ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން، ހުޅުމާލޭގައި ހަދަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 5600 ރުފިޔާއަކަށް އެމަނިކުފާނު ނިންމެވި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އެ ފްލެޓްތަކުގެ އަގު ބޮޑު ކުރުމާއި ގުޅިގެން މިރޭ މުއިއްޒު ވިދާޅުވީ،ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާކަމަށް އެ މަޝްރޫހް އިފްތިތާހުކޮށްދެއްވި ރޭ، ރައީސް ޔާމީން ކަނޑައަޅުއްވައި ނިންމަވާފައިވެސް ވާ ކަމަށެވެ.

"ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އަށް އެކަން ވަނީ އޭރު އަންގަވައިގައި. އެންމެ ގިނަވެގެން 7000 ރުފިޔާގެ ކުއްޔަކުންވެސް 15 އަހަރު ތެރޭ އެޗްޑީސީއަށް ފައިދާވާނެ،"ހިޔާ މަޝްރޫއުގެ ހުރިހާ ހަރަދުތަކާ ގުޅޭ ތަފާސް ހިސާބުތައްވެސް އާންމުކުރައްވައި ކުރެއްވި ޓްވީޓްގައި މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް މިހާރު ނެގެސްފައި ވެއެވެ. އަދި އެ ޕްރޮޖެކްޓް ނިމޭއިރު 7000 ފްލެޓް ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ހުންނާނީ 6860 ފްލެޓް ކަމަށް އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފައެވެ. އަދި އެ ފްލެޓްތައް އަގުހެޔޮ ރޭޓް ތަކުގައި ދޭން ނިންމިކަން އެނގިފައިނުވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް މިއަދު ވިދާޅުވީ، ހިޔާ ފްލެޓް މަޝްރޫއުގެ ފްލެޓްތަކަށް ކޮންމެ މީހަކުވެސް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އާތިފް ވަނީ މިއީ އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަގެއް ކަމަށްވެސް ވިދާޅުވެފައެވެ.

"ކޮންމެ ޔުނިޓަކަށް 82،496 ޑޮލަރު އެބަ އަރާ. އެއީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އެޕާރޓްމަންޓަކަށް. މިހާރުގެ ކޮންސްޓަރަކްޝަން މާރކެޓް ރޭޓަށް ބަލާއިރު، މި ވަރުގެ އަގަކީ ދެ ކޮޓަރީގެ އެޕާރޓްމަންޓަށް ބޮޑު އަގެއްކަންވެސް އަޅުގަނޑު ފާހަގަ ކުރަން. ގާތްގަނޑަކަށް 11000 ރުފިޔާ މަހަކު ދައްކަން ޖެހޭނެ. މިއީ އަންދާޒާ ކުރި ވަރަށް ބޮޑު އަގެއް. އެކަމާއި ގުޅޭގޮތުން ސަރުކާރާއި އެކު މަޝްވަރާ ކުރެވެމުން ދަނީ." އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާތިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މުގައްދަރު

    1978 ސީދާ ރާވައިގެން ފެއްޓި ގޯތިނުދީ ރަށްޔަތުން އަޅުވެތިކުރާ ސަގާފަތެއް ރަށްޔަތުން ނިކަމެތިކޮށް ފަސޭހަކަމާއެކު ވޯޓްހޯދަން ހިންގާ ޕުރޮގުރާމެއް ކޮންމެ ސަރުކާރަކުންވެސް ބަލަނީ ރަށްޔަތުން ނިކަމެތި ކުރާނެ ގޮތެއް ފުލެޓް ވިޔަފާރިން ސަރުކާރަށް ރުފިޔާ ދައްކާ ރަށްޔަތުންއަތްމަތިހުސް އެޖެންޓް19ގެ 5.5ގެސްޓުހައުސްގެ ވިޔަފާރި ހަމއެކަނި ރަށްރަށުގެ މީހުންނަށް ހިންގޭ ކަމެއް އެހެން ހުރިހާރަށްރަށުމީހުންނަށް ހިލޭބިންލިބޭ މާލޭގެ ޒުވާނާޔަށް ނުލިބޭ މީތޯއިންސާފަކީ ސަރުކާރުން ރިޔަލް ސުޓޭޓް ބިޒިނަސް ރަށްޔަތުންނަށް

    10
    3
    • އަބްދުއްލާ

      މީހޮޅި ވާހަކައެއް

      Maumoon Abdul Gayoomހުޅުމާލެ އުފައްދާ ވިލިމާލެ އުފައްދާ އެތަނުން ގޯތިދިން

      ރައީސް Maumoon Abdul Gayoom ރަށްޔިތުން ބަލައެއް ނުގަން
      ަ
      Yameen Abdulla ހުޅުމާލެ ގައި ފްލެޓްއަޅައި 25000 ހާހައްވުރެ ގިނަ ފްލެޓްގެ

      މަސެއްކައްކޮށް ބައެއް މީހުނަށް ފްލެޓްދިން އެކަމަކު ބަލައެއް ނުގަތް.

