މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ޕާޓީ އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕާޓީގެ މެންބަރުންނަށް ތަޙުނިޔާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ސޯލިހުވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމް.ޑީ.ޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ހޭޝްޓެގް ކުރައްވާ ވިދާޅުވީ ރައްޔިތުން މިއެދޭ ހެޔޮ ބަދަލު ގެނައުމަށް އެމްޑީޕީގެ މެންބަރުން ވަނީ ގިނަ ގުނަ ގުރުބާނީ ތަކެއް ވެފައި ކަމަށާއި އެމްޑީޕީން ކުރަން ހުރި މަސައްކަތްތަށް އަދިވެސް ވަރަށް ގިނަ ކަމަށެވެ.

އެމްޑީޕީއަށް 14 އަހަރު ފުރުމުގެ މުނާއްސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ވަނީ އެމްޑީޕީގެ ހަރުގޭގައި ދިދަ ނަންގަވައި ދެއްވާފައެވެ.

މިއަދު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވީ ރައީސް ނަޝީދު އެވެ. ގައުމީ ދިދަ ނަންގަވައި ދެއްވީ ރައީސް ސޯލިހު އެވެ.

މީގެ އިތުރުން މިއަދު ހެނދުނު ވަނީ ރާއްޖޭގެ ރަށްރަށުގައިވާ އެމް.ޑީ.ޕީގެ އޮފީސްތަކުގެ ކުރިމަތީގައިވެސް ދިދަ ނެގުމުގެ ރަސްމިޔާތުތައް ބާއްވާފައެވެ. އެމްޑީީޕީން ކޮންމެ އަހަކުވެސް އެޕާޓީގެ އަހަރީ ދުވަހާއި ގުޅުވައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވައެވެ.

އެމް.ޑީ.ޕީން ވަނީ 14 ވަނަ އަހަރީ ދުވަސް ކުލަގަދަ ކޮށް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

އެޕާޓީގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަހެވެ.

މީގެ 14 އަހަރުކުރިން އެމްޑީޕީން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ހިންގާފައިވަނީ ލަންކާގައެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމް.ޑީ.ޕީ ރަޖިސްޓްރީ ކުރީ 26 ޖޫން 2005 ގައިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ސިޒާ

  ވަރަށްގިނަ
  - މުއައްޒިފުން ކަނޑާ ހޫރާލުން
  - ޓެރަރިސްޓުން ހިމާޔަތްކުރުން
  - ފްލެޓްތަކުގެ އަގު ބޮޑުކުރުން
  - ކޮންމެ ކަމަކުންވެސް ވައްކަން ކުރުން
  - ވަގުވޯޓުން ވެރިކަން ދެމެހެއްޓުން
  - ބަހާ އަމަލާ ދިމާނުވުން

  60
  2
  • ލޮލްުތ

   ކަލެއަށް ތިއޮތީ އެނގިފަ

  • ދދދދދދ

   އެމް.ޑީ.ޕީން ކުރަން ހުރި ކަންތައް ގިނައަސް މަދަސް އަހަރުންނަށް ވަރިހަމަ. މި ގައުމުގަ ކުރަން ލައްކަ ކަންތައް އެބަހުރި. އެއިން ކަމެއް ނުކުރެވޭ ތަނުގަ ކުޑަމިނުން ގައުމާ ހަވާލުވިއިރު ކުރިއަށް ގޮސްގޮސް ހުރި ކަންތައްވެސް ހުއްޓާލާ އަތް އުރާލައިގެން ތިބީމަ ކަޑައޭ.

  • ކިނބޫ

   އެމް.ޑީ.ޕީން ކުރަން ހުރި ކަންތައް ގިނައަސް މަދަސް އަހަރުންނަށް ވަރިހަމަ. މި ގައުމުގަ ކުރަން ލައްކަ ކަންތައް އެބަހުރި. އެއިން ކަމެއް ނުކުރެވޭ ތަނުގަ ކުޑަމިނުން ގައުމާ ހަވާލުވިއިރު ކުރިއަށް ގޮސްގޮސް ހުރި ކަންތައްވެސް ހުއްޓާލާ އަތް އުރާލައިގެން ތިބީމަ ކަޑައޭ.

