ރާއްޖޭގައި ވެސް ދީނީ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ގޮވާލާ އެމެރިކާ އިން ނެރުނު ރިޕޯޓް ބަލައިގަންނަން ވެސް އަދި ބަލައިނުގަނެ، ރިޕޯޓާއި ދެކޮޅު ހަދަން ވެސް މިހާތަނަށް ސަރުކާރުން ނިންމާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

އެމެރިކާ ސަރުކާރުގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް ހޫދު ވިދާޅުވެއްޖެ ކަމަށް ބުނެ ކޮލަމްބޯގެ ނޫސްވެރިޔަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ހޫދު މިއަދު ވިދާޅުވީ ނޫސްވެރިޔާ އިޝާރާތް ކުރި ޚަބަރުގައި އޮތީ އޭނާ ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށެވެ.

"ރިޕޯޓް ބަލައިގަތުމާއި މެދު ނުވަތަ ގަބޫލު ކުރުމާއި މެދު އަޅުގަނޑު އެއްވެސް އެއްޗެއް ނުދަންނަވަން. އަޅުގަނޑު ރިޕޯޓަރަށް ދެންނެވީ ރިޕޯޓްގައި ހުރި މައުލޫމާތުތައް ބަލަމުންދާ ކަމަށް. ރިޕޯޓަރ އަޅުގަނޑާއި ސުވާލު ކުރީ ދީނީ މިނިވަންކަމާއި ބެހޭ ގޮތުން. އަޅުގަނޑު ދެންނެވިން ރާއްޖޭގައި އޮންނާނީ އިސްލާމްދީނޭ." ހޫދު ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމު ކުރި ދީނީ މިނިވަންކަމާއި ބެހޭ ރިޕޯޓުގައި ބުނެފައި ވަނީ އެމެރިކާ އެމްބަސީގެ ފަރާތުން ރާއްޖެއަށް މަންދޫބުން ވަޑައިގެން، ރާއްޖޭގައި ދީނީ މިނިވަންކަން ޤާއިމްކޮށް، އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ދިނުމަށް ސަރުކާރަށް ބާރުއަޅާފައި ވާނެ ކަމަށެވެ.

ރާއްޖޭގައި ދީނީ ކަންކަން އޮންނަ ގޮތަށް އަލިއަޅުވާލައި، ދީނީގޮތުން ރާއްޖޭގައި ހިނގި ހާދިސާތަކައް ރިޕޯޓްގައި ހިމަނާފައެވެ. ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުން އެކި ކަހަލަ ހާދިސާތައް ހިނގަމުންދާ ކަމަށް ދޭހަވާފަދަ ވާހަކަތައް އެ ރިޕޯޓުގައި ބަޔާކޮށްފައި ވެއެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އަބަދުވެސް ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައެވެ. މީގެ ކުރީ ސަރުކާރުތަކުން އައީ ފާޅުގައި އެފަދަ ރިޕޯޓްތަކާއި ދެކޮޅަށް ބަސް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޖަހާލަތު

    ދީނީ މިނިވަންކަން ނުދީއެއް ނުހިފެހެއްޓޭނެ. މަޖްބޫރުން ވަހުދަތު އެއް ނުދެމެހެއްޓޭނެ

    6
    91
    • Anonymous

      ހާދަ އަސަރު ކުރެޔޭ ދޯ

      19
      1
    • ގަބޮރުގޮ

      ހިފެހެއްޓޭނެ. ތިގޮތްގަބޫލުކޮށް ތަބާވާނީ ތިކަހަލަ މަދުއަދާވާތްތެރިއަކު. ނިކަންކެރެންޏާ އެކަންދައްކާލަބަލަ.
      ފިސާރިކެރިގެންމިތިބީ. މަރާފަނޫންގޮތަކަށް ތިކަމެއްނުކުރެވޭނެ. ހީކުރާގޮތްދޯ؟

      31
      2
  2. ޖާހިލިއްޔަ

    ގަދަ ބާރުން އޮބަހައްޓާގެން ބަނދެގެން ގެންގުޅޭ ފުރޭތައެއް ދޯ އެއީ؟

    4
    59
    • Anonymous

      ކަލޭގެ އަނގަތަ؟ އެވަރުންވެސް ނުހިފެހެއްޓުނެއްނު

      13
  3. ސޮންދާލި

    ބޭނުންދީނަކަށް އުޅެން ހުއްދަ ދިނަސް ހަމަ ދެކޮޅަށް އެކަކުވެސް ނުނިކުންނާނެ.

