މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖަކު ކައިވެނިން ބޭރުން ބަލިވެ އިނދެ އުމުރުން 14 އަހަރުގައި ވިހައިފިއެވެ.

އަންހެން ކުއްޖާ ނިސްވަތްވާ ރަށް "ވަގުތު" އަށް ކަށަވަރުވި ނަމަވެސް އެއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ ރަށް ހާމަ ނުކުރަން ވަނީ ނިންމާފައެވެ.

އޭނާ ވިހާފައި ވަނީ މިދިޔަ މާޗް މަސް ތެރޭގައެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ރަސްމީ އެއްވެސް ފަރާތަކުން ކުރިން ހާމަކޮށްފައެއް ނުވެއެވެ. 14 އަހަރުގެ ކުއްޖާ ވިހާފައިވާ ކަމުގެ މައުލޫމާތު ލިބިގެން "ވަގުތު" އިން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީ އިން ވަނީ ކުޑަކުއްޖަކު މާޗް މަހު ވިހާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. މިނިސްޓްރީ އިން ވިދާޅުވީ ތުއްތު ކުއްޖާ އާއި ކުއްޖާގެ މަންމަ ވެސް މަންމަގެ އާއިލާ މެންބަރުންނާއި އެކު ދިރިއުޅެމުން އަންނަ ކަމަށެވެ.

އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު 15 އަހަރުގެ ފިރިހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން ކައިވެނީގެ ބޭރުން ބަލިވެ އިނދެ މިހަފްތާގައި ވިހާފައިވެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން 15 އަހަރުގެ ކުއްޖަކު ގޭގައި ވިއްސަން އުޅެނިކޮށް ކުއްޖާ ނިޔާވެފައި ވެއެވެ. އެފަހަރު ކުއްޖާގެ މަންމަ މާލެ ގެނެސް ފަރުވާ ދީފައިވެއެވެ. ނަމަވެސް އެމައްސަލައިގެ ތަޙްޤީޤު މިހާރު އޮތް ހިސާބެއް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

  1. ޙހގ

    ކުޑަކުދިން ވިހާ މޫސުން!!

    90
    7
    • Anonymous

      ޢަބަދުވެސް ވާކަމެއް މީ ކަލޭމެން ނޭންގޭ ކަމަށް ހެދިގެން އުޅުނަސް

      35
      16
  2. ާއާންތު

    ހާދަ ދެރަކަމެކޭ

    83
    9
  3. ހަގީގަތް

    މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވެފައި ތިވަނީ. ކުޑަ އިރުން ފެށިގެން ދަރިންނަށް ހަލާލް ހަރާމް ކަންކަން ކިޔައިދޭން ވާނެ. އިސްލާމީ ރަގަޅު ތަރުބިއްޔަތެއް ދެވިއްޖެއްޔާ ދަރިން ހަރާން ކަންތަކަށް އަރައިނުގަންނާނެ

    177
    6
    • ކަލޯގެޔާ

      ދަރިން ބާލިޣުވެ ދަރިންގެ ބޮލައް ޝަހުވަތުގެ އެދުންވެރިކަންވަދެ އެ އެދުން ފުއްދުމައްޓަކައި އޮތް ހަލާލް މަގުކަމުގައިވާ ކައިވެނީގެ މަގު ބަންދުކޮށް "18" އޭ ކިޔާ އަމިއްލައަށްހެދި ގާނޫނަށް ބޯލަބާތީ ވާގޮތްމީ

