ވީއެންމެ އަވަސް ފުރުސަތެއްގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާ ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މިހެން ވިދާޅުވީ ލުތުފީ ސަރުކާރުގައި ހިމާޔަތުގައި ހުންނަތާ 54 ދުވަސް ފަހުން އެކަން ބޭޒާރުވުމުން ފާޑުކިޔުން ކުރިމަތިވެފައި ވަނިކޮށް ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

ލުތުފީ ރާއްޖެ އަންނަން ބޭނުންވުމުން އޭނާ އަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދެމަސް ދުވަސް ވަންދެން ސިއްރުން ދިން ސަބަބެއް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ 1 މެއި 2019 ވަނަ ދުވަހު ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޒިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، މިކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވާނީ ވަގުތުން ޙިއްސާކުރެވިފައެވެ.

"އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ." ބަޔާނުގައި ވެއެވެ.

ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުރިިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި، ސްރީލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުރިކަމަށާއި މީގެ އިތުރުން، ފާއިތުވި ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައި ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި އީސްޓަރ ބޮމިންގގެ ހިތާމަވެރި ޙާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއްކަމުގައިވެސް ފޮރިން މިނިސްޓްރީ އިން ވިދާޅުވިއެވެ.

އެހެންކަމުން ލުޠުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބޯގޯސް

    ލުތުފީ އަމިއްލައަށް އެންބަސީއަށް ދިޔައީ.....ކިހާވަރުގަދަޔަށް ލުތުފީ ހޯދުމުގެ މަސައްކަތްކުރެވިއްޖެ...އެނާ އިޢްޒަތުގައި ގެންގުޅުނު ސަބަބީކީ މުޖުރިމަކަށްވީތީ....

    74
  2. ޝިޔާމާ

    ފަޒުނާ ގެ ބައްޕަ ސިއްކަ އަހްމަދު މަނިކު ގެ ބާރުގަ. ސިއްކަ އަކީ ލުތުފީ އާއިއެކު ބަގާވާތް ކުރި މީހެއް. އެމްބެސެޑަރ އުމަރަކީ ކެރަފާ ނަސީމް އަށް ބޮޑުބޭބެ ކިޔާ މީހެއް. އައްނީ އަކީ ކެރަފާ ސައްތާރުގެ ދަރިއެއް. އެންބަސީ ގައި ލުތުފީ އެހާ ގިނަ ދުވަހު ބެހެއްޓި ކަމަށްޓަކައި އުމަރު އިސްތިއުފާ ދޭންޖެހޭނެ !

    83
  3. މިއަދު

    ހައްތަހާއޮޅުވާލުން އެއިރު ކަންކުރިގޮތުން މިހާރުކަންކުރާގޮތުން އެއިރު އެކަން އޮތްގޮތުން މިހާރުމިކަންކުރާގޮތުން އެއިރު އެކަން ނުކޮށްއޮތުމުން މިހާރު ކަންކުރެވެން އޮތުމުން މިފަދަ ބަސްތައްބުނެ އޮޅުވާލަން ދިކުރާމަސައްކަތް ދިވެހިރަޢިއްޔަތުން ޤަބޫލެއްނުކުރެ އންޓަރޕޯލް ރެޑް ނޯޓިސް ނެރެފައިހުރި ދިވެހިރަޢިއްޔަތަކު އަމިއްލައަށް ދިވެހި ރާއްޖޭގެ އެމްބަސީއަކަށް ޙާޟިރުވުމުން އެދުވަހުންފެށިގެން ދިވެހި ރަޢިއްޔަތުންނަށް ހާމަނުކޮށްއޮތުމާއި މިއަދުގެމިއޮތް ކުދިކޮމެޓީގެ މަޖިލިހަށް އެކަންއަންގާފައިނުވާސަބަބުގެ އިތުރުން ބައިނަލްއަގުވާމީ އެއްވެސް ފަރާތަކަށް އަންގާފައި ނުވާމައްސަލަ ބެލުމަށް ފޮރިންމިނިސްޓްރއާއި ޕޮލިސްކޮމިޝަނަރ އަދި ހޯމް މިނިސްޓަރ މަޖިލިހަށްޙާޟިރުކޮށް ސުވަލުކުރަންފެނޭ އަދި މިބައިމީހުންގެ ޢަމަލުތައް މިހުރިގޮތަށްބަލާއިރު މިމީހުންގެ ސަބަބުން ގައުމީސަލާމަތަށް ނުރައްކަލެއްކުރިމަތިވެދަނެކަމަށްފެންނާތީ ޢަބުދުﷲ ޝާހިރުއާއި އިމްރަނުޢަބުދުﷲ އަދި ޕޮލިސްކޮމިޝަނަރު މިހާރުންމިހާރަށް މަޤާމުން ދުރުކުރަންފެނޭ

