ގޮތައް ޖެހީމަ އަދިވެސް ހެޔޮވާނެ. އިސްތިއުފާދީފަ ހިސާބު ދަންނަ ބަޔަކާ ހަވާލު ކުރޭ.

 27. ޢިބްރަތްހުރި

  ކޮބާ ރައްޔިތުންނަށް ފެނޭ ޔާމީން އަނިޔާވެރީއޭ ޤައުމު ކައި ހުސްކުރީއޭ ތިން ރިސޯޓުން ޤައުމު ހިންގޭނޭ ބުނި މީހުންނަށް މިވީ ކިހިނެއް. ކީހާ ފަރިއްސެއް ޅެމަށްވެ ދިޔައީ.
  މިމީހުންގެ ކިބައިން ޤައުމު ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރޭ.

  10
  1
 28. ޒާ

  ހަގީގަތުއިވެސް އެމްޑީޕީއަށް ވޯޓްދިންމީހުންއުފަލުން ނަށަންވީ

  31
 29. ސޯކާބެ

  އެހެންވީމާ 6860ގުނަކުރަން 11000ރުފިޔާ =/75460000ރުފިޔާ ވީމާ މީސަރުކާރުން ކުރާ ބޮޑުވިޔަފާރިޔެއް ރައްޔަތުން އަޅުވެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދަން އަޅެ މިމީހުން ޓީވީޔައް އަރާ ސަރުކާރުން ފުލެޓް ދެއްވަނީޔޭ ވިދާޅުވާއިރު ލަދެއްނުގަނޭބާޔޭ މިހިތަށްއަރަނީ މިޔަކައް ނުކިޔާނެ ފުލެޓް ދެއްވަނީ ޔެކޭ ބޮޑުއަގުގައި ވިއްކަނީ ރަށްޔަތުން ކުރާމަސްއްކައްް އަތުލުމަށް އޭރުން އަބަދުވެސް ރައްޔަތުން ތިބޭނީ ދަރާވިކިފައި މިޔައްވުރެ ސަރުކާރަށް މާފައިދާވާނެ ރިސޯޓުހިންގައިގެން ކޮންމެހެން ނިކަމެތިރަށްޔަތުން ދަރުވާލާ އަޅުވެތިކުރުމުގެ ބޭނުމަކީ ކޮބާތޯ

  7
  1
 30. އެމީހާ

  ފުރަތަމަ ވެރިކަމައް އައިސް ފޭރިގަތީ ރަށްޔިތުން ދާއޮހުރުވައިގެން ހޯދާފައިރށްޔިތުންގެ އެކައުންޓުގައިހުރި ފައިސާކޮޅު. މިފަހަރުމިދިމާކުރީރަށްޔިތު މީހާ ގެޖީބުގައިހުރި ފައިސާކޮޅު ފޭރިގަންނަން. ނޫނޭ ހެޔޮވެރިކަމެށްކޮށްދެވޭމިވަރައް. ދެންމިވެރިކަންގެންނައް ވޯޓުދިންމީހުން ބޮނޑިބަތްކައްކައިގެންތިބެ އަތުން ހަންދާވަރަށް އަތްޖަހާ.

  10
  1
 31. ކެޔޮޅު

  އިންސާފުވެރި އޯގާތެރި ނަމުގަ ކަމުގަ ނާއިންސާފު އަނިޔާވެރި ސަރުކާރުން ރައްޔިތުންނަކައް އެއްވެސް ރަނގަޅުކަމެއް ނުކުރާނެ ރީދޫކުލައިގެ ބައެއްމީހުނައްރަނގަޅުކަންކަން ކޮއްދޭނެ ވަގައް!!