      190
      7
      • ބަބުރު

        މިތާ އުޅޭ ގާނޫނު ހަދާ މީހުން ކަޑައީ

        57
        7
    • ޒަމާން

      މައިންބަފައިން ކިތައްމެ ރަނގަޅަށް ތަރުބިއްޔަތު ކުރަން އުޅުނަސް.. މުގައްރަރުގަ މިއަދު ފިލާވަޅެއްގެ ގޮތުގަ ސެކްސް ކިޔަވަދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން.. އެކަމަށް ގާނޫނުތައް ހެދީ މަޖިލިހުން އަދި އެވަރުވެސް ކުޑަވެގެން އުޅެނީ ނަޝީދު.... އެހެންވީމަ މިކްސްކޮށް ސެކްސް ފިލާވަޅުތަކެއްގެ ގޮތުގައި ކިޔަވައި ދިނީމަ ދެން ލިނބޭ ޗާންސެއްގަ އޭތި ތަޖުރިބާކޮއްލަނީ އެކުދިން....

      52
      12
  4. ނަސަމް

    ކުޑަ ކުދީންނެއް ނުވިހާނެ.. ވިހާނީ ބާލިގުވެފަތިބި މީހުން..

    161
    7
    • ވިސްނާ

      އިންސާނާ ހެއްދެވި މަތިވެރި މާތް ﷲ އިންސާނާ ހައްދަވާފައިވަނީ ބާލިޣުވާހިސާބުން ޝަހުވަތުގެ އެދުން ވަންނަގޮތަށެވެ. ނަމަވެސް މިއަދު މި ނިކަމެތި އިންސާނުން މިވަނީ އަހަރެމެން އެންމެން ހެއްދެވި ރައްބުގެ ޝަރީއަތް އެއްލާލައި އަހަރެމެންކަހަލަ އުނި ސިކުޑިތަކަކުން ހެދި ގާނޫނުތަކަށް އަޅުކަން ކުރަންފަސާފައެވެ. އަހަރެމެންގެ އަތުގައިވާ މި އުނި ނަޖިސް "ފެހި ގާނޫނު" އޭ މިކިޔާ ގުއިނަޖިސްގަނޑު ﷲ އާއި އެކަލާނގެ ރަސޫލާ ގެންނެވި މަރިވެރި މާތް ޝަރީއަތާއި ފަހެ އެއްފަދަވާނީ ކިހިނަކުންހެއްޔެވެ. ނަމަވެސް އަހަރެމެން ﷲ ގެ ޝަރީއަތް އެއްލާލައި އަމިއްލައައް ގާނޫނެއްހަދައި ﷲ ހަލާލްކޮއްފައިވާ ކައިވެނީގެ ނިޒާމް މަނާކޮއްފީމުއެވެ. މިހާރު ﷲ ގެ ޝަރީއަތް އޮތްތާކުބާއްވާފައި ފެހި ނަޖިސްގަނޑަށް އަޅުކަންކޮށް އެއްދާންކުރީމާ ދަރިންލިބުނަސް އެއީ ކުޑަކުދިން ކަމުގައި ހަދައިފިއެވެ.

      45
      4
  5. ޙުޅުމާލެ މީހާ

    ހުޅުމާލޭ ގައި ވެސް 14 އަހަރުގެ ކުއްޖަކު މިއަހަރު ކުރީކޮޅު ވިހައިފި. 14 އަހަރުގެ ކުއްޖާ ސްކޫލަށްވެސް ދާކަމަށް ވަނީ އަދިވެސް. ޢެއީ އަލަށް ހުޅުމާލޭ ގައި ހުޅުވި ހުރަވީ ސްކޫލް ކުއްޖެއް

    68
    5
  6. ޢާމިރު

    ކޮންވެރިކަމެއްގާތޯ ބަލަަލަންޖެހޭ މިވެރިކަމުގާވަނީނަމަ އެއްވެސް ކަމަކައްނުވެހިގާއިދާނެ މާފުކުރައްވާތި؟

    43
    11
  7. އަބޯ

    15 އަހަރު ވީމަ އެއީ ކުޑަކުއްޖެއްނޫން އިސްލާމީއުސޫލަށް ފައތަންމަސައްކަތް ކުރައްވާ 15 އަހަރު ވީމަ ކައިވެނި ކުރެވެންވާނެ.