    74
  4. މޮހަނު

    މިފަދަ ނިރުބަވެރިން އަމިއްލައަށް ހަވާލުވި ކަމުގައި ވީނަމަވެސް އެ ޤައުމުތަކުގައި ވެސް މިފަދަ މީހުން ރާއްޖެ ގެނެވެންދެން ބެލެހެއްޓޭނެ ޖަލުތައްވެސް ހުންނާނެ، އެހެން ވީއިރު މީނާ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ގައި ގެންގުޅެންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ނުފެނޭ، މިއީ މިކަން އޮތް ގޮތް ކަމަށް ވާނަމަ މީގެ ފަހުން މައްސަލަތަކުގައި ފުލުހުން ހޯދާ ފަރާތްތަށް ރާއްޖެއިން ބޭރުގައި ތިއްބާ ހައްޔަރު ކުރަންޖެހޭ ހާލަތްތަކުގައި ބައިތިއްބަން ވާނީ އެ ޤައުމެއްގައި ހުންނަ ދިވެހި އެމްބަސީގައި

    45
    1
  5. ޤީލާ

    ތިޔަ މައްސަލަތައް ބެލޭދުވަހެއް އައިސް ޖިނާއީ ދައުވާުޔާ ކުރިމަތިލަން މީނަ ތައްޔާރުތަ؟

    44
  6. ޒާ

    ކޮންމެ ކަމެއްގައިވެސް އޮޅުވާލުން. އަދިވެސް ތެދެއްނުހަދާ މިސަރުކާރުން. ބަލަނީ އެހެންމީހުން ގުނބޯހެއްދޭތޯ؟

    60
  7. އަލީ

    އެސަބަބު އެމީހުންނަށް ހާމަ ކޮށެއް ނުދެވޭނެ.

    42
  8. ޥރ

    ޔާމިނަށް ނުވި ކަމެއް މިސަރުކާރުން ކޮައްލީމަ ގޯސްވީ.

    1
    74
    • ކަލޭ

      އޭ ބުރާންޗާ... ކަލެއަށް މާބޮޑަށް އެނގެނީ.. އެ ޓެރަރިސްޓް ފޮރުވައިގެން ގެންގުޅުނީ ކެނެރީގޭ .. ދެން އަދިވެސް ޔާމިނު ކުއްވެރިވަނީ..

      46
      1
    • ސިރިސޭނާ

      ލަންކާ ހަމަލާ އަށްފަހު މުޅި ގައުމު ރެއިޑް ކުރަށް ފެށީމަ ލުތުފީ އަށް ދެން ފިލައިގެން ނޫޅެވޭނެކަން އެގުނީމަ ނުކުމެ އަމިއްލަ އަށް ހަވާލުވީ. ޖަލުގަ ބާއްވަށް ޖެހޭމީހަކު ފޮރުވައިގެން އިއްޒަތުގަ ބެހެއްޓީ. 19 ދިވެހިންގެ ގާތިލެއް.. އޮޅުވައެއް ނުލެވޭނެ.

      23
  9. ފެންކުރީ

    އަދިވެސް މަޖިލީހުންވެސް އެބަލަނީ ވޭތުވެދިއަ ސަކުކާރުގެ މައްސަލަ އަދި މިއުޅެނީ އަށްމަސްނުވެ މިހާރުމިސަރުކާރުން ރިންގާ ޖަރީމާތަށްް ބެލުމަށްވެސް ކޮން މެވެސް ބައަކު އެބައުޅެންޖެހޭ އެއްބިލިއަން ވަގަށް ކާލި ލުތުފީއަށް މަތީފެންވަ ރާއްޖެން ބޭރުންލިބޭކަމަށް ބުނާ ފައިސާ ވާގޮތެއްބެލުން މާކުރީގެ މައްސަލަތަކަކަށް ކޯޓު މެދުވެރިކޮން ސަރުކާރުން ދިންލާރި ގަޑުމިހެން ކިއާ ކޮޅެއްނެއްލާކަށް މިކޮމެންޓް ޖަހާލަން ކެރޭނެތަ

    22
    1
  10. ބާޢީ ޕާޓީ

    ބާޢީ ޕާޓީގެ ބާޢީ ސަރުކާރުން އަބަދުވެސް ބާޢީންނަށް ހިމާޔަތްދޭތަން ފެނިފަ ހުރީ.

    34
    1
  11. މަސީހު

    ޢަނެއްކާ މިވަރުން ލުތުފީފޮރުވައްގެން މިއުޅެނީ ލަންކާ ހަމަލާގަ އަތެއްނުވޭވާ؟

    15
  12. މަބޭ

    ގައުމަކުން ޓެރަރިސްޓަކައް ހިމާޔަތްދީގެން ގެންގުޅޭނަމަ ބެލެވޭނީ އެގައުމަކުން ޓެރެރިޒަމް ސްޕޮންސާކުރީކަމައް.!

