ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅާ އާ ފެސެންޖާ ޓާމިނަލް އަށް ބަދަލުތަކެއް ގެންނަން ސައުދީގެ ބިންލާދީން ގުރޫޕާއި އެކު މިއަދު އެބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއާޕޯޓްގެ ޓާމިނަލް އެޅުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ ބިންލާދިން ގްރޫޕާއި އެވެ.

މިއަދު އެއާޕޯޓްސް ކޮމްޕަނީ ލިމިޓްޑް ގައި ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތުގައި އާ ޕެސެންޖާ ޓާމިނަލް އަށް ބަދަލު ގެނައުމުގެ އެއްބަސްވުމުގައި އެމްއެލްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެކްޓިން މެނޭޖިން ޑައިރެކްޓަރ މޫސާ ސޯލިހުއެވެ. ސައުދީ ބިންލާދިން ގުރޫޕްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ރިޖަނަލް މެނެޖާ ޕައުލޯއެވެ.

އެމްއޭސީއެލް އާއި ބިންލާދިން ގްރޫޕް އިން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ސޮއިކުރުމުގެ އެއްބަސްވުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްއެލްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ އެއާޕޯޓްގެ ތާރީހުގައި ދަތި ދުވަސްތަކެއް ވެސް ހިނގައްޖެ ކަމަށާއި މިއަދު މިއީ އެެއާޕޯޓްގެ ތާރީހުގައި އަނެއްކާވެސް ތާރީހީ ދުވަހެއް ކަމަށެވެ.

"އެއާޕޯޓްގެ ތަރައްގީ އަށް ދަނީ ގިނަ މަޝްވަރާތަކެއް ކުރެވެމުން، ގިނަ އެއްބަސްވުންތަކެއް ވެވެމުން. އެއާޕޯޓްގެ ތާރީހުގައި ދަތި ދުވަސްތަކެއް ވެސް ހިގައްޖެ. މިއަދު މިއީ އެެއާޕޯޓްގެ ތާރީހުގައި އަނެއްކާވެސް ތާރީހީ ދުވަހެއް" މޫސާ ސޯލިހު ވިދާޅުވިއެވެ.

އެމްއޭސީއެލް އާއި ބިންލާދިން ގްރޫޕް އިން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

2017 ވަނަ އަހަރު އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމި މިހާރު ޓާމިނަލް އެޅުމުގެ މަސައްކަތް ފަށާފައި ވާއިރު މިއަދު ބިންލާދީން ގުރޫޕާއި އެކު ޓާމިނަލް އަށް ބަދަލުތަކެއް ގެންނަން ސޮއިކުރިއިރު އާޓަމިނަލްގެ 11 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އެމްއޭސީއެލް އިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާ ޓާމިނަލް އަށް ބަދަލުތަކެއް ގެންނަން 30 ދުވަހުގެ ތެރޭ އަމަލީ މަސައްކަތް ފެށި 2 މަސްދުވަހު ތެރޭ އިމާރަތް ބިލްޑް ވަމުންދާތަން ފެންނާނެ ކަމަށެވެ.

78،000 އަކަ މީޓަރު ބޮޑު އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ބިންލާދިން ގްރޫޕާއި ހަވާލު ކުރީ 2016 ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި 357 މިލިއަން ޑޮލަރަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މި މަޝްރޫގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ވީއައިއޭ ތަރައްގީ ކުރަން ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ނުވަތަ 12.3 ބިލިއަން ރުފިޔާ އަށްވުރެ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަސީ

    ޟިއައްކިޔަނީ ދެބޯގެރިދުއްވުން ކުރެހުމަކައް މާކަބޮދުބަދަލެއް ނުގެނޭ ކުރީސަރުކާރުން ފަށާފައޮތްކަމެއްވީމަ އިތުރު ފޮޅުވަތެއް އަޅާލީ