    86
    5
  8. ހ

    ދަރިން ތަރުބިއްޔަތު ކުރުމުގެ މައްސަލަ....، 15, 14 އަހަރު ގަ ލޯބީގެ ގޮތުން ގުޅިގެން ދަރިން ނަހަލާލަށް ވިހާނީ ކޮންކަހަލަ މައިންބަފައިންގެ ދަރިންބާ!!! ތަރުބިއްޔަތެއް ނެތުމުގެ ސަބަބުން ތި ހަލާކުވެގެންދަނީ ދަރިންގެ ކުރިމަގު!!!

    66
    15
    • ށ

      މައިންބަފައިން ކިތެންމެ ރަނގަޅަސް ޝަހުވަތުގެ އެދުން އިންސާނާ ބާލިޣު ވުމާއިއެކު އެކުއްޖާގެ ބޮލަށްވަންނާނެ. އަދި އެ އެދުން ބޮޑުވުމުން އެ އެދުން ފުއްދުމަށް އޮންނަ ހަލާލްގޮތްކަމުގައިވާ ކައިވެނީގެ ރިވެތި ނިޒާމްމަށް ބަޔަކުމީހުންވެގެން ހުރަސްއަޅައި އަމިއްލައަށް ނަންބަރެއްޖަހަމި އެ އަހަރުވީމައޭ ކައިވެނި ކުރެވޭނީ ކިޔައި ﷲ ހަލާލްކުރެއްވި ކަންކަން މަނާކުރީމާ ވާގޮތްމީ

      42
      4
  9. އަބްދުއްލާ

    14 އަހަރުގެ ކުއްޖަކު ވިހައިފި

    އަދިވެސް ދެޖިންސް އެއްކޮގެން ކިވާދެވޭތޯބަލާ؟ އިސްލާމީ މުގައްރަރު ކުޑަކުރެވޭތޯބަލާ!

    އިސްލާމިކް ޔުނިވަރ ސިޓީ އުވާލެވޭތޯބަލާ؟

    124
    11
    • ގާނޫނު

      އާ. އަދިވެސް ﷲ ގެ ޝަރީއަތްތައް އެއްލާލައި ފެހި ގާނޫނަށް އަޅުކަންކުރޭކަލޭމެން.
      ބާލިޤުވެ އެއްދާންކޮއްފިއްޔާ ދަރިންލިބޭ އުމުރައްދިޔައީމާވެސް އެއީ ކުޑަކުދިންނޭ ކިޔާފައި " 18 އަހަރުގެ" މާސްކެއް އެޅުވިޔަސް އެއީ ބޮޑެތި މީހުންހަމަ. އަދި އެމީހުންނަށްވެސް އޮތީ އެކުރި ފާފައިގެ ކައްފާރައިގެ ގޮތުގައި ﷲ ކަޑައަޅުއްވާފައިވާ ކަންކަން. އަދި އެމީހުންގެ ފާފައިގެ ވާހަކަ ދައްކާފަލީހަތްކުރުމެއްވެސް ނޯވޭ. ނަމަވެސް ﷲ ގެ ޝަރީއަތައް ގޮންޖަހައި އަމިއްލައަށް މޮޅުވާންވެގެން ގާނޫނު ހެދި ޖައްބާރު ނަޖިސް ބައިގަނޑު ފަލީހަތް ކުރަންޖެހޭ.

      28
      3
  10. ޑީ

    ތީއަދި ވިހެއީމަ އެގުނީ. ނުއެގި އެބޯޓް ކުރާއަދަދު ކިހާވަރެއްވާނެ.