      ފްލެޓްނާޅާ ނަމުން ފްލެޓްދޮންބެ ރައްޔިތުމީހާ ބަލައިގަތް

  2. ކައްޕިތާން

    ސަރުކާރުން ފުލެޓް ދެއްވާ ވާހަކަ މިގޮތައް ދެއްވާ ހޮޓާހޮޓަލުން ސައިވެސް ވަދެރުފިޔާދިނީމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް މިގޮތައް ފުލެޓްދެއްވާނެ ރުފިޔާދނީމަ ވީމާ ތިޔަތަނުންވެސް ވާނީ ހަމަ އެހެން ރަށްޔަތަކައް ވާނެފައިދާއެއްނެއް ޕާޓީހިންގަން މަކަރުން ކުރާކަމެއްތީ ގާކޮށީފުލެޓް ގެނަމުގައި ހިންގާ(ގެސްޓް ހައުސް) ތަކަށް މަހަކަށް މިސާލަކަށް 200ގުނަ 18000ރ =/3600000ރ ޑޮލަރުންނަމަ=/233463 ޔޫއެސްޑޮލަރު ބުރަމަސައްކަތުން ހޯދާ ރުފިޔާކޮޅު ސަރުކާރަށް އެކަމަކު މިވިދާޅުވަނީ ފުލެޓްދެއްވަނީއޭ މިގޮތަށް ދެއްވާނެ ކޮންމެގައުމަކުންވެސް ރުފިޔާދިނީމަ

    12
  3. އ. ޖ. އ

    ރައީސް ޔާމީން

    28
    3
  4. އ. ޖ. އ

    ރައީސް ޔާމީން ބޭނުންވީ ވެސް ރާއްޖެ ދަރުވާލަން.. އަދި 2 އަހަރު ވީމާ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ނަމަވެސް ރާއްޖޭގެ ބިންކޮޅު ބޭރުގެ ބަޔަކަށް ހަދިޔާ ކުރަން...

    4
    54
    • ކަލޭ

      ކަލޭކައިރީ ރައީސް ޔާމިނު އެވާހަކަ ދެއްކީދޯ..ކަލެއަށް މާބޮަޑަށް އެނގެނީ

      16
  5. ނެޓު

    ދެން އިބޫގެ ހެޔޮފުޅުކަމުން 5600 އަށް ކުލި ތިރިކުރޭ އަވަހަށް

    38
    1
    • އިބޫ

      އެހެން ކިޔަން އެއުޅެނީ

      10
  6. އަލްޖިބްރާ

    5600ރުފިޔާއަށް ދޭ ފްލެޓެއްގާ ފަސްފޫޓް ފަސްފޫޓް ހުއްޓަސް ހަމަ އޯކޭ ދޯ ؟ ބަލަ ކަލޭނު ބުނީ ދިވެހިންނަށް 10ފޫޓް 10ފޫޓް ފުލްޓްވެސް އޯކޭވާނެއޭ ! މިއީ ގެރި ބަކަރިތަ ؟

    5
    38
    • Anonymous

      މޮޔަ އަލްޖިބްރާ ފާޅުވެއްޖެ. މި އުޅެނީ 10ފޫޓް އެއްނޫން އެއްވެސް ފޫޓެއްގެ ފްލެޓެއް ނުލިބިގެން. ޝުކުރުކުރަން ދަސްކޮއްބަލަ.