  7
  1
 32. ކޭ

  ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުން ލާޒިމު ކަމަށް މައުމޫނު ބުނި ނަމަވެސް އެކަން އެގޮތަށް ލިޔެފައިވާ ފޮޅުވަތެއް ވެސް ގާނޫނު އަސާސީ އަކު ނެތޭ ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީ އެއް ނެތި އެތައް ސަތޭކަ އަހަރެއް ރާއްޖޭގެ އުމުރުން ހިސްޓްރީ ތެރެއަށް ހިނގައްޖެއޭ ރާއްޖޭގައި ތިބި ދިވެހިން އައިރު ދީނުގެ މީހުންނަށް ބަދަލު ނުވެއޭ އޭގެ ބަދަލު ގައި ދަ ރާއްޖެތެރޭގައި ތިބި ޕާރޓޭން ތައް ވެސް އޮޅުވާލުމާއި މަކަރާއި ހީލަތުން އެމެން ދަނީ ދީނީ ޖިހާދަށޭ ކިޔާ ފަތް ބޯން ވެގެން ސީރިއާ އަށޭ ކަނޑާލަނީ މިފަދަ ޖާހިލު ކަނު އަނދިރީގައި ދިވެހިން ދީނުގެ ނަން ނުބައި ކޮށް ބޭނުން ކޮށް ގެން ބޭތިއްބުމަށް ވުރެން މާ ބޮޑަށް ރަނގަޅުވާނެއޭ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ނަމުގައި އެއް ތަން ހުރެ އެތަނުގެ ފެކަލްޓީ އެއްގެ ގޮތުގައި އިސްލާމިކް ސްޓަޑީސް ކިޔަވައި ދިނިއްޔާ

 33. އޮޅާލާ

  ރައީސް މައުމޫނު ދެން ތަމެން ތަމެންގެ ލެވެލް ގައި ތިބިއްޔާ މާ ބޮޑަށް ވެސް ރަނގަޅުވާނެއޭ ތިޔާއީ ދެން މިއަދުގެ ސިޔާސީ މައިދާނުގައި ބްރައިން ޑިސްޗާރޖްއޭ އިނގޭތޭ އެކަން ސާބިތުވަނީ ތަމެން އޮބާބާއްވާފައި މަޖްލީހުގެ ސުޕަރ މެޖޯރިޓީ ތަމެން ޖަލަށް ގަޅާލި ސޮރު ސްޕްރިންޓް ނަގަމުން ކަޅުބިލަ މަސް ކަނޑުގައި ދުވާ ގޮަތަށް އެސޮރު މުޅި ރާއްޖޭގައި ސްޕްރިންޓް ނަގަމުން އެކަން ކާމިޔާބު ކުރުމުންނޭ ތަމެން ދެން މަހަށް ދޭބަލަ ރައީސް މައުމޫނު މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ހަމަ ވަކިން އިސްލާމިކް ޔުނިވަރސިޓީ އެއް ހުރުން އެއީ ލާޒިމް ކަމެއް ކަމަށް ބުނާ ދީނުގެ ދަލީލެއް ތަމެން ދައްކަގަ ނުދެއްކުނު ދޯ ތަމެން ދެން ތިޔާ ލާޒިމް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

