ކުރީގެ ރައީސް އަބްދުﷲ ޔަމީން ސަރުކާރުން އަޅަން ފެށި ހިޔާ މަޝްރޫއު ފްލެޓްތަކުގެ އަގު ހެޔޮ ކުރުމަށް ސަރުކާރާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެެވެ.

އެޗްޑީސީން އިއްޔެ ވިދާޅުވީ، ހިޔާ ފްލެޓް މަޝްރޫއުގެ ފްލެޓްތަކަށް ކޮންމެ މީހަކުވެސް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. ކޮންމެ މަހަކު ކުލި 20 އަހަރު ވަންދެން ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ފްލެޓްތަކުގެ ކުއްޔަށް މަހަކު 5600 ރުފިޔާ އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގާށެވެ.

އެޗްޑީސީން އިއްޔެ މިގޮތަށް ވިދާޅުވުމުން ގިނަ ބަޔަކުގެ ނުހުރުހުމާއި ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ އެޗްޑީސީން އެ ފްލެޓްތަކުގެ އަގު ބޮޑު ކުރި ކުރުމަކީ ރަނގަޅަށް ކޮށްފައި ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ފުރިހަމަ ކުރުމަށްޓަކައި ފްލެޓްތަކަށް މަހަކަށް ޖެހޭ ވަރު ކުޑަ ކުރުމަށްޓަކައި ޕޮލިސީ ލެވެލްގައި ސަރުކާރާއި މަޝްވަރާ ކުރަމުން ދާނެ ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ، މަޝްރޫޢުގެ ޚަރަދުތައް ކަމަށް ވިދާޅުވެ ތަފްސީލްތަކެއް ހާމަކުރައްވާފައެވެ. އެ ބަޔާނުގައި ވަނީ، މަޝްރުއު އެކުލަވާލިއިރު، މަސައްކަތުގެ ކޮންސްޓްރަކްޝަންގެ އަގެއްގެ ގޮތުގައި އަގުކުރެވިފައި ވަނީ ޔުނިޓަކަށް 62،000،00 ޑޮލަރުގެ ރޭޓުން ޖުމްލަ 434 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި 434 މިލިއަން ޑޮލަރަށް މަޝްރޫއު އެވޯޑް ކުރެވުނުއިރު، މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި އިމާރާތުގެ ތަށިމުށި ޖެހުމާއި، ކުލަ ލުމާއި، ދޮރުތައް ހަރުކުރުން ފަދަ ފިނިޝިންގ މަސައްކަތްތައް ނުހިމަނާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެންކަމުން މުޅި މަޝްރޫއުގެ ފިނިޝިންގއަށް އިތުރު 42 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މި ކޯޕަރޭޝަންއަށް ލަފާކުރެވެއެވެ. ހަމައެއާއެކު މަޝްރޫއުގެ ފިނިޝިންގ ކޯސްޓުގެ އިތުރުން، ފައިނޭންސް ކޯސްޓް، ލޭންޑް ކޯސްޓް އަދި ޕްރޮޖެކްޓް މެނޭޖެމެންޓް ކޯސްޓް ހިމެނުމުން މަޝްރޫއުގެ މުޅި ޖުމްލަ އަގު 560 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. މިއީ ޔުނިޓަކަށް ގާތްގަނޑަކަށް 82،000،000 ޑޮލަރުގެ ރޭޓެކެވެ." އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އިތުރަށް އެޗްޑީސީގެ ބަޔާނުގައި ވަނީ، މި މަޝްރޫއަކީ އެޗްޑީސީން ސަރުކާރުގެ ސޮވެރިން ގެރެންޓީއާއެކު 100 އިންސައްތަ ލޯނުގެ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ފިނިޝިންގ މަސައްކަތުގެ 42 މިލިއަން ޑޮލަރު ހިމަނައިގެން މި މަޝްރޫގެ އަގު ބޭންކްތަކަށް އިންޓްރެސްޓާއެކު 703 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެން ނަމަވެސް މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ފުރިހަމަ ކުރުމަށްޓަކައި ފްލެޓްތަކަށް މަހަކަށް ޖެހޭ ވަރު ކުޑަ ކުރުމަށްޓަކައި ޕޮލިސީ ލެވެލްގައި ސަރުކާރާއި މަޝްވަރާކުރައްވަމުންދާކަމަށް ދަންނަވަމެވެ". އެޗްޑީސީންފެ ބަޔާނުގައި ވެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރުއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާނެއެވެ.

