ދުނިޔޭގެ އެއްވަނަ ކުޑަކުދިންގެ ޓީވީ ޗެނަލް ކަމަށްވާ ނިކަލޯޑިއަންގެ ޝޯވތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ބަލާލެވޭނެލަމަށް ދިރާގުން ބުންނެވެ.

ނިކަލޯޑިއަން އަކީ ކުޑަކުދިންނާއި އާއިލާތަކުގެ މެދުގައި ބައިނަލް އަޤްވާމީ ފެންވަރުގައިއެންމެ މަގުބޫލު އެއް ޗެނަލެވެ. ނިކަލޯޑިއަން އަކީ ވައިކޮމް އިންޓަނޭޝަނަލް މީޑައާ ނެޓްވޯކްސްގެ (ވީ.އައި.އެމް.އެން) ދަށުން ހިންގާ ޗެނަލެކެވެ.

ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް އަށް ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ"އިންޓްރޯ އޮފަރ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެއެވެ.

ދިރާގު ޓީވީގެ ވީއޯޑީ ފީޗަރ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "ވީއޯޑީ" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީއޯޑީ ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.