ހިސޯރު ކޮށްފައިވާ ޣައްޒާއަށް ތެޔޮ އެތެރެ ކުރުން އިސްރާއީލުން ހުއްޓުވައިފިއެވެ.

އިސްރާއީލުގެ ތެރެއަށް އަލިފާން ފުއްޕާހަން ފޮނުވާ ކަމަށް ބުނެ
އިސްރާއީލުން ވަނީ އައްޒާގެ އިންޖީނުގެއަށް ގެންދާ ތެޔޮ އެތެރެވިޔަނުދީ ހުއްޓުވާފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނީ މި ފިޔަވަޅު އެޅީ ތަންތަނުގައި ގަސްތުގައި އަލިފާން ރޯކުރުމުގެ ބޭނުމުގައި އިސްރާއީލުގެ ތެރެއަށް ފުއްޕާހަން ފޮނުވައި، ތަންތަނުގައި ރޯވަމުންދާތީ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެންދިޔަ އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤައްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

މިއަހަރުގެ ރަމަޝާން މަސް ފެށުމުގެ ކުރިން އިސްރާއީލުން ވަނީ ފަލަސްތީނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ 27 މީހުން ޝަހީދުކޮށްލާފައެވެ. އަދި 2014 ވަނަ އަހަރުގެ ރަމަޝާން މަސްތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިމުގައި ލޭ އޮހޮރުވެމެއް ހިންގާ އެތަށް ބަޔަކު ޝަހީދު ކޮށްލާފައެވެ.

1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤައްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.