މި މަޝްރޫއުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން އަޅަން ނިންމީ 7000 ފްލެޓެކެވެ. އެހެން ނަމަވެސް އެ ފްލެޓްތަކުގެ އަދަދު މި ސަރުކާރުން ވަނީ 6860 ފްލެޓަށް ވަނީ ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަތީނު

    މަ އަންނަނީ އަމަށަކު ހިންޏެއް ނޫން. ބަޔަކު ބުރަ މަސައްކަތުން ކޮށްފަ ހުރި މަސައްކަތެއްގެ ފޮނިބޯން ބަޔަކު ޖަހާނެ ރޮކެޓެއް ނޭންގިގެން.

    42
    4
    • ރަސްދޫ

      ކަލޯ މަގޭ ކާރިއަށް ވެސް ހިނި އަންނަނީ ގިއްކިޔާފަ.
      ރައީސް ޔާމީން ނިންމާފަހުރި ކަމެއް މަކުރިކަމެކޭ ކިޔަން ތެޅޭ ތެޅުން ސަހާދެއް..ވަގުންނަށް ގައުމު ހަވާލުކުރީމަ ވާންވިގޮތް މިވަނީ..

      35
      2
  2. މުސީބާ

    އަމިއްލަޔަށް ދޮރު ހަރުކުރުމާ ފާހާނާ ބެހެއްޓުމާ މުށިޖެހުމަށް އެއްލައްކަ ރުފިޔާ ހަރަދެއް ނުވާނެ އެހެންވީމަ 20 އަހަރު ވަންދެއް 11000ވަރު ބޮޑު އަދަދެއް ނަގާކަށްނުޖެހޭނެ ! މަށައްލިބުނު ފުލެޓް މަށައްދީ މަހަދާނަން ! މަހަކު 6000 ދައްކަންވެސް އޯކޭ؟ ރައްޔިތުން ގޮބޯ ހައްދަން އުޅޭނެކަމެއްނެއް ! ނުވަންޏާ އިސްތިއުފާދީފަ ފިލާ....

    34
    2
  3. އޮޅާލާ

    ކޮން އެޗްޑީސީ އެއްތޭ މަމެން ވޯޓް ދީގެން ހޮވާފައި ހުރި އެޗްޑީސީ އެއް ނޯންނާނެއޭ ކޮން ފްލެޓެއް ތޭ ހަމަ މިހާރުން މިހާރަށް ބިން ތައް ދޫކުރަންވީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް އެޗްޑީސީ ތަމެން މަހަށް ދޭބަލަ ކޮން ޕްލޭނެއްތޭ ތަމެންގެ ޕްލޭން ތަމެން އޮ

    18
    4
  4. ޑީ

    ތިތަން ހަދާ ނިމޭއިރު ޓާޓާ ފްލެޓްތައް ހުރި ފެންވަރުގަ ކުޑަ ދޮރުތައް މަގު މައްޗާށް ނުފައިބާނެހެން ހަދާތި.

    25
    1
  5. އިޓްސްސޯލޯ

    ދެން ކޮބާތޭ މައްސަލަ އަކީ ތަމެން މައްސަލަ އަކީ ކޮބާ ކަން މަމެން ނަށް ބުނެދެގަ އެއިރުންނޭ ނެކްސްޓް ޗެޕްޓަރ ރީޑް ކުރަން އިނގޭނީ އައި ގޮޓާ ނޯ ވޮރީސް އޮން ދިސް ސޯ އައި ޑޫ އިޓް ކޮންސްޓްރަކްޝަން އޮން ދިސްވޭ އިޓްސް ސޯލޯ އެވްރީ ބޮޑީ އިޓްސް ސޯލޯ އިޓްސް ސޯލޯ...

