ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އިންސާފު ލިބި މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ދިގު މުއްދަތަކަށް ކުރެއްވާފައިވާ ޔާމީނަށް ކުރާ ތުހުމަތުތައް އިންތިހާ އަށް ގިނަ ކަމަށާއި އެމަނިކުފާނާ ދެކޮޅަށް ތުހުމަތުކޮށް، ހާއްސަ އިސްކަމެއް ދީގެން ޝަރީއަތާއި ތަހުގީގު އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ދައުލަތުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކާއި ބަލާއިރު އެމަނިކުފާނާ ދޭތެރޭ ކުރާ ތުހުމަތުތައް ވަރަށް އިންސާފުވެރި ތަހުގީގަކާއި ޝަރީއަތެއް ހިންގުން މުހިންމުކަމަށެވެ. އަދި މައްސަލަ ޝަރީއަތުގައި އޮތްނަމަ މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭ.އެސް.ސީ ގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ޔާމީނާ ދެކޮޅަށް ނުކުރާ ތުހުމަތެއް ނެތް ކަމަށެވެ. އެގޮތުން ވައްކަމާއި ޚިޔާނާތުން ފެށިގެން ހުރިހާ ތުހުމަތެއް އެމަނިކުފާނަށް އެކި ފަރާތްތަކުން ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
"މި މަޖިލިހުގައި ހާމަކަން ބޮޑު ގޮތެއްގައި ނުދެއްކޭ ވަރަށް ތުހުމަތުތަކެއް އެބަ ކުރެވޭ. އެ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިކަން އެނގެން އެބަ ޖެހޭ،" އަސްލަމް ވިދާޅުވިއެވެ.
އަދި ހައްޔަރުކޮށްފައި ނުވަތަ ރާއްޖެ އިން ބޭރަށް ޔާމީނަށް ވަޑައިނުގެންނެވޭ ގޮތް ވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ މި ތުހުމަތުތަކުން ބަރީއަވެވޭ މިންވަރަށް ޝަރީއަތްތަކާއި ތަހުގީގުތައް ހިންގައި އެމަނިކުފާނު މިނިވަން ވެގެންދާ ތަން ފެނުން" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަސްލަމް ވިދާޅުވިއެވެ.
މި ސަރުކާރު ދެމިއޮތްހާ ދުވަހަކު ތިކަމެއްނުވާނެ، އެމަނިކުފާނު ހުންނަންޖެހޭނީ ގޭ ބަންދުގަ، އަދި އިންތިޚާބެއް ގާތްވާއިރަށް އެމަނިކުފާނު ހިލިނުލެވޭ ވަރުކުރާނެ، ތި ތުހުމަތު ތަކަކީ އެއްވެސް ހަޤީޤަތެއް އޮތް އެއްޗެއްނު، އެކަންއެނގެނީ ތިބޭފުޅުން 2008 ގައި އައިސްސުރެ 800 މިލިއަން ޑޮލަރުގެ ތެލުގެ ވާހަކައެއް ދައްކާ އެކަން ބަލަން ތިބޭފުޅުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްފި އަދިވެސް ވީ ގޮތެއްނޭނގޭ. ދެންކުރާ ކަންކަންވެސް ވާނީ އެވަރު،
އަސްލަމާ މިއަދު ރައީސް ޔާމީންގެ މައްސަލަ އަވަސްކުރަން އެއްއަޑަކުން ގޮވާ އިރު އެއްކަލަދުވަހު ރައީސް ނަޝީދު މައްސަލަތައް ކޯޓުތަކުން ބަކަން ފެށީމަ ބުނިންދޯ އަވަސް އަރުވާލައިގެން ނަޝީދު މައްސަލަ ބަަލަނި ވަކި މަގުސަދެއް ހާސިލުކުރާށޭ! މިއަދު އަސްލަމްމެން ތި އެމްޑީޕީ ބައިގަނޑު އެދުވަހު އެކީ އެއްޗިހި ހަނދާން އެބަހުރިބާ! ތިޔަގެންގުޅޭ ތިލަފަތުގެ ހަމަހަމަކަން މިފެންނަނީ! ތިލަފަތް ދަށްޗެކްކޮށްލަބަލަ ޔާމީން ތިލާއިފަ ކިރާ ފަޅީގެ ދަށުގަ ތިމަރަކޮޅެއް އެއްޗެއް ހަރުކޮށްފަ އިންތޯ! މިއަދު މިހާމަވަނީ އެމްޑީޕީގެ މުނާފިގުކަން! މިހާމަވަނީ
މިހުރީ ބުރާންޗެއްތަ؟
ރައީސް ޔާމީން މިނިވަން ވާތަން ދެކެން ބޭނުން - އަސްލަމް
މިފެންނަނީ M.D.P މުނާފިގުކަމާ ރައްޔިތުންނަށް އަނިޔާ ކުރަން ބޭނުންވީަރު.
ބަލަގަ ބޮޑުފަނޑިޔާރު ގެބަހުން ( ތިން ރައީސުން އަޅުގަނޑު ބުނި ގޮތް ހެދި، ޔާމީނެއް ނުހެދި – އަބްދުﷲ ސައީދު 5 ދުވަސް ކުރިން ( ޖޫން 21, 2019 ))
މިހާރުވެސް ރައީސް ޔާމީނު ވަނީ ބަރީއުވެފައެވެ.