    7
    72
    • Anonymous

      ޔަގީންތަ. ބަލައިލަން ހިނގާބަލަ.

      23
  4. ޏ

    މި ސަރުކާރުން ދީނީ މިނިވަންކަން ދޭ ދުވަހަކީ ސަރުކާރު ވައްޓާލާނެ ދުވަސް ރައްޔިތުން ނިކުމެ.. ގަޓެއް ހުރިއްޔާ ޓެސްޓް ކޮށްލަބަލަ

    78
    3
  5. ނަވާރަ

    ފައްޅިއެއްނޭޅޭނެ އަޅާބަލަ

    65
    3
  6. ޕިސް ޕިސް

    ޢެހާވެެސް އުނދަގޫވީބާ ދެކޮޅުހަދަން ؟

    52
    2
  7. އިމްރާން

    ތީކީ މާބޮޑު ފިކުރެއް ނުވަތަ މަޝްވަރާއެއް ހޯދަން ޖެހޭވަރުކަމެއް ނޫނެވެ. ގުރުއާނުގެ ތަރުޖަމާ އާއި ތަފްސީރުބަލާލީމަ ހުރިހާކަމެއް ތަރައްވުރުވެގެންދާނެއެވެ. 100 ޕަސެންޓު އިސްލާމީގައުމެއްގައި ދީނީ މިނިވަންކަމެއް ނުދެވޭނެކަަން އެއީ ޔަގީންކަމެކެވެ. ކޮންމެ އިސްލާމީ ގައުމެއްގަވެސް ކޮންމެވެސް މިންވަރަކައް މުނާފިގުންނާއި އަދި ސިއްރުން ދީން ގަބޫލުނުކުރާ އަދި އެހެން ދީނަކައް އުޅޭ ނުވަތަ އުޅެން ބޭނުންވާ ބަޔަކު ތިބޭނެ. އެކަމަު މުޖުތަމައުގެ މެޖޯރިޓީ އަކީ އިސްލާމުން އަދި މުސްލިމުން އަދި ދީނަ ގަބޫލު ކުރާމީހުންނެވެ. ވީމާ ދީނީ މިނިވަންކަމެއް ދެވިގެން ނުވާނެ.

    75
    • އަހްމަދު

      ކިހިނެއް ތަރުޖަމާއާއި ތަފުސީރު ބަލާނީ. ކުރިން ރައީސްއޮފީހުގެ ވެބްސަޓްގައި ކީރިތިޤުރްއާންގެ ތަރުޖަމާ ޑައުންލޯޑް ކުރެވެންހުރޭ މިހާރަކު ނުހުހޭ. އެބައި ފޮހެލާފި. ރަންގަޅަށްވިއްޔާ ރައީސްއޮފީސްތެރޭ މިހާރު އެއްވެސްތާކު ކީރިތިޤުރްއާން ފޮތެއް ފެންނަކަސް ނޯންނާނެ. ވާނީ އެއޮފީހުން ބޭރުކޮށްފާ.

      18
  8. ޑީޕީ

    މިރާއްޖެ އަނެއް އިންޑިއާ އަށް ހަދާ މިތަން ފަނާ ކޮއް ޓެރަރިޒަމް ގެ ހަމަލާތައް ލަންކާގައި ދިން ގޮތަށް މުސްލިމުންގެ ނަމުގައި މިރާއްޖޭގައި ވެސް ދީ މިތަން ހަލާކު ކުރަން އުޅޭ ބައިގަނޑެއްތި ޔަހޫދީން ކޮންޓްރޯލް ކުރާ އެމެރިކާ އަކީ.