    105
    1
  11. ގާނޫނު

    ޢާއިޝަތުގެ ފާނާއި ރަސޫލާގެ ކައިވެންޏަށް ޖޯކުޖަހާ މަލާމަތް ފާޅުގައި ކުރާމީހުން މިމީހުންގެ ބޮޑުންނަށް ލައިގެން ﷲ ގެ ޝަރީއަތައްބެލުމެއްނެތި ޔޫރަޕުގެގޮތް ރީތިވެގެން ހެދިގާނޫނުތަކުގެ ނަތީޖާމީ. މާތް ﷲ ޝަރުއުކުރައްވާފައިވާގޮތް ކަމުނުގޮސް އެ ޝަރީއަތައް ގޮންޖަހައި އުނި ނިކަމެތި ޖައްބާރު އިންސާނުންތަކެއް ﷲ އަށް ހާއްސަވެގެންވާ ކަންކަމައް އަރައިގަނެ ހެދި އުނި ގާނޫނުތަކުގެ އުނިކަން މިފެންނަނީ.
    އިންސާނާ ބާލިޤުވާހިސާބުން ސަހުވަތްތަކުން ފުރާލެވޭނެކަން އިނގޭހާލުގައިވެސް އެއީ ވަކިއަހަރެއް ހަމަނުވާ މީހެކޭކިޔާފައިި އަމިއްލަޔައް ގާނޫނެއްހަދައި "ކުޑަކުދިންނޭ" ކިޔަކަސް ކުޑަކުދިންނަށް ނުވާނެކަން މީގެން މި އެގިހާމަވަނީ. އިސްލާމްދީނުގައި ލޯބިވުންވެސް ފަށަނީ ކައިވެނިން ކަމައްވެފައި އަދި ކައިވެނީގެ ބޭރުން ލޯބިވެވޭމީހުންގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އަވަހައް ކައިވެނިކުރުމައް ބާރުއަޅާއިރު މި ތައްދޮރުނޭންގޭ ޖާހިލުން މިބުނަނީ ކައިވެނި ކުރެވޭނީ ވަކި އަހަރެއް ހަމަވީމައޭ. މިމީހުންނަށް ހީވާކަހަލަ ކުއްޖާ ބާލިޤުވިޔަސް އަދިވެސް އެމީހާގެ ވިސްނުމުގައި ހުންނާނީ ބަތްކައްކާކުޅޭ ހިޔާލުހެން. މި އުނި ސައިކޮލޮޖިސްޓުންނޭކިޔާ އެތީސްޓް ބައިގަނޑަށް އެވަރު ފަހުމްނުވީމާ އެމީހުން މީ ސައިކޯއިންތަކެއްކަން އެނގި ހާމަވެ އިތުރައް ފަލީހަތްމިވަނީ.

    127
    5
  12. ދުބުރި

    ކުޑަކުއްޖެކޭ؟ ކުޑަކުދިންކުރާ އައްޗިކަންތަކުގެ ވާހަކަ ހާމަނުކޮށްބަލަ. ރަށްވެސް ހާމަނުކުރިފަދައިން..

    23
    3
  13. ސާސް

    ދެން ކިހިނެކޯ ހަދަންވީ؟؟؟ ތީކީ އަހަރުންނާ ބެހޭ ކަމެއް ނޫން. ހޫ ކެއާސް.

    11
    5
  14. ދިވެހި ޒުވާނާ

    18 އަހަރު ވީމަ ކައިވެނި ކުރެެވެން ގާނޫނުގަ އޮތް ގޮތް އުވާލާފަ. ބާލިގުވީމަ ކައިވެނި ކުރެވޭ ގޮތަށް ހަދަންވީ.

    38
    3
    • އަހަރެން

      ވިހާ ތަނުންވެސް ކައިވެނި ކުރެވޭ ގޮތައް ހަދަންވީ.. ބަލަ ކޮންމެ އުމުރެއްގަވެސް ޒިނޭ ކުރީމަވާނީ ޒިނޭއަށް..15 އަހަރުގަވެސް 30 އަހަރުގަވެސް ކައިވެނިން ބޭނުން އެކަން ކުރަން ކެރެނީ ލަދެއް ހަޔާތެއް، ބިރެއްގެ ކަންފުޅެއްވެސް ނެތީމަ ދޯ..

