ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ޝާއިމް އަބްދުﷲ ގެއްލުނީ ކުޑަކުދިންގެ ހިޔާގެ އިހުމާލުންކަމަށް ޖެންޑާ މިނިސްޓްރީން އިއުތިރާފްވެއްޖެއެވެ.

ޝައިމް ގެއްލުނު މައްސަލައާއި ގުޅިގެން މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާާ ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން އަށް ޝައިމް އުޅޭ މާހައުލަކީ އެންމެ އެކަށީގެންވާ މާޙައުލެއް ކަމަށް ފާހަގަ ނުކުރެވޭތީ، މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި، ދަރުމައަށް ކުދިން ބަލަން ހަވާލުކުރާ އުޞޫލުތަކުގެ ދަށުން 11 ޖެނުއަރީ 2016 ގައި ޝައިމް ބެލުމަށް މީހަކާ ހަވާލުކުރެވުނު ކަމަށެވެ.

"ޝައިމް ޢަބްދުﷲ ގެ މައްސަލަ އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ހުށަހެޅިފަ މި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު. އާއިލާގެ އިހުމާލުގެ މައްސަލައެއް އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހުށަހެޅުނީ، އޭގެ ފަހުން އަޅުގަނޑުމެން ވާނީ އެކި ދުވަސް ތަކުގެ މަތިން އެކަމާއި ގުޅޭ ގޮތުން ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ބަލާފަ. އެގޮތުން 2015 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން ވަނީ ޝައިމް އުޅޭ މާހައުލަކީ އެންމެ އެކަށީގެންވާ މާޙައުލެއް ކަމަށް ފާހަގަ ނުކުރެވޭތީ، މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފަ. އެންމެ ފުރަތަމަ އޭނަ ގެނައީ 25 އޮކްޓޯބަރ 2015 ގައި. ހަމައެހާއި އެކު، ހަމަ އެއަހަރުގެ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ޝައިމް ޢަބްދުﷲ ބެލުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ފަރާތަކުން މި ވަނީ ރަސްމީކޮށް ހުށަހަޅާފަ. އެއީ ދަރުމަށް އެކަން ކޮށްދޭން ބޭނުންވާ ފަރާތެއް. ދަރުމައަށް ކުދިން ބަލަން ހަވާލުކުރާ އުޞޫލުތަކުގެ ދަށުން 11 ޖެނުއަރީ 2016 ގައި މި ވަނީ ޝައިމް ބެލުމަށް މީހަކާ ހަވާލުކުރެވިފަ." ޝީދާތާ ވިދާޅުވިއެވެ.

މިއަދު ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މީގެ އިތުރުން ޝިދާތާ ވިދާޅުވީ، 8 ވަނަ އަހަރުގެ ސެޕްޓެމްބަރ ހިސާބުގައި، ޝައިމް ޢަބްދުﷲ ގެ މަންމަ، ކުއްޖާ ގޮވައިގެން ދިރިއުޅެމުން ދަނީ ގެސްޓްހައުސްއެއްގައި ކަމުގެ މަޢުލޫމާތު ލިބިގެން އެކަން މިނިސްޓްރީން ބެލި ކަމަށާއި، މިއަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު ޕޮލިހުން އޭނަ ހޯދާފަ އެ މިނިސްޓްރީއަށް އެކަން އެންގި ކަމަށެވެ.