    58
  9. ޥިސްނުނ

    ބަލަ ކަލޭ.ނުޖެހޭ ދީނީމިނިވަންކަން ދޭންޖެހޭނެ ކަމަށް ރަތްލާޖެހި ކާފަރުން ގޮވާލުމުން ގޮތެއްނިއްމުން ފަސް ކުރާކަށް ބަލަ ކަލެއައް ވެރިކަން ދެއްވީﷲ ކަލެއައް ރިޒްޤް ދެއްވަނީ ﷲ އެމެރިކާގެއެހެރަ މުސްލިމުންގެ ޢަދާވަތްތެރިއާތަ ކަލެއަށް ރިޒްޤް ދެއްވާފަރާތަކީ މި ވަގުތުން ވަގުތަށްވެސް ނޯއޭ ބުނެ ޖަވާބްދީ ﷲ އަށްބިރުވެތިވޭ ބޮޑާކަން ނުދައްކާ

    21
  10. ޙޭއަރާ

    ބަލަ ހުޅުމާލެއިން ތިއިންޑިއާ އެމްބަސީ އަޅަން އެފަދަބޮޑު ބިން އެދިނީ އެތާ އެތެރޭގަ ބުދުކޮއިލެއް އަޅަން ވެގެންނާ އެކު މި ހިރަ ތަޚުތުގަ.އިން އިބްރާހިމަށް ނޭގިތަ އެވަރުގެ ބިމެއްދީގެނ އެ.އުޅެނީ ކާފަރުން އިސްލާމީގަުމެއްގެ ކޯޓުތަކުގަ ފަނދިޔާރުންނަށް ބައި ތިއްބާން މި އަދުގެ ޖަލަސާގަ ވެސް ވާހަކަ ދެއްކިކަން ހަމަ އެ އިބުރާހީމައް ނޭނގެނީތަ؟ ޅާހިކަ ކުޅަދާނަ އެއްނޫން އެ ބުއްދާއިންގެ އެހީހޯދައިގެން ވެރިކަމަށް އައިސް ހުރެ އެބަލާވެރިކަން ރުއްސަން އަދި ވެރިކަން ދަމަހައްޓަން މިތާގަ.ފައްޅި އަޅާ ދީނީމިނިވަންކަން.ދޭކަށް ﷲ ތަޢާލާ އޭގެކުރިން ނިމުންގެންދަވާނެ

    14
  11. ކެނެޑީ

    ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން ބޭނުންވާ މީހުންނަށް ކޮށްލަން ބޭނުންވާ ސުވާލަކީ “ކޮން ދީނަކަށްތޯ ތިއުޅެނީ ނޫޅެވިގެން؟”ހަގީގަތުގަ މިބައިމީހުން މިއުޅެނީކީ “ދީނީ މިނިވަންކަން” ގެންނާކަށްނޫން، “ދީނުގެ މިނިވަންކަން” ގެންނަން. އެބަހީ ތިމާމީހުން އެއްވެސް ކަލެއް ގަބޫލުނުކޮށް އެއްވެސް ދީނަކަށް ނޫޅެން. އެކަމަކު މިބުރާންތިންނަކަށް ނޭގޭ މިހާރުވެސް ތިމާމީހުން އިސްލާމްދީނުގެ އޮތް 5 ރުކުން އަދާކުރޭތޯ ނުކުރޭތޯ ރާއްޖޭގެ އެއްވެސް ގާނޫނަކުން ނުބަލާކަމެއް. ދެން ކޮބާ މައްސަލައަކީ އަމިއްލައަށް ދީންގަބޫލުނުކޮށް މަޑުން އޮތީމަވީނު.

  12. ބަރުގޮނު

    " އެރިޕޯޓާ މެދު އަދި ގޮތެއް ނުނިންމަން " "އަދިވެސް މިދަނީ ބަލަމުނ" މިފަދަ ޢިބާރާތްތަކުން މިކަމުގައި ދެޚިޔާލެއް ގެންގުޅެވޭ ކަމަށް މާނަކުރެވޭ. ސައްތައިން ސައްތަ މިރާއްޖޭގައި މިކަމުގެ ޖަވާބު ގޮތެއް ނުނިންމިގެން އުޅޭކަށް ނުޖެހޭ. ޖަވާބުއޮތީ ކަޑައެޅި ނިމިފައި. އިސްލާމް ދީންނޫން އެހެން ދީނަކަށް މިރާއްޖެއަކު ޖާގައެއް ނެތް.

    16
  13. ދޮންބެ

    މިކަމަށް ވަގުތުން ޖަވާބު ނުދެވުމަކީ ސަރުކާރުގެ ލާދީނީކަން ވަރަށް ސާފުކޮން ހާމަވާކަމެއް.

    18
  14. ާއަލީ

    މިސަރުކާރުގެ ރަސްމީ ސްޓޭޓްމެންޓަކަށް ދިވެހިން އިންތިޒާރު ކުރާނެ....