 34. ބުރޯ

  ކުދިންނޭ މިވީގޮތް އެގޭތަ ؟ 7000 ފްލެޓް އިމާރާތް 6860 އަށް ބަދަލުވީމަ 140 ފްލެޓް މަދުވޭ އެހެން ވީމަ އަގު ހެޔޮ ވެގެން އަންނަންޖެހޭނެ. އެއީ އެ 140 ފްލެޓް ހެދުމަކަށް ހަރަދު ކުރަންނުޖެހޭނެތީ . ސަރުކާރު ވެރިކަމަށް އައި އިރު ކޮންކްރީޓް ހުރީ ނިމިފާ ވީމާ ސްޓްރަކްޗަރަށް އަންނާނީ ކޮންބަދަލެއް ؟ހަމަ އެކަނި ބަދަލުވީ ކުރިން ހަދަން ނިންމާފާހުރި140 ފްލެޓް މަދުކޮށްލަން ނިންމުން. ވެގެން އުޅެނީ އެހެނެއްނޫން ސަބަބަކީ ވެރިކަމަށް އައިސް ފްލެޓްތައް ތަޅާލަން ސާލިހް ވިދާޅުވި ކަމަށް ނޫސްތަކުންފެނުނު . މަސއްކަތް ހުއްޓުވާލީ މިފްލެޓް ތަކުގެ މަސައްކަތަކީ މަސައްކަތް ކުރާ ކުންފުނިތަކުން އަމިއްލަޔަށް ލޯނު ހޯދައިގެން ކުރަމުންގެންދާ މަސައްކަތް ތަކަކށް ވުމުން މަސައްކަތް ހުއްޓުވާފަ އޮތް ހުރިހާ ދުވަހަކަށް ކުންފުނިތަކަށް ދާނީ ގެއްލުންވަމުން ދޯ އެކުންފުނިތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ވެސް ބޭކާރު އިތުރުވުމެއް ކުންފުންޏަށް ލިބިގެންދާނެ މިކުންފުނި ތަކަށް ލިބޭ ހުރިހާގެއްލުމުގެ ޒިންމާ ދިވެހި ދަވްލަތުން އުފުލަންޖެހޭނެ .މަސައްކަތް ހުއްޓުވާފަ އޮތުމުގެ ސަބަބުން ލިބުނުގެއްލުމުގެ ޒިންމާ ދިވެހިރައްޔިތުން އުފުލަންޖެހިގެންނުވާނެ. ފްލެޓް ލިބޭ މީހުން އެ ގެއްލުން ދައްކާން ޖެހިގެން ނުވާނެ. އެގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ މަސައްކަތް ހުއްޓުވާލުމުގެ އޯޑަރުދިނުމާއި އެމަސައްތް ހުއްޓުވާލުމުގާ އަމަލީގޮތުންބައިވެރި ބަޔަކު .މިގޮތުން 84 މިލިއަން ޑޮލަރު އެކުންފުނިތަކަށް އިތުރަށް ދޭންޖެހިއްޖެ ވީމާ ދެންހަދާނީ ކިހިނެޔް ކޮންމެޔަކަސް ޒިންމާނަގަންޖެހޭނީ މަސައްކަތް ހުއްޓުވާލި ބަޔަކު ފްލެޓްލިބޭ ރައްޔިތުން އެޒިންމާ ނަގާކަށް ޖެހިގެންނުވާނެ.

  2
  1
 35. ބުރޯ

  މި 7000 ފްލެޓްގެ އިތުރުން 4000 ފްލެޓް އިމާރާތުގެ ފައިސާ އަ އެމަސައަކަތް ކުރާނެ ބަޔަކުވެސް ޔާމީނުގެ ސަރުކާރުން ވަނި ހޯދާ ހަމަޖައްސާފަ. ހަނދާނުން ފޮހެ ނުލައްވާތި މިސަރުކާރުން ކުރާކަމެއްގެ ގޮތުގާ އިއުލާން ކުރަންވެގެން އުޅެނީ އެފްލެޓްތައް ކުރީގެ ލިއުންތައް ބައްލަވާލައްވާ.

  5
  1
 36. އޮޅާލާ

  ރައީސް އިބޫ ދަންނަން ޖެހޭނެ މަހަކު 2 ހާސް ރުފިޔާ އަށް ވުރެން ބޮޑު ވެގެން ނުވާނެ ހިޔާ މަޝްރޫއުގެ ފްލެޓްސް ތަކެއް ކުލި ދަންމާލާ 10 އަހަރުން ރިކަވަރ ކުރުމުގެ ބަދަލުގައި 200 އަހަރަށް ރައްޔިތުން ނެތް ތަނެއްގައި ކޮން އެޗްޑީސީ އެއްތޭ އެޗްޑީސީ ގެ ބޯރޑް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ...