    17
  13. މުޙައްމަދު

    މިކަމާ ހަނދުކޭތަ ހިފާނެވާހަކަބުނި ކަލޭގެ އެއްޗެއްނުބުނަނީ ކީއްވެބާ.

  14. Anonymous

    ޢުމަރު މިކަން ފަޅާ ނޭރުވިނަމަ އަދިވެސް މި ގާތިލު އެޅޭނީ އެމްޑީ ޕީގެ ހިމާޔަތުގެ ދަށުގަ
    ތީ ގާތިލެއް. ބަގާވާތް ކުރި މީހެއް...

    16
  15. ދފސފ

    އަދި ކިރިޔާ ބާއީ ސަރުކާރެއް މިފެނުނީ.

  16. އަބޯ

    ސިއްރުން ލުތުފީ ގެންގުޅުނީ ނަސީދު ސައްކުވޭ ؟ ، ނަސީދު ގެ ވެރިކަމުގަ ފިލުވީ ނަސީދުގެ އަތްމައްޗަށް ބާރު ލިބުމުން ހައިކޮމިސަނުގަ ގެންގުޅުނީ ސަބަބު ކޮބާ ހަމަ އެއީ 3 ނޮވެމްބަރުގެ ހަމަލާގެ ބައިވެރިޔަކަށް ނަސީދު ވަނީ ބާ ؟

  17. އައްޔު

    ރައީސް ސޯލިހުގެ ބަފައިބެ ފަޒުނާ ގެ ބައްޕަ ސިއްކަ އަހްމަދު މަނިކު ގެ ބާރުގަ. ސިއްކަ އަކީ ލުތުފީ އާއިއެކު ބަގާވާތް ކުރި މީހެއް. އެމްބެސެޑަރ އުމަރަކީ ކެރަފާ ނަސީމް އަށް ބޮޑުބޭބެ ކިޔާ މީހެއް. އައްނީ އަކީ ކެރަފާ ސައްތާރުގެ ދަރިއެއް. އެންބަސީ ގައި ލުތުފީ އެހާ ގިނަ ދުވަހު ބެހެއްޓީ ވަލިއްޔުލްއަމުރަށްވެސް އެނގިގެންކަން ޔަޤީން ރައްޔިތުންނޭ ވިސްނާ

  18. ލުތުފީ 26 ޖޫން2019

    މީނައަށް ރަގަޅު ވަޒީފާއެއް ހަމަޖައްސަން ފެނޭ 19 ދިވެހިން ގެ ޤާތިލަކަށް ވީމަ ދޭންޖެހޭ އިއްޒަތް ބޮޑުވާނެކަމަށްފެނޭ މާލެފައި ބާވަގުތު މައުމޫނު އިސްތިޤުބާލު ކުރަން އެއްމެރަގަޅުވާނީ މާފަތި އަޅުވާ އިއްޒަތުގަ ފައިބަންޖެހޭނީ

  19. ގަބޮރުގޮ

    ތިޔަ ގެނެސް ރައްޔިތުންނާ ހަވާލުކުރޭ. ދިވެހިރައްޔިތުންގެ ލޭއޮހޮރުވާފަ ދައުލަތުގެހަޒާނާއިން ހޭދަކޮށް އަދިވެސް ހިމާޔަތްކޮށްދެނީ.. .

  20. މާހިރު

    ހުސް ދޮގު ކިތައްމެ ވަރަކަށް ދޮގުހެދިޔަސް ތިކަން ގަބޫލުކުރާނެ ހެޔޮވިސްނޭ ދިވެއްސަކު ނުހުންނާނެ ! ކަލޭމެން ކިޔާހާއެއްޗަކަށް ގުބޯހެދިގެން ތިބޭނީ ރީންދޫ ހުންޖެހިފައި ތިބި ކުދިން. ކޮންގައުމެއްގައި ފިލައިގެން އުޅޭމީހަކު އަދި އެއީ އެގައުމެއްގެ ކުއްވެރިޔަކަށް ނުވާއިރު އަނބުރާ ގައުމަށް ގެނައުމަށް ކޮންހުރަހެއްތޯއޮންނާނީ ؟ ވިސާނެތި މިގައުމުގައި އުޅޭ ބަންގާޅިއަކު އަނބުރާ ގައުމަށް ފޮނުވާލަން ފުރިހަމަކުރަންޖެހޭ ޑޮކިއުމެންޓަކީ ކިހާ އުނދަގޫ އެއްޗެއްތޯ؟
    ހުރިހާވެސް މައްސަލަޔަކީ ޅިޔަނު...މީޙިޔާނާތް ދައުލަތުގެ ބައިތުލްމާލުން ވައްކަންކުރުން މިކަންކަމަށް ޖަވާބުދާރީވާންޖެހޭ ދުވަސް މާދުރެއްނުވާ .އިންޝާﷲ