މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ގެއްލުނު އުމުރުން 15 އަހަރުގެ ޝައިމް އަބްދުﷲ ހުރީ ގޭންގެއްގެ ބެލުމުގެ ދަށުގައިކަން އެނގިއްޖެއެވެ.

ޝައިމް ހޯދުމަށް ހިންގާ އޮޕަރޭޝަންގެ މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ބުނީ "ގެއްލިގެން އުޅޭ ކުޑަކުއްޖާ ހުރީ ގޭންގަކުން ފޮރުވާފައި" ކަމަށެވެ. "ވަގުތު" އަށް އެނގިފައިވާގޮތުން އޭނާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ އެ ގޭންގްއަށް ނިސްބަތްވާ އެކި މީހުން ދިރިއުޅޭ ގެތަކަށް ވަންނަން ބޭނުންވާ ކޯޓު އަމުރުތައް ހޯދުމަށް ދަތިތަކެއް ހުރުމުންނެވެ.

މީގެ ކުރިން ފުލުހުންވެސް ވަނީ ޝައިމް ހޯދަން ތިން ގެއެއް ބަލާ ފާސްކުރިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އިތުރު ތަންތަން ބަލާ ފާސް ކުރިކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ޝައިމް ގެއްލުނު މައްސަލައާއި ގުޅިގެން މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާާ ޝަރީފް ވިދާޅުވީ، ޝައިމް ހައްޔަރު ކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި ކަމަށާއި، ނަމަވެސް އެއީ ޝައިމް ހޯދަން ހިންގި އޮޕަރޭޝަނެއް ނޫން ކަމަށެވެ. ފުލުހުން އެ އޮޕަރޭޝަން ހިންގީ "ގޭންގް ވަޔޮލެންސް" އާއި ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރު ކުރި ނަމަވެސް މި އަހަރު ޖެނުއަރީ މަހުން ފެށިގެން އޭނާ ހޯދައިދިނުމަށް ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ޝިދާތާ ވިދާޅުވީ ޝައިމް ނިދަނީ ވަކިން ހުންނަ ކޮޓަރިއެއްގައި ކަމަށާއި ނިދާއިރު އޭނަ އަކީ މުޅި މޫނުގައި ބެޓްޝީޓު އަޅައިގެން ނިދާ ކުއްޖެއް ކަމަށެވެ. ނަމަވެސް އޭނަ ގެއްލުނު ރޭ އޭނަ އޮތްތޯ ބެލުމަށް، ބެޑް ޝީޓު ނަގައިގެން،އެވަގުުތު ޑިއުޓީގައި ހުރި މުވައްޒަފު ބަލާފައި ނުވާ ކަމަށެވެ.

"ޝައިމް ފިލައިގެން ދިޔަ ރޭ ޑިއުޓީ އަދާކުރަމުން ދިޔަ މުވައްޒަފު، 23:40 ގައި، އެރޭ 2:30 ގައި އަދި ފަތިހު 4:00 ގައި ޝައިމް ނިދާފަ ވަނިކޮށް ކޮޓަރި ވަނީ ބަލާފަ. އޭނަ އަކީ މުޅި މޫނުގައި ބެޓްޝީޓު އަޅައިގެން ނިދާ ކުއްޖަކަށް ވާތީ، ބެޑް ޝީޓު ނަގައިގެން އޭނާ އޮތް ތޯ ބަލާފައެއް ނެތް. އަޅުގަނޑުމެންނަށް ޤަބޫލުކުރޭ ގޮތުގައި ޝައިމް ފިލާފައިވަނީ ޖެހިގެން ހުރި ކޮޓަރީގެ ކުޑަދޮރުން ފުއްމާލައިގެން. އެ ކޮޓަރިއަކީ ހަދަމުންދާ ކޮޓަރިއެއް." ޝިދާތާ ވިދާޅުވިއެވެ.

ޝައިމް ހުރީ ގޭންގެއްގެ ބެލުމުގެ ދަށުގައި ކަމަށް ބުނާ ޚަބަރާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޔޯ

  އަދިވެސް އުމަރު ނަސީރަށް ގައުމު ހަވާލު ކުރަން ރައްޔިތުން ނިންމާން ނުވަނީތާ؟ އުމަރު ނިކަން 5 އަހަރުން ގައުމު މައިތިރި ކޮށްދީބަލަ

  116
  5
  • ފައިސަލް

   އުމަރަށް ނުވެގެން ޝެއިހަށް ދީގެން މިއުޅެނީ

   17
   59
   • ގަލަން

    އުމަރަށް ނުވީކީނޫން. ކުރިޔަކަނުދިނީ

    72
    4
 2. އަލީ

  ސަގަރު ލުތުފީ ގެ މައްސަލަ ޒީރޯޓޮލަރަންސް ގެ ދަށުން ބަލަންޖެހޭ.