 2. މޯދީ

  މުޅި ގައުމުގެ ދުސްތޫރީ ނިޒާމް ފުނޑުފުނޑުކޮއްލާ، އިންޑިއާއަށް ގައުމު ވިއްކާލެވުނީމަ ނިމޭނެ ކަމަށްވަނީ. ގައުމަށް ފައިދާހުރި އެއްވެސްކަމެއްނުވެ....ހިހިހިހ

  49
  1
  • ދެބޯގެރި 26 ޖޫން 2019

   ކޮންކަމެއްބާ ކުރެވުނީ ތިބައި ގަޑު މިޤައުމު ދިރުވާލާތަން ބަލަން މިތިބީ މިޤައުމު ސަލާމަތް ކުރެއްވުން އެދިﷲގެ ހަޟުރަތުގައި ދުއާކުރުން ނޫން އިތުރުކަމެއް ނެތް

 3. ބައިތުލްމާލު

  ކާބޯތަކެތީގެ އަގު އަތްނުފޯރާ ފަށުގައި ގިނަދުވަހު ބެހެއްޓުން
  ގައިދީންނަކީ، އިންސާނުންގެ ދަރަޖާގައިވާ ބައެއްނޫންކަމަށް ބެލުން
  ސިފައިންނާއި ފުލުހުންނަކީ، މުޖުތަމަޢުގައި އިތުބާރުނުހިފޭ ބަޔަކަށް ހެދުން
  ޤާޟީންނާއި ފަނޑިޔާރުންނަކީ، ގުންޑާއިންކަމަށް ބަލައި އެބޭފުޅުންގެ އަގުވައްޓާލުން
  މަޖިލީހަކީ، ތަޙްޤީޤީ އިދާރާއެއްކަމަށް ހަދުން
  ރައްޔިތުންނަށް ދޮގުމަޢުލޫމާތު ދިނުން
  ސަރުކާރުން ކުރާ ގޯސް ކަންތައްތައް ސިއްރުކުރުން
  ޖޭއެސްސީ ފުޑާލުން
  ސުޕުރީމުކޯޓަކީ، ބޭނުންނުހިފޭ ތަނަކަށް ހެދުން

  41
 4. އެމަންޖެ

  ވެލެޒިނީ.ހާޑިމްބޭ ގެނައުން..

  41
 5. އަލީ

  އާދެ އާދެ... ހާޖަރާގޭ ލުތުފީ މެޝިނަށް ލައި ދޮވެ ހުދު ކާފޫރަށް ހެދުން އަދި އޮތީ ބާކީ...

  38
 6. ރީނދޫ ބޭބެ

  އަމިއްލަ ޕާރޓީ މީހުންގެ ޖީބުތައް ފުރާލުން ކުރިއަށް ވަޢުދުތައް ހަނދާން ނެތުން ކުރިއަށް

  34
 7. ރައްޔިތުމީހާ

  - ރައްޔިތުން ވާ ވެއްދުން
  - ރައްޔިތުން ފެލާލައިގެން އާމްދަނީ ހޯދުން
  - ޕާރކިންގ ސްޓިކާ ޖަހައިގެން ހަފްތާއަކު 700،000.00ރ ހޯދުން
  - ރައްޔިތުންނަށް ވީ ވަޢުދުތައް ހަނދާނުން ފޮހެލުން
  - ރައްޔިތުންގެ ފައިސާއިން ބޯހޮޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާފަ އެ ފްލެޓްތައް ނުއަގުގައި ( ތިންގުނަ ބޮޑު އަގުގައި) ރައްޔިތުން ގަތުމަށް މަޖުބޫރު ކުރުން
  - ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތިމާގެ އަމިއްލަ ޕާރޓީ އާއި ގާތްމީހުންނަށް ފައިދާވާގޮތަށް ބަދަލުކޮށް ޤައުމުގެ ދުސްތޫރީ ނިޒާމް ހަލާކުކޮށްލުން

  32
 8. ނުބުނަަން

  އިސްތިއުފާދީ އިސްތިއުފާދީ

  19
 9. ހާކިމް

  ޢާއިލީ ވެރިކަމެއް ކުރުން
  ފޮނިބައސާކެޑުން
  އާގޮތްގޮތަށް ސެލްފީ ނެގުން
  ޚަމެއްނުކޮށް ގުޑިއެރުވުން

  20
 10. ކެޔޮޅު

  އެކަން އެނގޭސާފުކޮއް އެއްޖިންސުން ހުއްދަދިނުމާ ދީނީމިނިވަންކަން ދިނުމާ އިންޑިއާއައް ޤައުމު ވިއްކާލުމާ ރައްޔިތުން ބަނޑައްޖެއްސުންދޯ؟

