ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ހުކުމް ކުރުން ލަސްވާތީ ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝިއަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ބަލަން ނިންމައިފި ކަމަށް "ސީއެންއެމް" އިން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް މިދިޔަ އަހަރު މެއި މަހު ޖޭއެސްސީ އިން އައްޔަން ކުރި ހަލީމް ގެ ސުލޫކީ މައްސަލަ އެއް ބަލަން ނިންމާފައިވާއިރު ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި، އާދަޔާ ހިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާ ލިބެމުންދާތީ، އެ މައްސަލަތައް ބަލައި، ފަނޑިޔާރެއްގެ ސަބަބުން މައްސަލަތައް ބެލުން ލަސްވާ ނަމަ، އެ ފަނޑިޔާރަކާ މެދު ސުލޫކީ މައްސަލަ ބެލުމަށް ނިންމާފަައެވެ.

ކުރީގެ ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.

ނަމަވެސް ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ގާޒީ ހައިލަމް އަމުރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނުގެ މައްސަލަތަށް މަޑުޖެހި އެތަށް ދުވަހެއް ވަމުން ދާތީ ޔާމީންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފައެވެ. މި މައްސަލަ ހުށައެޅީ ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކުރިއިރު، އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާކާސް މުހައިމިނު ކުޅުދުއްފުށި

    ޒާތީ ހަސަދަ

    37
    1
    • ދޮގު ދައުވާ

      ޔާމީނަށް ހުކުމް ކުރަންވީ އަވަސް އަރުވާލައިގެންތަ؟ ހުކުމް ކުރުން ލަސްވީމަ ގާޒީ ވެސް ވީ ކުއްވެރި. ދުނިޔޭގެ އިންސާފު..

  2. ކެނެރީގެ މާފަތް އެދުރު

    ކޮބާ ކޯޓްތަކަށް އަތްބާނާ ގާޒީންނަށް ބިރު ދެއްކުމާއި މިހާރު މިވަނީ އާންމު ވެފަ މިމީހުން މިއުޅެނީ މުޅިން އެހެން ކަމެއް ނުކުރެވިގެން އަޅެ ގައުމަށް ފައިދާހުރި ކަމެއް ކުރެވޭތޯ ތެޅިބަލަ ކޮންމެވެސް މީހަކަަށް ލަނޑެއް ދެވޭތޯ ތި އުޅެނީ ލޮލަށް ނިދިނައިސްގެން މަޖްލިހަށް ހޮނު އަޅައި މުޅިތަން އަނދާ ހުލިވެއްޖެިޔާމު ރަނގަޅު އާމީން

    26
    1
  3. އަނގަތާރަ

    ބަލަގަ ނުފޫޒު ފޯރުވަނީ ކިހެނެތްތޯ ސާފުކޮއްލަން މަބޭނުމޭ!

    18
    1
  4. ޗާލު

    ކޮބާ ކިހިނެއްމިވަނީ. މުޅި ޖުޑިޝަރީ ވެރިކަމުގެ ބާރު، ރައްޔިތުންގެ މަޖްލިސް މުށު ތެރޭގަ. ނަޝީދަށް މިހާރު ނުވެއޮތްކަމަކީ ބޮޑުވަޒީރުކަން. މިއޮތްހާދުވަހު އިންސާފޭ ވަގޭ ފައިސާއޭ ބާރޭ ރައްޔިތުންނޭ ކިޔާފަގޮވީކަމަކު. ސްޕްރީމްކޯޓުން ތިމާ ހުދު ކާފޫރަށް ހަދައިގެން އެފަކީރުމެން އުލުބައިދާފަ ތިމާއަށް ތްރެޓަކަށް ހީވާ އެންމެން ޖަލަށްލީމަ ހުންނާނީ އިންސާފު ހޯދައިދީފަ.

    24
    1
  5. ސާމީ

    ހަމަޔާއި އިންސާފާ ޤާނޫނާއި ޤަވާޢިދުން ކަންކަން ކުރުމަށް މިރާއްޖޭގެ ވެރިކަމަށް އައިމީހުން ހަމަޔާއި އިންސާފު ހޯދަން މިއުޅެނީ އެއްމެ މީހެއްގެ ފަހަތުން ނުނެއްޓިގެންނެވެ. މިރާއްޖޭގެ ޖުޑިޝަރީ އިސްލާޙުކުރާނަމުގައި ފަނޑިޔާރުންނަށް ބިރު ދައްކައި ޖުޑިޝަރީ އަށް އައްބާނައިގެން އުޅެނީވެސް ހަމައެކަނި އެއްމެ މީހެއްގެ ޝަރީޢަތް ހިންގާށެވެ. ސުޕްރިމް ކޯޓުގެ ފަނޑިޔާރުންވެސް ކަމުނުގޮސްގެން ބަދަލުކުރަން މިއުޅެނީ ހަމައެއްމެ މީހަކަށްޓަކައި ޝަރީޢަތް ކުރަން ވެގެންނެވެ. ޤާނޫނު އަސާސީ ބޭރުން މުސްތަޤިއްލު މުވައްސަސާތަށް ތައް ތިއްބާ ކަމިޝަން ތައް ހަދައިގެން އެބާރު ހޯދައިގެން މިއުޅެނީ ހަމަ އެއްމެ މީހެއްގެ ޝަރީޢަތް ހިންގަންވެގެންނެވެ.މިހުރިހާ ކަމަކަށް މަގުފަހިކޮށްގެން މިއުޅެނީ ހަމަ އެއްމެ މީހެއްގެ ޒާތީ ޙަސަދަ ފިލުވަންވެގެންނެވެ. މިރާއްޖޭ ރައްޔިތުންގެ މަޖްލީހަކީ ރައްޔިތުން ގެ މަޖްލީހެކޭ ކިޔާކަށް ހެޔޮނުވާނެއެވެ.އެއީ އެމްޑީޕީގެ އެކްޓިވިސްޓުންގެ މަޖްލީހެކެވެ.މަޖްލީހަކީ ބަކަރިކޮށޓެކޭ އެއްވަރެވެ. މަޖްލީސްތެރޭގައި ވާހަކައެއްދެއްކިޔަސް ހަމަ އެއްމެ މީހެއްގެ ހަސަދަ ބާލަބާލާ ތިބެނީއެވެ.ތެދެއްބުނާނަމަ މިމީހުން މިޙަސަދަ ފިލުވާ ޔާމީން ޢަބްދުލް ޤައްޔޫމަކީ މިރާއްޖޭގައި ހުރި އެއްމެ ގަޓްހުރި ރައީސެވެ.

  6. ސީރާ

    އަނިޔާއާއި ދެކޮޅަށް ވަކާލާތު ކުރިމީހުން ވެރިކަން ލިބުމާއެކު މިފެނުނީ އަނިޔާކުރުމުގެ ރެކޯޑުހަދާތަން ގާޒީންނާއި ފަނޑިޔާރުން ފަހާދުވާތަން ވައްކަން އަންތިހާޔައް ބޮޑުވެއްޖެ.ދައުލަތުގެ ބެލުމުގެދަށައް ގެންދާ ކުދީން ވީނުވީއެއް ނޭގި ގެއްލޭތަން ތަޖުރިބާނެތް ބަޔަކު ކަންކަންކުރަން ފެށީމާ ވާނެގޮތް މިވަނީ