    1
    5
  6. އޫންހޫން

    ފްލެޓްސް ތަކުގެ އަގު ހެޔޮ ނުކޮށް ތަމެން ރަންރީނދޫ ޓްވިޓަރޭ ދެމޭނެ ތަނެއް ނޯންނާނެއޭ ތަމެން މިހާރު ވެސް ލަދު ހަޔާތް ކުޑަ ކަމުންނޭ މާލޭގައި ހުންނަ ރައީސް އޮފީސް ތެރެ އުޅެނީ އިނގޭތޭ ޔޭއްވޯއް އޫން ހޫން...

    14
  7. އަލީ

    އަގު ކުޑަ ނުކޮއްފިއްޔާ ކަލޭމެން ބާލާނަން ވިސްނާތި

    18
  8. ބުރޯ

    ޔާމީންް އަޅަން ނިންމި އަނެއް 4000 ފްލެޓަށް މިސަރުކާރުން ވެރިވެގަތީ ތަ ؟ ގައިމު ފައިސާއާ ކޮންޓްރެކްޓަރުވެސް ހޯދާފަިއިވަނިކޮށް ވެރިކަން ބަދަލުވީ މިދެންނެިވި 4000 ފްލެޓް މިސަރުކާރުން ފަށާމަސައްކަތަކަށް އިއުލާންކުރަން އެބައުޅޭ. ރައީސްމީހާ ވިދާޅުވި 3މަސް ފަހުން އިއުލާން ކުރާ ވާހަކަ،

    14
    2
  9. ބުރޯ

    ރަސޫލާ ގެ ހަދީސްފުޅެއްގަވޭ ގިޔާމަތުގެ އަލާމާތެއްގެ ގޮތުގާ ނާގާބިލް ވުމާކަންކަމަށް ކުފޫ ހަމަނުވާ މީހުނަށް މަގާމ،ްތައް ލިބިގެން ދާނެ ވާހަކަ. މިހާރު މިގައުގެ މަތިންތިރިއަށް މިއޮތީ އެ ހަދީސް ފުޅު ދިމާ އަށް ފެންނަން.

    19
  10. މަވެސް

    މަވެސް އަންނަނީ އަމަށަކު ހިންޏެއް ނޫން. ވެރިކަން ގެއްލުނީމަ ހިތަށް ވާތަދު...

    2
    17
  11. ސޯކާބެ

    މިއޮތީ ޑިމޮކްރަސީއައިސްފައި ޑިމޮކްރަސީގެ މާނަ އަޅުވެތިކަން ޕޯޗްގީޒުމީހުންގެ އަޅުވެތި ކަމުގައި ތިބި އިރުވެސް މިބޯހިޔާވަހިކަމުގެ ދައްޗެއްނެތް 18އަހަރު ވީމަ ރަށުއޮފީހުން ދަރިއުޅޭނެ ބިމެއް ހަވާލްކުރޭ މާލޭގަވެސް އައީ ބިން ހިލޭ ދޫކުރަމުން މިހެން އުޅެއުޅެތިއްބާ 1987ވަނަ އަހަރު އައި ޑިމޮކްރަސީއަކުން މިވާގޮތަކީ ގަވައިދެއް ހަދައިގެން ކާފަގެ މާމަގެ މައިންބަފައިންގެ އަނބިމީހާގެ ގޯއްޗެއް އޮއްމީހަކަށް ބިންހަރާން އަދި ހަމަ އެކަނި މާލޭގެ ރަށްޔަތުންނަށް ގޯތި ނުދީ މާލޭގެ ރަށްޔަތުން ލައްވާ ބިންހިއްކަން މަސައްކައް ކުރުވާފައި ބިންތައް ހިސޯރުކުރީ މިއަދު މިޔޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހިންގާ ރައްޔަތުން އަޅުވެތިކުރަން މީއެދިގުރާސްތާ 30އަހަރު ހިންގި ރައްޔަތުން އަޅުވެތި ކުރުމުގެ ސިލްސިލާ ބޮޅެއް ދެން 2008 ވަނައަހަރު އައި ޑިމޮކްރަސީގައި މިފެށީ ޖީއެސްޓީގެ ނަމުގައި ޖިޒީނަގަން އެހެންވީމަ މިއީ އަޅުވެތި ކަމުގެ ޑިމޮކްރަސީ