ޤައުމެއްގެ ވެރިޔަކަށް ހުރި މީހާ ނުހައްގުން ވެރިކަމުން ބޭލުމަށް ޓަކާ ނުކުރާނެ އެއްވެސް
ކަމެއް ނޯންނާނެ. މިކަން ޔަގީންވީމާ ދެން ތިޔަ މަރުމޯލުން ތިޔައުޅެނީ ބިސްމަޅި ދުއްވަންދޯ.
ތިކަމެއް ނުވާނެ.
ރައީސް ޔާމީން ދެކެ ޖެހިލިންވޭ ބިރުގަނޭ. އެެއީ ހިންގުންތެރި ގާބިލް ބޭފުޅެއް މިސަރުކާރުން 800 މިލިޔަން ޑޮލަރުގެ މައްސަލަ ބެލީމަ އެންމެ ފުރިހަމަވާނި
ތިބޭފުޅާ ތިބޭނުންވާ ސްޕީޑުގަ ތިފަދަބޮޑެތި ޝަރީއަތްތައް ތިޔަފަދަ އިންސާފުވެރިކޮށް ހިންގޭނީ ވަރަށްގާބިލު ރައީސެއްގެ ދަށުން ސަރުކާރަކާއި އަދި އެފަދަ އޮށްޓަރެއްހުރި ޖުޑިޝަރީއެއް ހިންގިގެންންނެވެ، ތިޔަބުނާފަދަ އަވަސް ސްޕީޑުގައި ގައުމު ތަރައްޤީކުރަމުން ޢިންސާފުވެރި ޝަރީއަތްހިންގީވެސް ގަޓުރައީސު ގާބިލުރައީސު ޔާމީނުއެވެ، ކަލޭމެންވެރިކަމަށް އެރުނީމަ 100ދުވަސް ތެރެއިން ރައްޔިތުންނަށް ކޮށްދޭންބުނި ކަންތަކުގެ
ވަޢުދު ނުފުއްދޭތާނގަ 7މަސްވިއިރުވެސް 100ދުވަސް ފާއިތުވެއްޖެކަމަށްވެސް ގަބޫލުނުކުރޭ، އެވަޢުދުމަތިން ރައްޔިތުން ހަނދާންނައްތުވަން ސްޓެންޓު ޖައްސަނީ ރައްޔިތުންގެ ފޯކަސް އެހެންދިމާލަކަށް އެނބުރުއާލަން، މިއަދު ކަލޭމެން ރ.ޔާމީނު ޝަރީޢަތޭކިޔާފަ މިއަދު މަޖިލިސްގައިތިބެ ކަރުފުއްޕާފަ ހޭރެނީ ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާފަށުގައި ކަށަވަރުކޮށްދިން އިންސާފުވެރިކަމުން އެމީހުންގެ ރުއިމާއި އުދާސްތައްވެސް ހުއްޓުވަން ޖެއްސި ސްޓެންޓް ގޭމެކެވެ.
ޔާރައްބު މިނުބައި،ކެހިވެރި މަކަރުވެރި، ނުބައިވެގެންވާ ފާޖިރުންގެ ބައިގަނޑުގެ ކިބައިން މި ދިވެހި އުއްމަތް އަބަދަށްޓަކައި ސަލާމަތް ކުރައްވާށި. އާމީން
އާމީން
އިންތިޚާބް ތައް އެބަކައިރިވޭ އަވަހަށް ފަޓާސް ބަރިއެއހެން ކޯޓްތަކަށް އަތްބާނައިގެން ފަނޑިޔާރުންނަށް ބިރު ދައިކައިގެން ސުޕްރީމް ކޯޓަށް ވަދެގެން ކަމިޝަނަށް އަތްބާނައިގެން ތިމާމެން ބޭނުންވާ ބަޔަކު ޖުޑިޝަރީއަށް ލައިގެން ވަކިމީހަކަށް ޓާގެޓް ކޮށްގެން ތިޖަހާ ކުޅި ކުއްވެރިކުރަން. ތިކަމުގެ ސަބަބުން ރަނަގަޅު ނަތީޖާއެއް ނިކުންނާނެ. ވެރިކަމަށް އެއަހަރު ފުރެން ކައިރިވީއިރުި ހަމަމިކުރަނީ އެއްކަމެއް. ޔާމީން ޖަލަށް ނުލެވިގެން. ކަލޭ މެން ބޭނުންބަޔަކު ލައިގެން ހިނގޭ ޝަރީޢަތަކަށް އިންސާފު ވެރި ޝަރީޢަތެކޭ ނުކިޔާނެ. އެއަށް ކިޔަނީ ޒާތީތާއްސުބާ ޙަސަދއެވެ.
ކުރީގެރައީސް ނަސީދުއާ މިހާރުގެރައީސް އަބުރާހިމާ ދެމީހިންވެސް ވަރައްބ}ޑައް ވައްކަންކޮއް މާރާމާރީއައް ހިތަވަރުދީ އަދިރޭޕްގެ ތުހުމަތުވެސް ގިނަބަޔަކުރޭ ތަހުގީގު އަވަސްކުރޭ!!!