  7
  1
 37. ނަފާ

  ވަގުންގެ އަތައް ތިޖޫރީގެ ތަޅުދަނޑި ދިނީމަ ވާނެގޮތް.

  10
  1
 38. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އިހުލާސްތެރި، ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންނަށް ލުއިފަސޭހައަށް، ބަޔަކު ވޯޓުދީގެން ގެނައި އޯގާތެރި ސަރުކާރު. ދެން އުފަލުންނަށާ، އަތާ ފަޔާޖަހާ ވޯޓުދީގެން މިސަރުކާރުގެނައިމީހުން..

  9
  1
 39. މިއަދު

  ކޮބާހީވޭ ކޮތަރުކޮށި އޮޑިހަރުގެތަކަކަށްހެދިގޮތް ވެސް އެބުނެދިނީ ފްލެޓްމަދުވީ ކޮމާޝަން އަށް ބޮޑުބައެއްނެގުމުންނޯ އެކަމުބުނީ އިންސާނުން އުޅެންކަމުދާވަރަށްވުރެ އެޕާޓްމަންޓްތައް ކުދިވުމުން ބޮޑެތިކުރިއްޔާ އަގައިން ބުނާއެތީގެ

 40. ދޮންބެ

  ލާރިގަނޑެއް ކާލީއޭ.

  10
 41. އީޖާބޭރާއްޖެ

  އެހެންވީމާ ފުލެޓަކަށް މަހަކު /11000ރުފިޔާ ދަށްކަން ޖެހެންޏާ 7000 ފުލެޓުން ސަރުކާރަށް /77000000 މަހަކު ރުފިޔާ ލިބޭނެ /4993515 ޔޫއެސް ޑޮލަރު ވީމާ އަހަރަކު /59922180 ޑޮލަރު އެހެންވީމާ ނުންތޯ ޓާޓާމީހުންލައްވާވެސް ފުލެޓް މީޙިދުމަތްތޯ ނޫނީވިޔަފާރިތޯ ރަށްޔަތުންއަޅުވެތިކުރަންކުރާ ގާކޮށީފުލެޓް ގެނަމުގައި ހިންގާ(ގެސްޓް ހައުސް) ތަކަށް މަހަކަށް މިސާލަކަށް 200ގުނަ 18000ރ =/3600000ރ ޑޮލަރުންނަމަ=/233463 ޔޫއެސްޑޮލަރު ބުރަމަސައްކަތުން ހޯދާ ރުފިޔާކޮޅު ސަރުކާރަށް އެކަމަކު މިވިދާޅުވަނީ ފުލެޓްދެއްވަނީއޭ މިގޮތަށް ދެއްވާނެ ކޮންމެގައުމަކުންވެސް ރުފިޔާދިނީމަ
  މިގޮތަށް ރަށްޔަތުންނަށް ގެސްޓުހައުސްނަމުގައި ފުލެޓް އަޅައިގެން ވިއްކުމަށް ވުރެ މާގިނަ ރުފިޔާލިބޭނެ ރިސޯޓ ތަރަށްގީ ކޮއްގެން ފައިސާހޯދިއްޔާ ރަށްޔަތުންދެކެ ލޯބިވާކަމައް ވިދާޅުވަންޏާ ބުރަމަސްއް ކަތުން ހޯދާ ފައިސާކޮޅު ސަރުކާރަށް ފުލެޓް ކުލިދައްކަން އަޅުވެތިކަން ޑިމޮކްރަސީއޭ ކިޔާފަ