"2017 ވަނަ އަހަރު އަނެއްކާވެސް އޭނާގެ މައްސަލަތަކެއް މިނިސްޓްރީ އަށް ހުށަހެޅި. ބައެއް މައްސަލަތަކުގެ ތެރޭގައި ޤަވާއިދުން ސުކޫލަށް ހާޒިރުނުވުމާއި، ގިނަ ވަގުތު ބޭރުގައި އުޅުމާއި، މިފަދަ ވަރަށް ގިނަ ކަންކަން މިނިސްޓްރީ އަށް ހުށަހެޅުނު. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ ހިސާބުގައި، ޝައިމް ޢަބްދުﷲގެ މަންމަ، ކުއްޖާ ގޮވައިގެން ދަނީ ގެސްޓްހައުސްއެއްގައި ކަމުގެ މަޢުލޫމާތު ލިބިގެން އެކަން މިނިސްޓްރީން ވާނީ ބަލާފަ. އަދި މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައި ޝައިމް ޢަބްދުﷲ ދިރިއުޅެމުންދާ އެޑްރެހަށް ޒިޔާރަތް ކުރި އިރު، އެ އެޑްރެހުގައި ދިރިއުޅެމުން ނުދާކަންވެސް ފާހަގަ ކުރެވޭ. ދެން އަޅުގަނޑުމެން އެންގިން ޕޮލިހަށް އޭނަ ހޯދައިދޭން. ނަމަވެސް އޭނަ ފެނިފައެއް ނުވޭ. ދެން މިއަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު ޕޮލިހުން އޭނަ ހޯދާފަ އަޅުގަނޑުމެންނަށް އެންގީ. ޖޫން 4 ވަނަ ދުވަހު އަޅުގަނޑުމެން އޭނާ އަނެއްކާވެސް ނެގީ. އޭނަ އަޅުގަނޑުމެން ގެނައީ އެސެސްމަންޓްތަކެއް ހެދުމަށްޓަކައި، އޭނާ ބަހައްޓާފައި ހުންނާނީ އެހެން ކުދިންނާއި ވަކިން. އެހެން ހުއްޓަ މިމަހުގެ 18 ވަނަ ދުވަހުގެރޭ އޭނާ ގެއްލުނީ." ޝިދާތާ ވިދާޅުވިއެވެ.

މިއަދު ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ހަމައެހެންމެ، ޝިދާތާ ވިދާޅުވީ، އޭނަ އަކީ މުޅި މޫނުގައި ބެޓްޝީޓު އަޅައިގެން ނިދާ ކުއްޖެއް ކަމަށާއި، ބެޑް ޝީޓު ނަގައިގެން އޭނާ އޮތް ތޯ، އެވަގުުތު ޑިއުޓީގައި ހުރި މުވައްޒަފު ބަލާފައި ނުވާ ކަމަށެވެ.

"ޝައިމް ފިލައިގެން ދިޔަ ރޭ ޑިއުޓީ އަދާކުރަމުން ދިޔަ މުވައްޒަފު، 23:40 ގައި، އެރޭ 2:30 ގައި އަދި ފަތިހު 4:00 ގައި ޝައިމް ނިދާފަ ވަނިކޮށް ކޮޓަރި ވަނީ ބަލާފަ. އޭނަ އަކީ މުޅި މޫނުގައި ބެޓްޝީޓު އަޅައިގެން ނިދާ ކުއްޖަކަށް ވާތީ، ބެޑް ޝީޓު ނަގައިގެން އޭނާ އޮތް ތޯ ބަލާފައެއް ނެތް. އަޅުގަނޑުމެންނަށް ޤަބޫލުކުރޭ ގޮތުގައި ޝައިމް ފިލާފައިވަނީ ޖެހިގެން ހުރި ކޮޓަރީގެ ކުޑަދޮރުން ފުއްމާލައިގެން. އެ ކޮޓަރިއަކީ ހަދަމުންދާ ކޮޓަރިއެއް." ޝިދާތާ ވިދާޅުވިއެވެ.

މިހާރުވެސް ޝައިމް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި، އެކަމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކުޑަބަޖަރާ

    ޝިދާތާ އިސްތިއުފާ.

    59
    5
    • ހުސޭނުބޭ

      އަޅެ! ސިދާތާގެ ނާޤާބިލުކަމަށް ބަލާފައޭ މިނިސްޓަރުކަން ދިނީ! ދެން އަލުން ތިކަހަލަ ކަމަކާ ކިހިނެއްހޭ އިސްތިޢުފާދޭނީވެސް!