  12. ކައްޕިތާން

    މިގައުމުގައި މީހުން އުޅޭތާ 3000 އަހަރުވީއިރު 1978 އަހަރާހަމަޔަށް ސަރުކާރަކުން ބިމެއް ތިޔަބުނާ ފުލެޓްގެ ނަމުގައި ދެއްވާކަމައް ވިދާޅުވާ ބޮޑުއަގުގައި ފުލެޓެއްވެސް ވިއްކާފަ އެއްނެތް މިއީ ރާވައިގެން ރަށްޔަތުން އަޅުވެތި ކުރަން ހިންގި ޖަރީމާއެއް އަނެއްކާ މިގަންނަން މިޖެހެނީ ހަމަ އެކަނި މާލޭގެ ރަށްޔަތުން ރަށްރަށުގައި ހިލޭ ގޯތި ދޫކުރޭ މާލޫގެ ރަށްޔިތަކަށް ވެއްޖެއްޔާ ރަށިކުންވެސް ނުލިބޭ މާލެޔަކުންވެސް ނުލިބޭ މީތޯ އިންސާފަކީ ރައްޔަތުން ކުރާމަސައްކަތުން ޓެކްސް ނަގައިގެން ފިނިކޮޓަރި ތަކުގައި ކަރާފެޅުން ހީހީހަލާކް ލަދެއް ނުގަންނާނެ ޓެކްސްޕޭ ރިފިޔާއިން ނުކުރާ މަސައްކަތައް މުސާރަޔާއި އިނާޔައް ނަގައިގެން

  13. ބޮންޑް

    ކުރީގެ ފުޅެޓު ވެސްދީފަހުރީ 7000ރ އަދި އެއީ 3 ކޮޓަރި ދީފަހުރީ 25 އަހަރަށް ވީމާ މިހާާރުގެ ފުޅެޓްވެސް އަހަރުގިނަކޮއްފަ 7000ރ ކަޑަކޮއްފަ ރައިޔަތުން ހިތްހަމަޖެހޭގޮތަށް ދެއްވަންވީނޫންތޯ

  14. މަރީ

    އަޅުގަނޑުގެ ސުވާޅަކީ ވަރަށް ދިގުކިއުގެތިބެގެން އަދި ރޭހަތަރުދަމު ހޭޅާތިބެގެން ގޯތިހޯދަން ޅީފޯމް ކޮބައިތޯއޭ މީ ޔާމީން ސަރުކާރުން ރައިޔަތުންނަށް އެޔޮއެދޭތީވެ ކޮއްދޭން އުޅުނުކަމެއް މިސަރުކާރުނެވެސް ރައިޔަތުންނަށް އިހުމާޅުނުވެ މިގޯތިދެއްވާނެކަމަށް އުމްމީދުކުރަން

  15. ޢަބްދުﷲ

    ފްލެޓްތައް އަޅަމުންދާ މަޤްޞަދަށް ބަލާއިރު، އެންމެއާދައިގެ ދިރިއުޅެއްގައި އުޅޭ ނިކަމެތި މީހާއަށްވެސް ކުލި ދެއްކޭވަރުގެ ތަންތަނަށް ފްލެޓްތައް ވާންޖެހޭނީ،

  16. ލާބަ

    ނައިިސް ގޭމް

  17. ޢަޒީޒް ޔޫސުފް

    ތިޔަ އެޗް ޑީ ސީ އަށް ހުޅުމާލެ ހުރިހާ ފްލެޓްތަކުން ލިބޭފައިސާ ކޮންތާކައް އަޅަނީ އެޗްޑީސީ އިން ހަވާލު ވެއްޖެއްޔާ އަގު ބޮޑުކުރާނެތީ ޔާމީންވެސް އެމީހުންނާ ނުބެއްސީ ތީ ކޮރަޕްޓް ތަނެއް ފްލެޓްތަކުން މޭންޓަނަންސް ފީ ނަގާގެން މަރާމާތެއް އެތަންތަން ކުރޭތޯ ބަލާބަލަ ވިސްނާ