  11
 11. ޢަލީރާޖާ

  އެމްޑީޕީންކުރަންހުރި ކަންތަކުގެ ލިސްޓް 1އަމިއްލައަންބޮޑިއައްބޮޑު ކުރުން 2ރައްޔިތުންގުނބޯހެއްދުން 3ބާޢީންނައް ހިމާޔަތްދިނުން 4 ފަނޑިޔާރުންނައް ނުފޫޒުފޯރުވުން 5ޤާނޫނުއަސާސީގަ ވަކިވެފަވާ ހުރިހާބާރެއް އަތްދަށުލުން 6ޢާއިލީވެރިކަމެއްކުރުން 7އިސްލާމްދީންނޫން އަޅުކަމުގެނަމުގަކުރެވޭކަންތައްތަކައް (ފައްޅިއެޅުންކަހަލަ)ފުރުސަތުދިނުން 8 މިބުނެވިދިޔަކަންތައްތައް ތަރުތީބުންކުރުން

  11
 12. ޢަދި

  ޢެއް ކަމެއް ވެސް ކުރެވިއްޖެތަ..؟ ހަހަހާ ؟
  ????

 13. ބަރުގޮނު

  - ރައީސް ނަޝީދަށް ދެރަކަމެއް ކޮށް ދެރަ ބަހެއް ބުނެފައި ހުރި މީހަކު ހުރިއްޔާ އެގޮތަކުން މިގޮތަކުން ނަމަވެސް އަދަބު ދިނުން.

  12
 14. އަފީ

  އެމް.ޑީ.ޕީން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ މީގެތެރެއިން މިހާރު ކުރެވުނު ބައެއް މަސައްކަތްތައް
  1. މި ގައުމުގައި ދީނީ މިނިވަންކަން ދޭން މަސައްކަތް ކުރުން
  2. ވަޒީފާގެ ބިރެއް ނެތްކަމަށް ބުނެ ވަޒީފާއިން އެތަށް ބައެއް ވަކިކުރުން
  3. ބޭސްފަރުވާއަށް ރައްޔިތުން ސަލާން ޖެހުން
  4. ގައުމުގެ އިޖުތިމާއީ ފޭރާން ވީދާލުން
  5. ގައުމުގެ އިގްތިސާދު އަޑިއަޅުވާލުން
  6. ރައްޔިތުންގެ މާލިއްޔާ ކައްވަލުން
  7. ޕާޓީ ގެ މީހުންނަށް މާލިއްޔާއިން ބޮޑެތި އަދަދުން ރުފިޔާ ދޭންނިންމުން
  8. ފްލެޓްތައް އެޖެންޑާ 19 ގެ ދަށުން އަގު ބޮޑުކުރުން
  9. ޕެންސަން ފައިސާ ސަރުކާރަށް ނެގުން
  10. ޓެރަރިސްޓުންނަށް ފަސްޓްކްލާސް ހިމާޔަތް ދިނުން
  11. ނުކިޔަވާ ތިބި މީހުންނަށް ވަޒީފާ ދީފައި ކިޔަވައިގެން ތިބި ޒުވާނުން ބިކަކުރުން
  12. ދިވެހި ސަރުކާރު ޕާޓީ އޮފީހުގައި ހިންގުން
  13. އިސްލާމިކް ޔުނިވާސިޓީ އުވާލުމުގެ މަސައްކަތް
  14. ދިވެހިރާއްޖެއަކީ އިންޑިއާ ގެ ސިޓީއެއްކަމަށް ހަދަން މަސައްކަތް ކުރުން
  15. ސްޓިކަރ ޖަހައިގެން ދައުލަތް ހިންގަން އުޅުން

 15. ވިސްނާ

  އެމްޑީޕީއިން ގެންނަން ޖެހެނީ އެންމެ ބަދަލެއް. އެއީ އެމްޑީޕީގެ އެތެރޭގަ ތިބި ލާދީނީ ބޮޑުންނާއި ޓެރަރިސްޓު ބާޣީން، ޕާޓީން ބޭރުކޮށް އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ހައްގު އަދަބު ދިނުން. މިނޫން ބަދަލެއް ނުޖެހޭ ގެންނާކަށް.

 16. ސަނޫ

  ކަލޭމެންނައްވާނީ ހުސްއަގަތެޅުން ތީހަމައެއްވެސް ކަމެއްކުރަންއައި ބައެއްންނޫން ކަލޭމެންނައް ކުރެވޭނީ ވައްކަން

 17. ޕިސްޕިސް

  ގިނަކަމުން ކުރާނެ ކަމެއް ނޭންގިފަތަ...