    15
  15. ޢަޒުމް

    ތިޔަ ރިޕޯޓަށް ފާޅުގައި ދެކޮޅުހަދާކަށް މިސަރުކާރަކަށް ނުކެރޭނެއެވެ. މިސަރުކާރުގެ ބޮޑުން އޮތީ އެމެރިކާއިން އެއަށްވުރެ ގިނައިން ކައިފައެވެ.

    18
  16. ޅިޔަންފަހަރިން

    ވެރިކަމަކީ ނުޙައްޤް ވެރިކަމަށް ވީމާ ޖެހޭނީ އެމެކާއަށްވެސް އިޒްރޭލައްވެސް އިންޑިޔާގެ ބޮޑިސްޓުންނަށވެސް ދޫކުރަން މިއީރިސްވަތުގެ ވެރިކަން ދޯ.ދެންކީކުރާނީ ލޮބުވެތި ރައްޔިތުންނޭ ވިސްނާ ހޭލާތިބޭ.

    12
  17. ނައިބުތުއްތު

    މިރާއްޖެއިން ކޮން މިނިވަންކަމެއްތޯ މިވެރިން ހޯދަން މިއުޅެނީ؟ މި މީހުންނަށް ބޭނުން ކޮންމެ ވަގުތަކު މިރާއްޖެއަށް އާދެވޭ. މި މީހުން ބޭނުންވާހާ ދުވަހަކަށް މިރާއްޖޭގައިއުޅެވޭ. މި މީހުން ބޭނުންކޮންމެކަމެއް މިތާ ކުރެވޭ. ދެން ކޮންކަމެއްތޯ ނުވެގެން މިއުޅެނީ؟ މީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. މިތާގެ އަހުލުވެރިންނަކީ މުސްލިމުން. އެކަމާ ނުރުހޭ މަދުބަޔަކު ކުރަންބޭނުންވާ ކަމެއް އަދި ނުވާނެ. މީ އިޚްލާޞްތެރި ތެދުވެރި ދިވެހި އިސްލާމުންގެ ޤައުމު. ތިގޮތަށް ރިޕޯޓުހަދައި އެރިޕޯޓަށް ޢަމަލުކުރާނީތޯ ނުވަތަ ނޫންތޯ އެއީ ދިވެހި އެއްވެސް މުސްލިމް ރައްޔިތަކު ބަލަންޖެހޭނެކަމެއްނޫން. އަދި މާތްﷲ ގަންދީ ހުވާކޮށްގެން ތިބި އެއްވެސް ބަޔަކު އެކަމަށް ވާހަކަވެސް ދައްކަންޖެހޭކަމެއްނޫން.

    12
  18. ނިކަމެތިމީހާ

    އަދި ކައިރި މުސްތަޤުބަލެއްގައި ދީނީ މިނިވަންކަން ދޭންކެރޭނެ ބަޔަކު ވެރިކަމަކަށް ނާންނާނެ!
    އިޚްލާޞްތެރި ނިޔަތެއް އޮތްނަމަ ވަގުތުން އެކަމަށް އިންކާރުކުރާނެ! އެމިނިވަންކަން ދީފިނަމަ ތެޔޮނާށި ކާޅުގެންދާނެ!

  19. ކާފަބޭ2019

    ފައްޅިއަޅާތަންފާހަގަކޮށް ބުދުބައިންދާތަނުގަ އެގަސް ހައްދާތާކިތައް އަހަރުވެއްޖެތޯ؟ އެގަސްކަނޑާނުލެވި މިހާރުއެގަސްކަނޑަންއުޅެފިނަމަ މޒ ފަޔަށް ހިނިއަރާތީދުވާނެ މިހާރުއެއީ ތިމާވެއްޓަށް އެކިމޫސުމަށްހިޔާދޭގަހެއް

    1
    2
  20. ނަސީދު

    ތިޙާބިރުން ތިއުޅެނީ ކީއްވެކަމެއް ނުވިސްނޭ ކޮންމެމީހަކު އެކަހަލަވާހަކައެއް ދައްކާލާއިރައް ހަމައެހޫނުކަންމަތީގައި ނޫނެކެ ނުބުނެވެނީ އެފަދަ ކަމެއް މިސަރުކަރުން ރާވާފައި އޮތުންކަމައް ބެލެވެނީ