އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ އެ މަޤާމުން އިސްތުއުފާ ދެއްވައިފިއެވެ.

ވަގުތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވައި ސިޓީ ފޮުނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ލުތުފީ މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި އޭނާގެ މައްސަލަ ބެއްލެވުމަށްފަހު މަޤާމުން ދުރުކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ލުތުފީގެ މައްސަލަ ބަލަން ފަށާފައިވަނީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން އޮފީހަށް ނުނިކުންނަވައި އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމެއް ނެތި މުސާރަ ނަންގަވާ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ލުތުފީގެ ބަހެއް އަދި ލިބޭ ގޮތް ނުވެއެވެ.

 

އިތުރު ތަފްސީ އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާވަޑި ފަލާހް

    ލުތުފީ އިސްތިއުފާދިނުމަކުން ނުނިމޭ، ވަޒީފާއަށް ނުނިކުމެ މުސާރަނެގިމަސްތަކުގެ މުސާރަ އަނބުރާ ދައުލަތުގެ ހަޒާނާއަށްލާންޖެހޭ، އަދި އެހެންމެ މަޤާމްގެ ނުފޫޒް ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާތައް ތަޙްޤީޤްކުރެވެންޖެހޭނެ.

    11
    4
  2. ޢިއްޒާ

    މަސައްކަތެއްނުކޮށްހުއްޓާ ދިން މުސާރަވެސް ވާނީ ކޮރްޕްޝަނަށް! ޙަލާލުވެސްނުވާނެ! ކޮރަޕްޝަންގެ ބަފާ ކޮރަޕްޝަނަށްގޮސް ހުސްވީމާ ދަރިންވާނީ ކިހިނެއް؟

    11
    3
    • އައްޑޫސިޓީ

      ތިޔަ އިއްޒަތްތެރި މެމްބަރުން ރައީސް އިބޫ ސާލިހު އާ ނައިބުރައީސް ފައިސަލް ވެސްހިމެނޭގޮތައް ނިމިދިޔަ 18ވަނަ މަޖިލީހުގަ ނެގިމުސާރަ ވަނީކޯޗަކަށްތޯ؟

      4
      1
  3. ނިޒާމު

    ޟޒިނަ ވަކިކުރން މިހާރުވެސް ލަސްވެއްޖެ މިގައުމުގަ ކަރަޕްސަންގެ ރޮނގުން އއންމެ ކުރީގައި އުޅޭ އެކަކު ހަމަ މިހާ ހާލަތު ގޯސް ދެވަނަމީހާ އީސީ ސަރީފު

  4. ޗާލު

    ތިނަދޫ ކޯޓޫގެ ގާޒީވެސް މަޖްލހުން ބޭރުކުރުމުގެ ކުރިން އިސްތިއުފާދީ. އެއިރުން މުސްތަގްބަލުގަ ވަޒީފާއެއް ލިބޭނީވެސް. ޔަގީނުންވެސް ރެކޯޑް ރީތިވާނެ.

    2
    1
  5. ބޮކި

    ޕަދުމާވަތީ ލުތުފީ އަދިނުވޭ އިސްތިއުފާ ދޭކަށް !

    1
    1
  6. އައްޑޫސިޓީ

    ލުތުފީ ވެސް އިސްތިއުފާދީފި. އިބޫ ސާލިހުއާ ނަޝީދުގެ އިސްތިއުފާ ކޮންދުވަހަކުންބާ؟