      41
      4
    • ކަޅުސޮރު

      މީގަ ބަލަން ހަވާލު ކުރި މީހާ ދޯ އިޙްމާލު ވީ ސިދާތާ އެއްނޫން. ފާމަސީ އަކުން ނުބައި ބޭހެއް ދޫކޮއްފިއްޔާ ނޫނީ ޑަކްޓަރު ގެ އިޙްމާލުން ކަމެއްވިއްޔާ ހެލްތް މިނިސްޓަރު ދޯ އިސްތިއުފާ ދޭނީ.. ސްކޫލް ގަ ޓީޗަރަކު ދަރިވަރަކަށް އަނިޔާ ކުރީ ދެން އެޑިއުކޭޝަންް މިނިސްޓަރު.. ދަރިން ނުބައި މަގުން ދިޔައީމަ ބެލެނިވެރިންވެސް އިސްތިއުފާ ދޭންވީ ދޯ ދެން..

      7
      6
      • ކަޅުސޮރުގަދަކަލޭ

        ކަޅުސޮރު މޮޅު އެއްޗެއް ބުނެލީ ދޯ؟ އަސްލު އޮންނަ ގޮތަކީ އެއީ. ޢިސްތިއުފާ ދޭން ޖެހޭ. އެއަށް ކިޔަނީ ޒިންމާ. މިނިސްޓަރުގެ ދަށުގައިވާ މުއައްސަސާއަކުން ކަމެއް ދޯހަޅިވެއްޖެ ނަމަ ޖަވާބުދަާރީ ވާންޖެހޭނީ މިނިސްޓަރ.

        2
        1
  2. ރާނީ

    އަދިވެސް ދަތްގޯނި އިސްތިޢުފާދޭކަށްނުވޭތަ؟

    48
    10
  3. heh

    ތިޔަ ޝިދާތާ ހުރި އިރު، ކުއްޖަކު.މަރުވިއިރު އިހިމާލު ވެފަ އޮތީ. ތިޔަ ކުއްޖާ ގެއްލުނުއިރު ޝިދަތާ ހުރިއިރު ހަމަ އިހުމުވި

    ޖަލުގަ ހާދިސާ ހިނގިއިރު އިމްރާން
    ކުއްްޖާ ގެއްލުނު އިރު ޝިދާތާ

    އަދާލަތު ޕާޓީ؛ އިއްތިފާގެއް

    33
    3
  4. ފަލަކް

    އިސްތިޢުފާ އިސްތިޢުފާ އިސްތިޢުފާ ޝިދާތާ އިސްތިޢުފާ

    30
    3
  5. ސަންތިމަރިޔަބު

    ދެންމިހާރު ތި މަށާޖެހުނީތާ މިފަހަރު ދަތްގޯނިއޮއްސާލާފަ ދާނީ

    24
    3
  6. ބިިންގޯ

    މިސަރުކާރުގެ ގަދަކަމަކީ ކުއްޖާ ގެއްލުނުކަން ފޮރުވައިގެން ތިބުން. މަހުލޫފު އަށް ސަލާމް

    49
    1
    • ރީލޯޑު ވަޒީރު

      މި ސަރުކާރުގެ ގަޓު ކަމަކީ ކުޑަކުދިންގެހިޔާގަ އުޅޭ ކުދިން ނިޒާމުން ގެއްލުވާލާ އެކަން ސިއްރު ކުރުން.

      13
      1
  7. ކާސިމް

    އިސްތިއުފާ ދިނުމަކީ ހައްލެއް ކަމަށް އަޅުގަނޑު ނުދެކެން.. އެކަމަކު އިސްލާހު ކުރުމާ ދެވަނަ ފަހަރަށް މިކަހަލަ ކަމެއް ތަކުރާރު ނުވުމަށް އެޅެންހުރި ފިޔަވަޅު ތައް އެޅުން ރަނގަޅު ކަމެއް ގޯސްކޮން ކުރިމީހާ ލައްވާ އެކަން ރަނގަޅު ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެން.

    17
    15
  8. ޙައިޒަމް

    މިކުއްޖާ ފިލީތަ ނޫނީ ނިޒާމުން ގެއްލުވާލީތަ؟

    18
    4
    • ދޮގެއް؟

      ތިކަން އެނގޭނީ ސުއޫދަށް.