 42. ދަވްތޫރް އަބުދުލް އަޒީޒް

  އެދިގުރާސްތާ 30އަހަރު ބިންތައް ހިސޯރު ކޮއްގެން މާލޭގެ ރަށްޔަތުންނަށްގޯތި ނުދީ 1978 ސީދާ ރާވައިގެން ފެއްޓި ގޯތިނުދީ ރަށްޔަތުން އަޅުވެތިކުރާ ސަގާފަތެއް ރަށްޔަތުން ނިކަމެތިކޮށް ފަސޭހަކަމާއެކު ވޯޓްހޯދަން ހިންގާ ޕުރޮގުރާމެއް ކޮންމެ ސަރުކާރަކުންވެސް ބަލަނީ ރަށްޔަތުން ނިކަމެތި ކުރާނެ ގޮތެއް ފުލެޓް ވިޔަފާރިން ސަރުކާރަށް ރުފިޔާ ދައްކާ ރަށްޔަތުންއަތްމަތިހުސް ވިފައިދާއެއްނެތް ކާފަދަރިޔަކަށްވެސް ނުލިބޭ އެބިންތައްވީ ބޮޑުފިތުނައަކަށް އޭގެބަދަލުގައި ލިބެނީ ރަށްޔަތުންގެ ބަދުދުއާ އާއި ނަފްރަތު މީސްތަކުންގެ ލައުނަތް އިހުތިރާމްގެ ބަދަލުގައި ވިސްނާ ބަޔަކަށްއިބުރަތެއް މީހުންދިރިއުޅޭ ރަށްރަށުން ބިންދޫކުރޭހިލޭ މާލެ ފިޔަވާ މީކޮންގާނޫނެއްގެ ދަށުން ސަރުކާރުން ކުރަށްވާކަމެއް ކުޅުދުއްފުށިން ގޯތިދޭން ނިންމި މާލޭގެ ރަށްޔަތުންނަށްވެސް އެއްއުސޫލުން ގޯތި ދެއްވެންޖެހޭ މީރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާގެވެސް ހައްގެއް ކޮބާތޯ އިންސާފަކީ

  3
  2
 43. މުގައްދަރު

  އެޖެންޓް19ގެ 5.5ގެސްޓުހައުސްގެ ވިޔަފާރި ހަމއެކަނި ރަށްރަށުގެ މީހުންނަށް ހިންގޭ ކަމެއް އެހެން ހުރިހާރަށްރަށުމީހުންނަށް ހިލޭބިންލިބޭ މާލޭގެ ޒުވާނާޔަށް ނުލިބޭ ރަށްރަށު ޒުވާނާޔާށް ބިންލިބޭ މީތޯއިންސާފަކީ 5 ފޭލް ވޯޓްހޯދާލަންތޯ މާލޭ ޒުވާނާ ބޭނުން މިވަނީ ރަށްޔަތުންއަޅުވެތި ސަރުކާރުން ފުލެޓް ދެއްވާ ވާހަކަ މިގޮތައް ދެއްވާ ހޮޓާހޮޓަލުން ސައިވެސް ވަދެރުފިޔާދިނީމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް މިގޮތައް ފުލެޓްދެއްވާނެ ރުފިޔާދނީމަ ވީމާ ތިޔަތަނުންވެސް ވާނީ ހަމަ އެހެން ރަށްޔަތަކައް ވާނެފައިދާއެއްނެއް ޕާޓީހިންގަން މަކަރުން ކުރާކަމެއްތީ

