އެސް.ޓީ.އޯ "ވެއަރހައުސް ސޭލް" މި އަހަރުވެސް ކުރިއަށްގެންދަން އެ ކުންފުނިން ނިންމައިފިއެވެ.

ބޮޑު ޑިސްކައުންޓްތަކާއަކު ކުރިއަށް ގެންދާ މި ސޭލް ކުރިއަށް ދާނީ ޖުލައި 2 އިން 6 އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ސޭލް ކުރިޔަށްދާނީ އަމީނީމަގު އެސް.ޓީ.އޯ ސުޕަރމާޓް ގުދަން (7ނަންބަރ ކޮށި) ގައެވެ.

އެސް.ޓީ.އޯ އިން ބުނީ، ކޮންމެ ރެއަކު 20:00 އިން 23:00 ކުރިއަށްދާ މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މި ސޭލްގައި އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާ އޭގެ ތެރޭގައި ފިލިޕްސް، ހިޓާޗީ، ނިޕޯން. މަކިޓާ އަދި ސުޕަރމާޓުން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުން ވާ ތަކެތިވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަދި ސޭލްގެ ފަހު ދެ ދުވަސްކަމަށްވާ ހުކުރާއި ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 ކުރިއަށްދާނެއެވެ.

ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް އެކުންފުން މައުލޫމާތު ދެއްވައެވެ. އަދި ކޮންމެ ރެއަކުވެސް ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެއެވެ.

އެސް.ޓީ.އޯއިން މަޢުލޫމާތު ދިން ގޮތުގައި އެކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.