  9. ޢޭސީން

    ރާއްޖޭގެ ފުލުހުންގެ ފެންވަރާއިމެދު ސުވާލު އުފެދޭ.. ހިޔަލު ސަރުކާރުން މިކަންތައްވެސް ސިއްރުކޮށްގެންމި އުޅެނީ...

    17
  10. ގުދައިތަ

    މިވަރުގެ ބޮޑުކަމެއް ވެގެން އުޅޭ އިރުވެސް ބަލާ 32 ދަތް ދައްކައިގެން ހެވިފަ އިން ވައްތަރު. ނުވަންޏާ އިސްތިއުފާ ދީފަ ގޮސް ގޭގަ އޮވޭ،!

    17
    3
  11. ޢަޤުލީން

    މިއީ ރައީސް ޔާމީންގެ ދައުރުނަމަ މި މީހާ ހުރީސް ފޯރިއެއް!

    23
    2
  12. ހުލޮ

    ތިހިން ގެއްލުނު ރިލްވާނުވެސް އަދިވެސް ނުފެނޭ..އެހާދެރަ ކެމެއް ވެގެން އުޅޭއިރުވެސް މިނިސޓަރު ހާދަ ހެވިފައޭ ދޯ

    14
  13. އަހުމަދު

    މިކަހަ ދެބޯބުރާންތީން ނޫނީ މިސަރުކާރުގަ ނުވެސް ނެތީ ނުވަންޏާ އިސްތިއުފާ ދީބަލަ އެއީގައިމުން ވެދާނެކަމެއްނު

    14
  14. ދދދދދ

    އިއުތިރާފް ނުވެ އަނގަ އައްޕަޗޭ ކުރާނީ ކީއް؟ ޖެހޭނީ އެއްބަސްވާން.

  15. އަންނަނީ ހިނި

    މި އަންހެނާ މަވަރުމީ ހަކުނެތިގެން ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ތެޅުގޮތް، ހައްގަކާ ނުލާ މީހުނައް ވަގައް ގޮވާ ސާބިތުނުހިފޭ ދޮގުވާހަކަ ފަތުރާ ރަތްޔިތުން އޮޅުވާލާ ޕޯޑިއަމް ތަކުގައި ލެވި ހަޅޭއް އިއްޔެގަ ވިކަމެއްހެން އަހަރެމެން ގެ ހަދާނުގަ އެބަހުރި، ހެެއްދެވި ފަރާތައް ކުޅަދުންވަންތަ މިކަހަލަ ޖާހިލުން މީހުން ކުރިމަތީގަ އަމިއްލައައް ފަޅީހައްވުން. މިހާރު ތިހިރީ އަތައްގޮވާފަ ތިމާގެ ނާގާބިލުކަން ހާމަވެފަ. ޒެނީށާ ހިގިމަގަކުން ވެސް ކަލެޔަކައް ނުދެވޭނެ. ގައުމު ހިންގަން އެގޭމީހުން އެބަތިބި އިސްތިއުފާދީފަ ދުރައް ދޭ

    27
  16. މިގޭ

    ކަޮބާ ކޮމިޝަން ސޫދު ހެޞާޅީ.

  17. ޢޮރި ޟޟ

    މިސިދާތާޢޭ ކިޔާގޮޅާ ސަޜުކާރުންބޭރު ކުރަންނުވޭތަ

  18. ޝާނާ

    އޮށްޓަރުހުރި ވާހަކައެއްދައްކަބަލަ ނޫސްކޮންފަރެންސަށް އަރާ ޅަ ސޮރުންނާ ސަކަރާތް ގަތަކަސް ކަމަކުނުދާނެ މިނިސްޓްރީ ނުހިންގެންޏާ އިސްތިއުފާދީފަ ގޭގަ ތިބޭ ގޭންގުންގެ މައްޗަށް ޤާނޫނު ތަންފީޒުނުވާކަން ރައްޔިތުންނަށް އިޙްސާސްވާނީ ކޮންދުވަހަކުންބާ؟