  74
  2
 3. ދަތްމިޔަރު

  ފޭލްވެފަ. ލަދެއް ހުރިއްޔާ އިސްތިއުފާ ދީފަ ގެއަށް ދޭ..!

  85
  3
 4. ޢަލީ

  ހައިރާންވެ އަންތަރީސްވޭ ގޭންގަކުން ފޮރުވާފައޭ މުސްލިމުގައުމެކޭ ކިޔަނީ ކުޑަކުޑަ ތަނެއްގަ ޕޮލިހުންނާ ސިފައިންނާ ދެންވެސް ކީބަޔަކުތިބޭ އެކަމު އެމީހުން ބޭނުންފެންވަރެއްގަ އެއުޅެލަނީދޯ އެހެންާވާނީ ކޮއްމެވެސް މީހަކުހަރަދުކުރާ ބަޔަކަށް އަބަދުވެސް ތިހެންކިޔާލަ ކިޔާލަތިބެނީ ހުރިހާކަމެއް ރަނގަޅު ކުރަންއައި ބަޔަކުދެން ކުރޭ ކީއްވެތިބެނީ ބަލަަހަށްޓައިގެން

  56
  1
  • އާންމުން

   ގާނޫންތަކުގަ އާއި މަތިން އަންނަ އޯޑަރު ތަކުގައިވަނީ ބަލަހައްޓައިގެން ތިބުމަށް، އެކަމު ޒިންމާނެގުމަށް

   36
 5. ރައްޔިތޭ

  ކޯޓުތައް އިސްލާހުކޮށްގެންނަމަވެސް ގޭންގުތަށް މައިތިރި ކުރަންވެއްޖެ!

  26
  2
 6. އަލީ

  ތިސޮރު ބަހައްޓަންޖެހޭނީ ހިޔާގައެއްނޫން ، ކުޑަކުދިންގެ ޚާއްސަ ޖަލެއްގައި ، ތިސޮރުގެ ސިކުނޑި ހުންނަނީ ޖަރީމާ ތަކަށް ޓްރޭނިންދީ ހާނާފައި ، ނުރައްކާވާނެ ،

  45
  3
 7. ތެދު ހަގީގަތް

  އެންމެ ފަހުން މިކަންވެސް މި ކުރީ ރައީސް ޔާމީނުގެ މީހުން.ދެންވެސް މިސަރުކާރަށް ހުރިހާ ކަމެއް މަތިކުރޭ

  13
  46
 8. ޅަބޭބާ

  ކޮންސައިމެއްތަ. ތި ސައިމެއްގެ ކަންތައް ޤައުމަށްވުރެވެސް ބޮޑުވެއްޖެއްނު! ލިޔާނެ ވާހަކައެއް ނެތީތަ؟

  27
  6
 9. އަލް ނޫރު

  ސިދާތަ ކަޓުވާލަން ސަރުކާރުން ޖެއްސި ސްޓަންޓެއް.....

  28
  5
 10. ބަކުރާ

  އޭނާ ހުރީ ރަހީނުކޮށްފައޭ

  16
  2
 11. ބިންގޯ

  މިސަރުކާރުގެ ގަދަކަމަކީ ވެރިކަމަށް އަހަރެއްނުވެގެން އުޅިކޮއް ކުޑަކުދިންނާއި ބޮޑެތިމީހުން ފޮރުވުން. މަހުލޫފަށް ވަރަށް ސަލާމް

  37
  1
 12. ޓަވަރު

  ތި ހުއްދަ ދެވޭނީ މިހާރު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް.....ރައްޔިތުން އަމިއްލައަށް ބުއި ބޮނޑި.....