      26
      3
  15. މާމިގިލީ މީހާ

    މައިންބަފައިން ވެސް އެވައްތަރަށް އުޅޭތީ. އެމީހުންގެ ދަރީންވެސް އެހެން އެއުޅެނީ.

    15
    22
  16. އ. ޖ. އ

    ތިހަމަ ކުރިން ވެސް ބުނި ކުއްޖާ.. ތި ކުއްޖާ އަށް 15 ވެއްޖެ މިހާރު..

    13
    3
  17. ޕސޓ

    ކުޑަކުއްޖަކަށް ވީމަ ރަށް ނުބުނެވޭނަމަ މިފަދަ ހަބަރު ލިޔާނެ ކަމެއް ނެތް.. މި ހަބަރު ލިޔުމުން ވެސް އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ.. އެހެން ނޫނަސް މީގަ އެއްވެސް ތަފްސީލެއް ނެތް.. ލިޔުންގަނޑެއް އޮތީ

    18
    3
  18. އާހް

    ތިޔައްކިޔަނިޒިނެކުރުން

    21
    3
  19. ވަގުތު އިންމަ ބޯ

    ޔާމީން ސަރުކާރުގަ ކޮށްފައިވާ ކަންކަން މި ވިހަނީ
    ޝުކުރިއްޔާ ރައީސް ޔާމީން

    10
    22
  20. އުގޫފާރު މީހާ

    އަހަރެމެން ގެ މާތް ރަސޫލާގެ ހުލުގު ރިވެތި ހެޔޮލަފާ ރިވެތި އުޅުން ނަމޫނާއަކަށް ބަލަންވީ. ހުރިހާކަމެއް ހައްލުވީ. ކައިވެނި ކުރާ އުމުރު ބަދަލުކުރުން މިކަމުގެ ހައްލަކީ. ގާނޫނޫން މިކަށް ބަދަލު ކުރަމާ. އެރުން މިކަމަށް ހައްލު ލިބޭނީ. މިކަހަލަ ބޮޑެތި ކަންތައްތައް ހިގުމަކީ ވަރަށް ވަރަށްވެސް ދެރަކަމެއް.

    18
    3
  21. ރަށު މިހާ

    މިރަށުގާ ވެސް 15 އަހަރުގެ ކުއްޖަކު ބަނޑު ބޮޑު އުކުއްޖާވެސް ސުކޫލަށް ދޭ....... މިހާރު ދެން ނަމުގާ ކުޑަކުދިން ވީމާ އެއީ މައްސަލަ އެއް ނޫން... މިހާރު އޮތްޤާނުނާ ހެދި ބޮ ހަލާކު...

    14
    1
  22. ޥަރަށް ސަލާމް

    ޢަދިވެސް ތިޔަ ދަރިވަރު އުޅެނީ ސްކޫލުގަ. ސްކޫލުގެ ރެޖިސްޓަރއިން ވަކި ނުކުރޭ.

    10
    3
  23. އަލީ

    ގާނޫނު އަސާސީ އުވާލާ.
    އެއީ އިސްލާމީ ޝަރީއަތާ ފުށުއަރާ އެއްޗެއް. ހުޅަނގުގެ ޑިމޮކްރަސީ އެއް އަހަރުމެން ބޭނުމެއްނޫން.

    20
    3
  24. ނަދީމް

    އަހަރެންގެ ދަރިން 15 ،16 އަހަރުގައި ކައިވެނި ކުރުވަން ބޭނުން.
    އިސްލާމީ ޝަރީއަތުގައި އެކަން ހުއްދަ. މީސްތަކުން އަމިއްލައަށް ހަދާފައިވާ ވަޟުޢީ ޤާނޫނުތަކަށް ބޯލަނބާ ކިޔަމަންވާން ނުޖެހޭނެ.