  4
  1
 44. ސިކަންދަރު

  ދެން އަހަރުތަކެއް ކޮއްފައި ހުޅުމާލެއޭ ކިޔާތަނެއްވެސް ހިއްކީ ހަމަ މާލޭގެ ރަށްޔަތުންނައް ތިޔައީ ހަމަރަށްޔަތުން ކުރާމަސައްކައް އަތުލުމައް ހިންގާކަމެއް މީވަރަށްސާފު މާލޭގެ ފަޅުހިއކީ މާލޭގެ ރަށްޔަތުންނަށް ގޯތިދޭނަމޭކިޔާފައި މާތްﷲގެ އިސްމުފުޅުގެ ބަރަކާތުންހިއްކިބިން އްސްޓީއަށް ދީފައި ބާކީ ތަންކޮޅުއްގައި ފުލެޓްގެ ނަމުގައި ގެސްޓްހައުސް ވިޔަފާރި ފެއްޓެވީ ގޯތިގެދޮރުދޭ ނަމުގައި ދެން އެތަންވީރަންގަޑަކައް އެމެރިކާޔައްވުރެ ބިން އަގުބޮޑު އެތާގަވެސް ފެއްޓީ ހަމަ ގެސްޓްހައުސް ވިޔަފާރިރަށްޔަތުންނަށް ހަމަފުލެޓްގެނަމުގައި ރީތިކޮއްލަން މިގޮވަނީ މިހާތަނައް އަމިއްލަޔައް ގެދޮރު އަޅައިގެން އުޅުނީ މީވަރައް ސިންޕަލްކަމެއް މިހާރުވެސް ރައްރަށުގައި ގޯތި ދޫކުރާހެން ގޯތި ދޫކޮއްބަލަ މަސް އަލަ ހައްލުވީ ހައްތާވެސް ބަލަނީ ރައްޔަތު މީހާ ދާއޮހޮރުވާ ލައިގެން ހޯދާފައިސާކޮޅު ފުލެޓް (ގެސްޓް ހައުސްގެ) ދަށުން އަތުލާ އަޅުވެތި އައްމަތިހުސް

  2
  1
 45. ސޯކާބެ

  މިހާތަނައް އަމިއްލަޔައް ގެދޮރު އަޅައިގެން އުޅުނީ މީވަރައް ސިންޕަލްކަމެއް މިހާރުވެސްއަނބިމީހާގެ ބިންކޮޅެއް އޮވޭތޯ ކާފަގެ ބިންކޮޅެއް އޮވޭތޯ މުނިމާމަގެ ތަންކޮޅެއް އޮވޭތޯ ބަލާކަށްނުޖެހޭ 18އަހަރު ހަމަވީމާ ސަރުކާރުން ގޯތިދޫކުރަށްވާ ހެދުމާ ނުހެދުމާ އެއީ އަމިއްލ ކަމެއް މިހާތަނައް އަމިއްލަޔައް ގެެދޮރު އަޅައިގެން އުޅުނީ ރައްރަށުގައި ގޯދި ދޫކުރާހެން މިމާލޭގެ ރަށްޔަތުންނައްވެސް ގޯތި ދޫކޮއްބަލަ މަސް އަލަ ހައްލުވީ ހައްތާވެސް ބަލަނީ ރައްޔަތު މީހާ ދާއޮހޮރުވާ ލައިގެން ހޯދާފައިސާކޮޅު ފުލެޓް (ގެސްޓް ހައުސްގެ) ދަށުން އަތުލާ އަޅުވެތިކޮއް އައްމަތިހުސްކޮއްލާ ރައްޔަތުމީހާއަތުން ފަސޭހަކަމާއެކު ވޯޓްހޯދަން

  4
  1
 46. ސައީދުތުރީ

  އެހެންވީމާ ފުލެޓަކަށް މަހަކު /11000ރުފިޔާ ދަށްކަން ޖެހެންޏާ 6860 ފުލެޓުން ސަރުކާރަށް /75460000 މަހަކު ރުފިޔާ ލިބޭނެ /4893644 ޔޫއެސް ޑޮލަރު ވީމާ އަހަރަކު /58723735 ޑޮލަރު އެހެންވީމާ ނުންތޯ ޓާޓާމީހުންލައްވާވެސް ފުލެޓް މީޙިދުމަތްތޯ ނޫނީވިޔަފާރިތޯ ރަށްޔަތުންއަޅުވެތިކުރަންކުރާ ތަން ތަނުން ސަލާންޖަހައިގެންވެސް އެކަމަކު ޓީވީ ތަކުންނާއި ރޭޑިއޯތަކުން ގޮވާނެ ސަރުކާރުން ފުލެޓްދެއްވަނިއްޔޭ މިގޮތައް ހޮޓާތަކުން ކޮފީވެސް ދެއްވާ ފުލެޓްގެ ނަމުގައި ގެސްޓްހައުސް

