ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކާ ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.

މައުމޫން މިހެން ވިދާޅުވިއިރު، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގައި އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނައި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވަނީ އިސްލާމިކް ޔުނިވާސީޓީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް ހެދުމަށް ހިޔާލު ހުށަހަޅާފައެވެ.

އަދި އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުވެސް ވަނީ ވާހަކަދައްކާފައެވެ. މިނިސްޓަރ ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދޭ މުހިންމު ދެ މުއައްސަސާ ކަމުން، އެ ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވާސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކަހެރުވައް

    މީނައޭ މިރާއްޖެ ހައްދުފަހަނެޅުވީ. މިއަކުން ސަލާމަތެއް ނުވިއެއްނު؟

    50
    18
    • ޙައްގުބަސް

      މިހާރު މައުމޫނު ލާޒިމެކޭ ކާސިމެކޭ ކިޔާނެކަމެއްނެތް!! މިރާއްޖެއަށް މިފަސް އަހަރުގައި ނުވަތަ މިވެރިކަމުގައި ހިންގާ ހުރިހާ ނުބައި އަދި ނޭދެވޭ ކަންތައްތަކުގެ ފުރިހަމަ ޒިންމާ މައުމޫނު ނަގަންޖެހޭނެ! މައުމޫނު އަޑީގައި ހުރެގެން ޔާމީން ވެރިކަން ވައްޓަން މިބައިގަޑާ ގުޅިގެން އަދި ސްޕްރީމް ކޯޓާވެސް ގުޅިގެން މަސައްކަތްކުރީ! މަޖްލިސް މެމްބަރުން ކޮޅަކާއެކު ކަޅުފައިސާވެސް ބޭނުންކުރީ! އެހެންވީމަ މައުމޫނު ގެނައި ވެރިކަމެއް މިއޮތީ! މައުމޫނު ޒިންމާ ނަގަންޖެހޭ! ޖަވާބުދާރީ ރައްޔިތުންނަށް ވާންޖެހޭނެ!

      58
      4
  2. ކެޔޮޅު

    މިހާރު އިސްލާހައް މަސައްކަތްޕުޅު ނުކުރައްވަނީ އަސްލާހުކުރާނެކަމެއް ގައުމުގަ ނެތީތޯ ހުރިހާކަމެއް ހުރީ ފުރިހަމަވެފައިތޯ؟

    70
    6
  3. ހުސޭނުބޭ

    ކާފާ! ހަނދުކޭތަ ހިފީތަ؟ ނޫނީ ހަނދުބޮޑުވީތަ؟ މިއިން އެއްވެސްކަމެއް ވާން މިއީ ހަނދުމަހުގެ 23 ވަނަ ދުވަހޭ! ކާފަ މިތަނަށް އެރުވި ފުރޭތަޔާއެކު ދެން ބާރަށް އަތްޖަހާ! ކާފައަށް ވަންޏާ ބުޑުވެސް ޖަހަގަ!

    68
    7
  4. ރާކަނި މަސް

    އައްޑޫގަ ހުރި މަދަރުސަތުލު އިސްލާމިއްޔާ ފުޑާލީ ކާކުގެ ވެރިކަމެއްގަ..ތިމާއައްވުރެ ދީން ރަގަޅައް އެނގޭ ބަޔަކު ހިންގަމުން ދަނިކޮއް ހަރުކަށި އޭ ކިޔާފަ އުވާލީ. ކަލޭތީ މިގައުމު ހަލާކުކުރި އެންމެ އިސް އެކަކު..އައްނިއައް ވެރިކަން ލިބުނީވެސް ކަލޭގެ އަމިއްލަ އެދުން ބޮޑުވެގެން..