    16
    3
  25. ޢަލީ

    ނުފޯދޭ ގަހެއްގައި މޭވާނާލާނެކަން ޔަގީން؟
    ވީމާ ކުޑަކުއްޖަކު ނުވިހާނެކަން ޔަގީން؟
    ބާލިޣު ވުމަށްފަހު އެއީ ބޮޑުމީހެއްކަން ހެއްދެވި ފަރާތުންވަނީ އަންގަވާފައި.

    20
    2
  26. ބަކުރު

    ކުރީގެ ސަރުކާރުގަ ކަންކޮށްފަ، މިިސަރުކާރަށް ހުރިހާ ޒިންމާއަކާ ހަޑިއެއް؟؟/ ކިތަށް މަހުގަތަ ވެހެއީ؟ ވެރިކަމަށް 08 މަސް.

    10
    17
  27. ދަންނަ

    މައިންބަފައިންގެ އިހުމާލު.. ދަރިން އުޅޭ ނޫޅޭ ގޮތެއް ބަލައިލުމެއްނޯވޭ ބިޒީކަމުން.ތަރުބިއްޔަތުނުދެވުން. ދަރިންގެ އަޚުލާގުނެތިވެ ހިގައްޖެ.

    17
    1
  28. ހަލާލް ކުދިން

    ޔާމީނުގެ ފަހު އަހަރު ހާދަ ކަމެއްކޮށްލާފައޭދޯ ތިއޮތީ! ދެން އިބޫ ވެރިކަމުގަވީ ވިއްސަން! ޕަކާސް

    13
    14
  29. ކަމަނަ

    ގޭތެރެއިން އަބަދު ފެންނަނީ އިންޑިއާ މީހުން ކުޅޭ ދުރާމާތަށް އެގޮތް ރީތިވެފަ ލަދުހަޔާތް ކަނޑާލީމަ ވާނެގޮތް މި ފެންނަނީ އުމުރުން 3 އަހަރު ވާއިރަށް ލޯބިވެރިއެއް ހޯދައިގެން މަގުމަތީގަޔާ ދެންވެސް ޖެހުނު ތާކު އޯޅުލަމުން ފާހިޝް ކަންތަށް ކުރަމުން ދަރިން ދުވާއިރު ބަލައިލަނީކީ ނޫން

    17
    1
  30. ހޮޓީ

    ދުނިޔެ ދައުރުވާ ވަރަކަށް ކަންތައްތައް ވެސް ބަދަލު ވާނެ.

    8
    9
  31. އިއްބެ

    އެއީ އަހަރެންގެ ކުޅަދާނަކަން

    3
    11
  32. ޖަންބޯ

    ހުރިހާ މީހުނާކައިވެނި ކުރާބޭބެ ކޮބާ އިންނަން ފޮނުވާ އަވަސްކުރެޭ މިހާރު އެބޭ ހުންނާނީ ދާހިތުން ކެތް މަދުވެފަިއި

    8
    2
  33. ގަންޖާ

    ރައްރަށައް ކިބޫ އެރީމަ ވާގޮތް އިގޭތަ ކޮނމެ ސަރަހަށްދަކުން ކުއްޖަކުހޮވަނީ އެއީ ރީތީގެ ރާނީ

    6
    2
  34. ބޮލި މުލައް

    މީ އިންޑިއާގެ އަވަށެއްނު އެހެންވީމާ ތިކަން ދުވަހެއް ދުވަހަކަށްވާނީ އިތުރު އޭ މައްސަލައެއް ޏުން. ދޯ އިބޫ. ސިދާތާ ދާނެ އަލަށް އުފަންވީމާ އިބޫދޭ ހަދިޔާފޮށި ހިފައިގެން