  3
  1
 47. ޢަދުރޭ

  އެމް ޑީ ޕީ މީހުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަ އަޑުއަހާގޮތަކަށް ނޫން މިހާރު ރައްޔިތުން ތިބީކީ . ޒިންމާ އަދާކުރަން ޖެހުނީމަ. މި ބުނަނީ ޔާމީނު ސަރުކާރުން ކަންކަން ކޮށްފަ އޮތް ގޮތުން ރައްޔިތުންނަށް އެއްވެސް ކަމެއް ވަޢުދުވި ގޮތަށް ކޮށްދެވޭކަށްނެތޭ ..! ބަލަ ތިމާމެން ވައްކަންކުރަން ދައްކަން އޮތް ޢުޒުރެއް ނޫނޭ ކުރިން ބަޔަކު ވައްކަން ކުރުން އެއީ . އެކަމަކު ވައްކަން ކުރި ކަމެއްވެސް ސާބިތެއްް ނުކުރެވުނު ޔާމީނު ފިއްލެވީކީވެސް ނޫން އެހެރީ ހަމަ ބުނެލާއިރަށް ކޯޓަށް ދާން ތައްޔާރަށް . !އެހެންވީމަ ވަގުބަދުނާމް އެޅުވީ އެއީ ދޮގެއްކަން ސާބިތުވީނު . އެހެންވީމަ ބުހުތާން ދޮގު ހަދައިގެން ވެރިކަން ހޯދި ބަޔަކު އަދިވެސް ހަދާނީ ދޮގެއްނު

  1
  1
 48. ސީސޫ

  1.2 މިލިއަން ނަށް ނިމޭ ކަމަށް ތި އޮތީ..ދެން 11000 މަހު ކުލި ބަލައެއް ނޫން.20 އަހަރުން 2،640،000 ބޮޑު ވަރު އަދިވެސް ކަލޭ ތަނެއް އޮތިއްޔާ މަށައް ވާނެ ކިޔާފަ ބޯގަޅަލާ..ފުލެޓް ތަކަ ކުޅެން ނޫޅޭ ގައުމަށް ލީބޭ ފައިސާއިން ތިބުނާ އިތުރުވާ ބައި ދައްކާ.

  2
  1
 49. ބުރޯ

  ފްލެޓް ތަކުގެ މަސައްކަތް ހުއްޓުވާލި ބަޔަކާ ދެކޮޅަށް ދައުވާ ކުރެވެންވާނެ.ލިބުނުގެއްކުމާ އަގުބޮޑުވުމުގެ ޒިންމާ އެމީހުން ނަގަންވާނެ މިމީހުންގެ މައްޗަށް ދައުވާކުރެވެންވާނެ.

 50. ދަރި

  އޯގާތެރިސަރުކާރު އައިފަހުން މިފެންނަނީ އޯގާތެރިކަމުގެ އިދިކޮޅު ކަރަންޓް އަގުބޮޑުވެއްޖެ ފޮލެޓް
  ތަކުގެ އަގުބޮޑުވެއްޖެ ބައެއް އާއިލާތަށް ހާލުގަޖެހޭގޮތަށް ބައެއްއޮފީސްތަކުގެމުވައްޒަފުން މަގާމުން
  ވަކިކުރޭ ތަރައްޤީގެގޮތުން ކުރެއްވުނު ކަމެއްފެންނާކަށްނެތް ގިނަޢަދަދެއްގެ ކޮމިޓީތައްހައްދަވާ
  ކޮމެޓީތަކަށް ބޭފުޅުންހަމަޖައްސަވާ އަދިވެސް....... ދުވަހެއް ދުވަހަކަށް ޚަރަދު ބޮޑުވާތަންފެންނަނީ
  މިހެންވުމުން ބިކަހާލުގައި ޖެހެމުންއަންނަނީ ގައުމުގެ ރަށްޔިތުން