      27
      2
  7. ޙެ ހެ

    ސާބަސް މުއިޒް . މި ނަހަލާލު ސަރުކާރުން ކިރިޔާ ދޮގެއް ހަދާލާއިރަށް ހެއްކާއި އެކު ހާމަ ކުރައްވާތި . ތި ކުރައްވާ ޤަޥުމީ ޖިހާދަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން

    58
    4
  8. ޔަގީން

    ކީވެބާ ޔާމީން 25 އަހަރު ވަންދެން މަހަކު 7000 ރުފިޔާ ދައްކަން ފްލެޓް ދޫކުރީ ކޮންމެ މޮޅުވާހަކަދައްކަނީ

    4
    34
  9. ނަފާ

    ސާބަހޭ. މުއިއްޒު.

    33
    2
  10. ސަޓޯ

    ނުހެޔޮ ވެރިކަން ކުރާ ލާދީނީ އެމްޑީޕީ ސަރުކާރުން މިއޮތީ އަނެއްކާވެސް ވައުދެއް ފުއްދާދީފައެއްނު ؟؟ އަތް ނުފޯރާ ފަށައް އަގުތައް ގެނެސްދެނީނުމި!!!

    29
    3
  11. އެމަންޖެ

    މި ލާދީނީ ބައިގަނޑު ސޯލިހު ބޭ އަލިފާން ކާން ދިނަސް އޯކޭ...

    24
    1
  12. އ. ޖ. އ

    5600 ހާދަ ބޮޑޭ... 2000 އޯކޭ ވާނެ.. އެވަރުންވެސް މުއިއްޒު އަދި ޔާމީން އަށް ފައިދާ ވާނެ

    1
    14
  13. ބުއްބުތަލޯ

    މުއިއްޒު ތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ބޮޑާ ކަމާއި ކިބުރުވެރިކަމުން އެސަރުކާރާރައްޔެތުންނަ ހުރި ޖޯކެއް، މިހާރު 5600 ރުފިޔާއޭ، ޔާމީނޭ، ގޮދަން ފުށޭ،ކާނީ ލޮނުމެދޭ ބުންޔަސް ޗޮއްޗޮމެން ތިވާހަކަ ގަބޫލުނުކުރާ ފޫއެވެ. الحَمْد لله ނަމެތި ބުއްބުތަލޯ

    1
    15
  14. މުންނާ

    ތި އެޗް ޑީ ސީ ތީ ބޮޑު ނޮހޮރޮއްޕާނެ ކުރާ އެއްކަމެއްވެސް ނެތް ހުޅުމާލޭގަ މަގުމަތީގައި ތިބި ގަސްތައް ކަނޑނަނީ އެއީ ކުރާ ކަމަމކީ

  15. ޢަލީ ޢަލީ

    ތީ ހުސްދޮގު!!!
    އޭގެ ހެއްކަކީ ރައްޔިތުން ދިން ޖަވާބު!!! ތި ތިބީ ބާލާފަ!!!

    14
    • ކަލޭ

      ވެރިކަމަކީ ﷲ ތަޢާލާ ބޭނުންވެ ވޮޑިގަންނަވާ މީހަކަށް ދެއްވާ އެއޗެއް... ކަލެއަށް ތިއުޅެވެނީ މާމމަތީގަ... މާދަމަވެސް ވެރިކަން ހިނގައިދާނެ... އަވަހަށް މައިތިރިވޭ...ބުރާންޗާ

      8
      1
  16. މަހާ

    އިބޫ މީ ހާދަހާ ދޮގުހަދާ މީ ހެކޭ ދޯ! ރައްޔަތުން ފެލަންވެގެން ބަހަނާ ދައްކާނެ ކަމެއް ނެތް...

    14
  17. އަހުމަދު

    ބަލަ މިސަރުކާރުން ބުނީ އެއީ ކޮތަރު ކޮއްޓެކޭ އެތަނުގައި އިންސާނުން ދިރި އުލޭން ކަމަކު ނުދެޔޭ ދެން ކީއްވެ ބާ އެވަރު ތަނެއް ހަދާ ތިޔަ ނިންމަނީ ފުރަތަމަ ބުނި އަހަރެމެން ނަގާނީ 4500 ރުފިޔާ ޢޭ ކޯންޗަކަށް މިވީ ކަމެއް ކުރަން ހިސާބު ޖަހަން ނޭގެނީ ސުހޭލު ހެދި ދޮގުތައް ފަޅާއެރީ މިހާރު ނޫހުގައި މޫސާ ލަތިފު ލިޔުނު ކޮތަރު ކޮށި ބޮޑު ވިބާ ... ސޯސަލް ހައުސިންގައި މިހާޜުވެސް ހުޅުމާލޭގައި ހުންނަނީ އެވަރު ބޮޑު ނުވި ރައިސް އޮފީހުގައި އޮތް ޕޮލިސީ މީޓީން ގައިވެސް ސުހުލައި ބުނީ އެތަން ސައިޒް ރަނގަޅޭ އެކަމު މިހާރު ނޫހަށް ދިން އިންޓަވިއުގައި އޮޅުވާލީ ކިހާ ހެއްވާ