    31
    • ޙައްގުބަސް

      ރައިސް ޔާމީން ތަރައްގީގެ ކަންކަން ވަކިން ޚާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލް އާއި ބުރިޖްއާއި އަދި ގުޅުންހުރި ރިންގް ރޯޑާއި ވެލާނާ އެއަރޕޯޓް މެގަ ޕްރޮޖެކްޓުގެ މަސައްކަތް ބޭރުގެ ޕޮރޮފެޝަނަލް މީހުންނާ ޙަވާލުކުރައްވައިގެން ކޮށްފަ ހުރިލެއް މޮޅުކަމާ ރަގަނޅުވެގެން ހަމަ ދެބޯގެރި ދުއްވަނީ! އަދި ފާހަގަކުރެވޭފަފަ މޮޅަށް އަދި ވަރަށްފުރިހަމަކޮށް ވެލާނާ އެއަރޕޯޓުގެ ތަރައްގީގެ ހުރިހާކަމެއްވެސް ހިންގާފަ ޕްލޭންކޮށް އަދި ޑިޒައިންތައްވެސް ނިންމާ މަސައްކަތް ޔާމީންގެ ސަރުކާރުގެ ފަހު ދެއަހަރުތެރޭ ފަށާފައިވަނީ! އެގޮތުން މިސަރަޙައްދުގައުވެސް ނެތް ފެންވަރުގެ ކޯޑް އެފް ރަންވޭ ނިންމާ އާޓާމިލަންގެ ޢަމަލީ މަސައްކަތް ފަށައިގެން އުޅެނިކޮށް ވެރިކަން ބަދަލުވީ! އޭރުވެސް އޮތީ ބިންލާދިން ގުރޫޕާ ފްރާންސްގެ ޑިޒައިން ގުރޫޕެއް ލައްވާ މިސަރަޙައްދުގައިވެސް ނެތް ފެންވަރުގެރީތި ހިތްގައިމު އަދި އެންމެ ޒަމާނީ ޚިދުމަތް ހިމެނޭނެހެން ޓާމިނަލްގެ ހުރިހާ ޑްރޯވިންގތައް ނިންމާފަ! މިހާރު ދެން މީ ކޮންސަކަރާތެެއް މިޖަހަނީ! މ

      15
  2. އެދުރުބެ

    ތަރައްގީ ބްރެކް ޖެހޭ ސަރުކާރެއް މިއީ. ޙިޔާ މަޝްރޫ ވެސް ލަސްވީ.

    30
  3. ޏަނަ

    ކަމެއްކުރާނެގޮތް ނޭގޭބަޔަކާ ހަވާލުވީމާ އެކަމަށް ވަގުތު ނަގާނެ!ބަހަނާވެސް ދައްކާނެ!އަމާބުނީތީ ފަރަށް ދެވިފަ ހުންނާނީ!

    16
  4. ކަލްކީޔާދު

    ދެން ތިޔަ ތަނެއް އަޅައި ނިމޭއިރު ވާރޭ ވެހެން ޖެހޭނެ. މަސައްކަތް ކުރަން ޖާގައެއް އޮވެގެން ނުވާނެ. ސިކިއުރިޓީ ކަންކަން ފޫވެއްޓޭ ގޮތަށް ޑިޒައިން ކޮށްފައި ހުންނަންވާނި.

  5. ކަންބުލޮ

    ދިވެހިވަންތަ ގޮތަކައް ބަދަލުގެންނަނަމަ ދެންތިތާގަ ޖަހާނީފަންތޯ

  6. ޖައްލޭ

    ތިޔަށް ކިޔަނީ ދަނޑިބޭނުން.

  7. ރަބީޢާ އިބްރާހީމް

    އަޅެ ކޮންމެވެސް ކުއްޖަކު ރައީސް ޔާމީން ޓާމިނަލް އަޅަން ނިންމާފައޮތް ކުރެހުން ދައްކާލަބަލަ! ހަމަ ޔަޤީނުންވެސް ނޫސްވެރިނނަށްވެސް އެ ކުރެހުން ދިން.