  30
  2
 13. ހުސެން

  ޟޭހުގެ ފެއލިއާ ދައްކަން އެމްޑީޕީން ބޭނުމީ.ކިތަންމެ ހިނިވަރުކޮށްގެން ނަޟީދު އިމްރާނާ ސަލާންކުރިޔަސް ބަދަލުހިފުމުގެ ރޫޙު އެބަހުރި،އެކަން މިފެންނަނީ.އެގޮތުން އިމްރާނު އަކީ ފެއިލިއަރެއްގެ ގޮތުގައި ޕަބުލިކަށް ދައްކައި ރައްޔިތުން ނުރުހުން އިމްރާނަށް އަމާޒުކުރުވުން އެއީ ބޭނުމަކީ

  25
  3
 14. ޕޮފުބާ

  ސައިމް ހޯދަން ދިވެހިރާއްޖޭގެ ހުރިހާތަނެއް ބަލާފާސްކުރަން ކޯޓްންއަމުރު ދީފީމެވެ.

  19
  1
 15. ބިންގޯ

  ދެން ތިޔަކުއްޖާ ބަލަން ގޭންގަކާ ހަވާލުކުރަން މަޖިލީހުން ފާސްކުރޭ. އޭރުން ތިޔަކުއްޖާ މީހަކަށްވާއިރު ހުންނާނީ މަހުލޫފު ބުނާކަހަލަ ގަދަ ކުއްޖަކަށް ވެފަ.

  21
 16. އޭނާރކީ

  މިކުއްޖާ ފޮރުވައި މިސަރުކާރަށް މި މަތިކުރަނީ.

  5
  13
 17. ޟައިމް

  ތިއީ ވާސަރުކާރެއް މިބައިގަނޑު ދެން.ވަގަށް ވައްކަން ކުރުމުގަ ވެރިކަންހޯދުމުގެ ނަތީޖާ އަދިވެސް ރއަްޔިތުން ނުވިސްނޭ

  23
 18. ޙަނާ

  މޫނުގަ ބެޑްޝީޓް އެޅިޔަސް ހަށިގަނޑު އޮންނާނީ ފެންނާ ކަށްނު މުޅިހަށިގަނޑުގަ ބެޑް ޝީޓް ނާޅާ ކަމަށް ވަންޏާ

  16
  2
  • Anonymous

   ﷲމ

 19. މިއަދު

  އެކަމެއް ކުރަންބޭނުންނުވާނަމަ ކޯޓްއަމުރެއްވެސް ނުލިބެ އެކަމު ދަނގަނޑު ދޮރުތައްތަޅާ ފަރުތަޅައިގެން ވަންނަންބޭނުންވިދުވަހަކު ނުހިފައްޓަ އެކަން ކޯޓުންކޮށްދިން ތިކަންވެސް ފަޑިޔަރުންގެ ބޮލުގައި އަޅުވައިގެން އެވެރިން ފަޟީލަތް ކުރެވޭތޯދޯތިބަލަނީ

  8
  2
 20. ރައްޔިތުމީހާ

  ދޮރުގަ އަޅުވާފައި ހުރީ ބެޑްޝީޓެއް ތޯ ނޫނީ ނޫނީ ސިދާތާގެ ބުރުގާ ތޯ

 21. ވވގތ

  ކަލޭމެން ތިކުރީ މޮޅުކަމެއް. ދެން އެގޭންގަށް އެސޮރު ފޮރުވާން ފުރުސަތު ފަހިކޮއްދިނީ ....

 22. ފައިނުއާދަނު

  ކޮން ގޭންގެއްތަ. ރާޖޭގައި ގޭންގްތަކޭ ކިޔައިގެން ބަޔަކަށް އަޗާތެޅެނީ ސިޔާސީ ފަރާތްތަކޫންނާ ސިފައިންނާ ފުލުހުން އެކަމަށް ފުރުޞާތު ދިނީމަ.އާނ އެހެންޏަ. ހަތިޔާރު ގެންގޫޅޭ ތަނެއް ނޫން. ދެކިލޯމަޓަރު ހަވާ ތަނެއް ނޫން. ދެން ކޮން ގޭންގަތަކަކަށްތަ މިތާ އުޅެވޭނީ. ކަންކަން ދިމާވީމަ ފުލުހުން ގޭންގޭ ކިޔައިގެން އެމީހުނަށް ހިތްވަރުދޭތީ އެފަދަ ފަރާތްތަކާ ޒުވާނުން ގުޅެނީ. އެމީހުނަށް ގަބޫލުކުރެވެނީ އަދި ފުލުހުންގެ އަމަލުވެސް ހުންނަނީ އެހިސާބުން އެކުއްޖަކަށް ހިމާޔަތް ލިބުނީކަމަށް