    45
    4
  5. ށ

    ތެދުފުޅެއް

    30
    4
  6. އަސޯޏަމަ

    ކީއްކުރަންތަ އެނގިހުރެ އެމްޑީޕީ ކަހަލަ ލާދީނީ ބަޔަކައް ތާއީދު ހޯދުމައް ނުކުތީ. ވިސްނިންތަ މިބައިގަނޑައް ދެވަނަ ފުރުސަތެއް ދިނުމަކީ ކިހާ ނުރައްކާތެރިކަމެއްކަން.. އެބަ ފެނޭތަ އެމީހުން އެ ރާވަމުން ތަންފީޒުކުރަމުން ގެންދާ ކަންކަނުގެ މިސްރާބާއި އަމާޒު ހުރީ ކޮންކަމެއް ހާސިލް ކުރަންކަން. މިކަމުގެ ޒިންމާ މައުމޫނު ދިވެހިރައްޔިތުންނައް ވުރެ ބޮޑައް އުފުލަން ޖަހޭކަން ދެނެހުރިންތޯ.

    46
    3
    • މައުމޫނު

      މަގޭ ދަރިއަކަށް މިނިސްޓަރުކަންލިބޭތޯ. އެކަންވެއްޖެ.

      15
      2
  7. ޖާހިލިއްޔާ

    ދެވަނަ ރަންނަމާރި

    37
    7
  8. ބޮޑަށި

    ކައުންސިލް ތައް ދީ މަޖްލިސް ދީ ވެރިކަން ދީ ހަތަރެސްފައި އަމިއްލައަށް ބަދެވުނީމާދެނޯ!

    34
    3
  9. ޛސޖސހ

    ކަލޭ އަނގަނުތަޅާ. ކަލޭތީ އިސްލާމްދިން ފުނޑާލަން އެމް.ޑީޕީ އާއި އެކު ބަޔަތުހިފާ އެމީހުންނަށް ވެރިކަން ހޯދަދިން މީހެއްނުން. ކަލޭތީ މިހާރު އަހަރުން ބަލައިގަނަްނަ ލީޑަރެއް ނޫން.

    15
    2
  10. ބަރުގޮނު

    މަނިކުފާނާ އިސްލާމިކް މިނިސްޓަރ ތިޔަހެން ވިދާޅުވިއެއްކަމަކު މަޖްލިސްގެ ޢިއްޒަތްތެރިން އެވިދާޅުވާ އެއްޗަކުން ހީވަނީ އިސްލާމީ ތަޢުލީމް ކޮންމެހެން ޔްނިވަސިޓީއަކުން ނުދިނަސް މިސްކިތްތަކުން ދުވާލަކު 5 ފަހަރު ބަންގި ގޮވީމާ ފުދޭނެޔޭ ވިދާޅުވާހެން. ޖިންނިރުޅި ފޯރީގައި ގިންތިގިންތީގެ ޢިއްޒަތްތެރިން އިންތިހާ ބާރު އަޑަށް ލައްވަވާފައި އެވިދާޅުވަނީ ކޮން އިސްލާމިކް ޔްނިވަސިޓީއެއްހޭ....؟؟؟

    13
    2
  11. ބޮލި މުލައް

    މި ހުރިހާ ނުބައިކަމެއްގެ އަސްލަކީ މައުމޫނާއި ފާރިސް އެކަމުގެ ހިތި މިހާރު އެދައްކަވަނީ.

    13
    2
  12. ޥިސްނާމީހާ

    މީނަގެ ބޮޑުދަރި ލައްވާ ޔާމީނައް ދުއްތުރާ ކުރުވާ މިގައުމު ހަލާކުގެ ތެރެއައް ވެްޓާލި މީހާ މި އީ ދެންކޮން ކާސިމެކޭ ލާޒިމެކޭ ކިޔާކައް

    4
    2
  13. ހަމަ އަންނަނީ ހިނި

    ކީ ީ ީއްވެ! އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ގަބޫލުކުރާ މީހަކު އިސްލާމްދީނުގެ އަދުއްވުންނާ ގައުމު ހަވާލު ކުރާކަށް ނުތެޅޭނެ. ވާހަކަ ނުދައްކާ ހުރޭ. އަންނަނީ