ބްރޯޑް ކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ މެންބަރުކަމުން އިސްމާއިލް ސޮފްވާން އިސްތިއުފާދެއްވަައިފިއެވެ.
އެ މަގާމުން ސޮފްވާން އިސްތިއުފާދެއްވިކަން ހާމަކުރައްވާ މަޖިލީހުގެ އިދާރާއަށް ވަނީ ސިޓީ ފޮނުވާފައެވެ. އަދި ސޮފްވާން އެ މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ، އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
ސޮފްވާން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، އޭނާ ދިގުމުއްދަތަކަށް ބޭސްފަރުވާ އެއް ކުރަން ޖެހުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމުގައި އުޒުރުވެރިވުމާއި، ވިދިވިދިގެން ސަލާމް ބުނުމަކީ އަޅުގަނޑާއި، ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް އޮތް ހުރަހެއް ކަމަށް ފެންނާތީ މަގާމުން އިސްތިއުފާ ދިނުމަށް ހުށަހަޅާ ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އެ ކޮމިޝަންގެ މެންބަރުކަމުގައި، އޭނާގެ ފަރާތުން އެ ކޮމިޝަންގެ މެންބަރުންނަށް އެއްވެސް ނުފޫޒެއް ރައްދު ކުރެވިފައިނުވާނެ ކަމަށެވެ. އަދި ކޮމިޝަންގެ ރިޔާސަތާއި ހަވާލުވެ އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަންވެސް އަރުވާކަމަށް އެ ސިޓީގައިވެއެވެ.
"ވީމާ އަޅުގަނޑުގެ އިސްތިއުފާ ގަބޫލު ކުރައްވައި މަގާމުން ވަކިކޮށްދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ." ސޮފްވާން ސިޓީގައިވެއެވެ.
ބްރޯޑް ކޮމްގެ ނައިބް ރައީސްގެ މަގާމުންވެސް ވަރަށް ފަހުން އިސްތިއުފާ ދެއްވި ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ ހަތް މަސް ދުވަސް ވެފައިވާ ކަމަށާއި އެކަމަކު ގަވައިދުން މުސާރަ ނަންގަވާ ކަމަށް މެންބަރުން ވަނީ ބުނެފައެވެ.
މީހުންނަށް ބިރުދައްކާ އެމީހުން މަޤާމުތަކުން އިސްތިޢުފާދިނުމަށް މިސަރުކާރުން މަޖުބޫރުކުރަމުންދާއިރު މިދުވަސް އަދި މިސަރުކާރަށްވެސް އަންނާނޭކަން ދަންނަން ޖެހޭނެ!
ނިމިދިޔަ ފަސްއަހަރު ކޮރަޕްޓްވެފަތިބި ބައިގަނޑު އެކިދިމަދިމާލުން އިސްތިއުފާ ދެމުންމިދަނީ އިންސާފްއަރާ ހަމަކުރާނެކަން ޔަޤީންވީމަދެއްތޯ؟ ދެނެއްނުފިލޭނެ އިނގޭތޯ؟؟؟
ލަދުވެސް ކުޑަ މީހެއްދޯ ، ވިދިވިދިގެން ސަލާމް ބުނަން އުޒުރުވެރިވާއިރު ވަޒީފާ އަށް ހާޒިރުނުވެ 7 މަސް ދުވަހުގެ މުސާރަ ނެގިއިރު ތިމަންނަ އަށް މިހަލާލު ނުވާނެކަން ވެސް ނޭގުނުދޯ
ކަލޯ އަދިނުވޭ އިސްތިއުފާ ދޭކަށް !
ތީނަ މެލޭށިއާގައި އެބަ އުޅޭ ހަމަޖެހިލާގެން ކިންބައްޔެއްވެގެ ް އެއްކަމެއްވެސް ނުވޭ ެ