    4
    1
  18. ވަޒަނެއްނެތް މީހާ

    82496 ޑޮލަރަކީ ދިވެހި ރުފިޔާއިން ބަލާނަމަ 1،272،088.32ރ އެވެ. މަހަކު 11،000.00ރ ނެގީމާ 20 އަހަރު ދުވަހުން 2،640،000.00ރ ދޭން ޖެހެއެވެ. މިވަރަށް ފައިސާ ދެއްކުމުން 20 އަހަރުތެރޭ އިތުރަށް 1،367،911.68ރ ދައްކަން ޖެހެއެވެ. 1 އެޕާރޓްމަންޓްގެ އަގަށްވުރެ ބޮޑު އެއްޗެއް އިތުރަށް ދައްކަންޖެހުމަކީ އަނިޔާވެރިކަން ނޫން އެހެން ކޮންކަމެއްބާ؟؟؟ މަހަކު 5،600.00ރ ނެގިޔަސް 20 އަހަރުތެރޭ 1،344،000.00ރ އެޗް. ޑީ. ސީ އަށް ލިބޭނެއެވެ. އޭރުންވެސް 71،911.68ރ އެޗް. ޑީ. ސީ އަށް ކޮންމެ އެޕާރްޓްމަންޓަކުން ފައިދާ ވާނެއެވެ.

    • ޢަދުރޭ

      ފޯރމިއުލާ އޯކޭ

  19. ސަރައްކާލި

    މިހާރު ތިވާގޮތުން ތިފްލެޓް ތަކަކީ ފަގީރުން ނަށް އަޅާ ފްލެޓް ތަކާމެދު ޝައްކު! އަޅެ ފަހެ އަޖައިބެއް ނުވާނެތަ... މަމިއުޅެނީ ތިކުލި ތައްދައްކާފަ އަތުގައި 100/- ރުފިޔާވެސް ނެތިގެން ނޭ..... ސިވިލް ސާވިސް ގައި ވަޒީފާ އަދާ ކުރާތާ 11 އަހަރު ވިއަސް ވީ ފައިދާއެއް ނެތް!

  20. ދޮންކަލޯ

    ޤާނޫނު އަސާސީގައި އޮންނަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަކީ ސަރުކާރުގެ ޒިންމާއެކޭ. ވީމާ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި ދޫކުރާ ފްލެޓްތަކެއް ކަމުގައިވާނަމަ ފްލެޓްގެ ކުލި ހުންނަންވާނީ އާންމު ރައްޔިތުންނަށް ލިބޭ އާމްދަނީން ދެއްކޭވަރު މިންވަރަކަށް. ސަރުކާރުން ސަބްސިޑީ ދީގެންނަމަވެސް ފްލެޓްތަކުގެ އަގު ހުންނަންވާނީ އަތްފޯރާ ފަށުގައި. ސަރުކާރު މުވައްޒަފެންގެ މުސާރަ 4000ރުފިޔާއާ 6000ރުފިޔާއާ ދޭތެރޭ ހުންނައިރު ފްލެޓްގެ އަގު 11000ރުފިޔާއަށް ވީމާ ކިހިނެއްތޯ ކުލި ދައްކާނީ؟ ރައްޔިތުންނަށް ސަރުކާރުން އަޅާދޭ ފްލެޓްތަކަކީ ވިޔަފާރި އުސޫލުން ފައިދާ ހޯދަން ކުރާކަމަކަށް ވެއްޖެނަމަ އެއީ ރައްޔިތުން ކުރިމަތީގައި ސަރުކާރުގެ އިތުބާރު ގެއްލޭނެ ކަމެއް.

  21. ޒޫނާ

    ފުލެޓު ކޮމިޓީގެ މަސައްކަތް ވާނުވާ ނޭނގޭ... އެމީހުންގެ ހަބަރެއް ވަގުތު ނޫހުން ގެނެސްދިނުން އެ ދެން.. އެތައް ބައެއްގެ ރިކުއެސްޓެއް