    11
    3
  35. ޝާހީ

    މީކީ އުމުރަކާ ގާނޫނަކާ ގުޅުވައިގެން ބަޔަކު ބަދުނާމު ކުރެވޭނެ ކަމެއްނޫން.. ދަރިން ތަރުބިއްޔަތު ކޮށް ދަރިން ބެލޭލެއް ރީތީ.. 14،15 އަހަރުގެ ކުދިންނަކަސް ލަދެއް ހަޔާތެއް ނެތީމަ ދޯ ޒިނޭކުރަން ކެރޭނީ.. ހެއްދެވި ފަރާތް ދެކެވެސް ބިރު ނުގަންނަނީ.. އަދި ދުވަހެއް އަންނަން އޮތްކަންވެސް ހަނދާން ނުވަނީ..މިހާރު އުޅޭ ބުލެނިވެރިންނަށްވެސް ނިމުނީ އަންހެން ދަރިންނަށް ރީތި ބާރު ހެދުން ލައްވާފަ މޭކަޕު ކުރުވާފަ އުޅޭނެ ތަނެއްގަ، އުޅޭން އިރެއްވަންދެން ދޫކޮށްލާފަ ބައިތިއްބަން.. ބެލެނިވެރިން ކުރިމަތީ ތައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ގެއަށްގޮސް ކޮޓަރީގަ އެކަނި ތިބެ، ގޭގަ ނިދާ އިރުވެސް މިނުވޭ މައްސަލައަކަށް.. ހަމަ އޯކޭވެފަ ބަލަން.. އެކަމު އެހެން ބައެއްގެ ދަރިއެއް އެހެން އުޅެން ހީވާނެ ފަޔަށް ހިނިއަރައިގެން އުޅޭހެން.

    16
    4
  36. ހަލީލް

    މިއަދު ބައިލޮޖީއޭ މިކިޔާފޮތުގައި މިކަންތައްކުރާގޮތް ވަރަށްތަފްސީލްކޮން އަލިފުންފެށިގެން ޔާއާއި ހަމަޔަށް ލިޔެފައިހުރެއެވެ. މިކަންތައްކުރީމައިވާނެގޮތާ މިކަންތައްކުރާނެ މުއްދަތާ މިކަންތައްކުރީމައި މިވެނިމުއްދަތެއްރޭގައި ވިހާނެކަމާ އެނެއްކާ އެންމެމޮޅުކަމަކީ ދެޖިންސް މަސްހުނިކޮށްގެން މިކަހަލަ ފިލާވަޅުތައްކިއާދިނުމަކީ ކުދިންގެހިތްތަކުގައި ވަހުސީ ކަންތައްކުރުމަށްމަގުފަހިކުރުވާކަމެކެވެ.

    19
    3
  37. އަންހެނުން

    ވެރިކަމެށް ރައީސް އެއް ނޫން މައްސަލަައަކީ، ދެވޭ ތަރުބިޔަތު. ބުނެދޭންޖެހެޭ ވަރަށް ބުނެނުދެވި
    ގާފިލު ކަންމަތީ ބޮޑުވާ ކުދިން ގިނަވަނީ.

    18
    2
  38. ސަންޑޭ

    ބާލިގް ވާއިރަށް ކައިވެނި ނުކުރަން ބާރު އަޅަނީ ދަރިމައިވުމަށް ކުއްޖާގެ ހަށިގަނޑު ރަގަޅަށް ފުރިހަމަ ނުވާތީ މަންމަ އަށާއި ދަރިފުޅަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ސައިންސްގެ ހޯދުން ތަކުން ފެންނާތީއެވެ. މިސާލަކަށް މަތިންދާބޯޓެއްގައި އިންޖީނު އެޅުމުން އޭތި އުދުއްސައިގަނެދާނެއެވެ. އެކަމަކު ފަސިންޖަރުން އަރުވައިގެން ސަލާމަތުން އޭތި ދަތުރުކޮށް ތިރި ކުރުމަށް އެހެން ވަސީލަތްތައް ފުރިހަމަ ކުރަންޖެހެއެވެ. ހަމައެގޮތަށް ބާލިގް ވުމުން ދަރިން ލިބިދާނެއެވެ. އެކަމަކު ސަލާމަތުން އެކަން ވާނީ ކުއްޖާ ބޮޑުވެ އެހެން ބައެއްކަންކަން ފުރިހަމަވުމުންނެވެ. ކޮންމެ ކަމެއް ދީނާ ނުގުޅުވާށެވެ.

