ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިގެން ކަމަށެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނަގައިގެން ފަނޑިޔާރަކު މަގާމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލަ އެވެ. މި މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ 25 އޭޕްރިލް 2013 ގައެވެ. މި މައްސަލާގައި މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން އެއް ވެސް ފަނޑިޔާރަކު އެއްވެސް ތަނެއްގައި އެ ފަނޑިޔާރެއްގެ އަބުރާއި ކަރާމަތާއި އިހުތިރާމް ކެނޑޭ ފަދަ އެއްވެސް ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަނޑިޔާރުން

    އަދުވީރޯށޭ އޭސަހަރޯއޭ ހިތްދައްޗޭ ކައްޗާދާހާ. އިތުބާރާވާ އަޒުމާ ހިތްވަރު ގެއްލިއްޖޭ އެބުރޭވާގާ.

    7
    1
  2. ލަޠީފް

    މުޅި ޤަވްމު އިޤްތިޞާދީގޮތުންނާ ޢުމްރާނީ ހަނާވަމުންދާއިރުވެސް ފަނޑިޔަރުންނާ ޤާޟިން ބޭރުކުރެވޭތޯބަލާ .
    މިއޮތީ ވޯޓުން ވައްކަންކޮށްގެން އައިމާ ނަތީޖާ !

  3. ޗާލު

    އެމްޑީޕީ ގެންނަށް ޑޯޓުޑޯއަށް އަންހެންުން މޭކަޕްކޮށްގެން އަދިވެސް ފޮނުވާ. އެމްޑީޕީއަށް މަރުފަލި ޖެހީމަ ލިބުނީ ކޮޅުކެހި. އެގުންޑާ19އަށް މަރުހަބާ.އަދި ބާކީ 2 އެބައުޅޭ.