    8
    7
  39. އަންހެނުން

    ވެރިކަމެށް ރައީސް އެއް ނޫން މައްސަލަައަކީ، ދެވޭ ތަރުބިޔަތު. ބުނެދޭންޖެހެޭ ވަރަށް ބުނެނުދެވި
    ގާފިލު ކަންމަތީ ބޮޑުވާ ކުދިން ގިނަވަނީ.

    8
    2
  40. ސަރީފް

    މިކުދިންނަށް ވިހެއުމާއި ގުޅިގެންދޭ 6 މަސް ނުލިބޭތަ!

    10
    1
  41. Anonymous

    12 13 އަހަރުގަ ޒިނޭ ކުރާ ކިތައް މީހުން އުޅޭތޯ ބަލާބަލަ.

    5
    2
  42. ހައްހައް

    ވެރިކަން ބަދަލު ވުމުގެ އުފަލުގަ ގަނެފަ ހުރި ގަނޑުތަށް ކަންނޭނގޭ. ވިހާނީ ދެން މި ދުވަސްވަރުތާ...

    3
    1
  43. ހަރާމް

    ޝަހުވަތްތެރިކަން ވެރިވީމާ ރޯދައަށް ހުންނަންވީނު ކޮން ޒިނޭއެއްތަ ކުރަންވީ. ބާލިއުވާ އިރަށް މީހަކާ އިންންވެއްޖިއްޔާ 8 އަހަރު 9 އަހަރުގަ މީހުންނާ އިންނަންވީ އެކަމަކު. އަހަރެންވެސް މީ އަންހެނެއް ބާލިއުވީދުވަހަކު ނޫން ކައިވެނި ކުރީ. ޒިނޭއެއް ނުކުރަން ކައިވެނީގެ ކުރިން. ޒިނޭ ކުރުމަކީ ހަރާމް ކަމެއް . ﷲ އަށް ބިރުވެތިވާންވީ.

    6
    3
  44. ިއިބްލީސް

    އަހަރެންގެ އެކުވެރިންނާ ނުބެހޭ

  45. އަންދާޤާނޫނު

    އެހެންވީޔަ ކައިވެނިކުރެވޭ އުމުރު އަދިވެސް ތަންކޮޅެއް މަތިކޮށްލަންވީނު 20 އަހަރަށް

    1
    2
  46. ހައުލާ

    ހެޔޮނުވާނެ މީއިސްލާމީ ޤައުމެއް ވީއިރު އިސްލާމީ ޝަރީއަތް ގާއިމް ކުރަން ބާރުއަޅަމާ!
    ބޮޑުމީހަކަށް ވީމަ ކައިވަނި ކޮއްދިނުމަކީ މައިންބަފައިނގެ ޒިއްމާއެއް! ހެޔޮމަގުން ދަރިން ގެންދަން ބޭނުންނަމަ ކައިވެނި ކޮއްދެއްވާ! އެއްމެން އެއްގޮތެއްނުވާނެ ވީމާ މިކަމުންދުރުވުމަށް އޮތީ އިސްލާމީ ހަމައިން ކަންތައްކޮއްދިނުމުން ކަން ޔަގީން!

  47. ހާމިދު ޝާހިދު

    މިއީ ބެލެނިވެރިން ދަރިންނާ އަޅާނުލާ ދޫކޮށްލުމުން ވާކަންކަން،. މިކަންކަން ހައްލުކުރުމަށް ގައުމީ ކެމްޕޭނެއް ކުރިއަށް ގެންދަން ފެނޭ.

    5
    1
  48. މަ

    މިއީ ހިތާމަހުރިކަމެއް