ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅާ އާ ފެސެންޖާ ޓަމިލް އަށް ބަދަލުތަކެއް ގެންނަން ސައުދީގެ މަޝްހޫރު ބިންލާދީން ގުރޫޕާއި އެކު މިއަދު އެބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގެ ދަށުން އެއާޕޯޓްގެ އާޓާމިނަލް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިވަންތަ ގޮތަށް ކަމަށް މިއެއްބަސްވުމުގައި ސޮއިކުރި ސައުދީގެ ބިންލާދީން ގުރޫޕުންނާއި މޯލްޑްވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިއަދު އެމްއޭސީއެލް ގައި ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މި ޕްރޮޖެކްޓުގެ ޓެކްނިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ސޮލާހު ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ލަސްވެގެން ދިޔައީ ސަރުކާރު ބަދަލުވުމާއި ފައިނޭންސް ލިބުމުގައި ހުރި ދަތިތަކާއި ދިމާވި ގިނަ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ސޮލާހު އިތުރަށް ވިދާޅުވީ އާ ޓަމިނަލް އަށް ގެންނަ ބަދަލާއިއެކު ޓާމިނަލް ތަރައްގީ ކުރެވިގެން ދާނީ ދިވެހި ވަންތަ ގޮތަށް ކަމަށެވެ.

ޓެކްނިކަލް ޓީމުގެ ފަރާތުން މުހައްމަދު ސޮލާހު ވާހަކަ ދައްކަވަނީ ވަގުތު އިމޭޖަސް : އަމީން ފަހުމީ

"ދިވެހި ވަންތަށް ޑިޒަައިން ޑީޓެއިލް ކުރެހުން ދެތިން މަސްތެރޭ ދައްކާލެވޭނެ, މިގެންނަ ބަދަލާއި އެކު އާ ޓަމިނަލްގެ އެންޓްރެންގައި ދުވެހި އިހުގެ މިސްކިތަކުގެ ކުރެހުމުގެ ޓިޒައިން ފެންނަން ހުންނާނެ" ސޮލާހު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓް ނިމޭއިރު ފުޅާ ހަތަރު މަގު އާ ޓާމިނަލްގެ ކުރިމައްޗަށް އަންނާނެ ކަމަށާއި ބަސް ގޭޓް އާއި އެކު މުޅި ޖުމުލަ 10 ގޭޓް އާ ޓާމިނަލް އަށް އަންނާނެ ކަމަށެވެ. އަދި ފިއުލް ފާމް އަކާއި ކާގޯ ޓާމިނަލެއްގެ އިތުރުން ސީޕްލޭން އޭރިޔާ އަކާއި ޓުއަރިސްޓް ލޮޗްތަށް ވެސް ގާއިމު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާ ޓާމިނަލް އަށް ބަދަލުތަކެއް ގެންނަން 30 ދުވަހުގެ ތެރޭ އަމަލީ މަސައްކަތް ފެށި 2 މަސްދުވަހު ތެރޭ އިމާރަތް ވަމުންދާތަން ފެންނާނެ ކަމަށެވެ.

78،000 އަކ މީޓަރު ބޮޑު އާ ޕެސެނއެއްްޖަރު ޓާމިނަލްގެ މަސައްކަތް ސައޫދީ ބިންލާދިން ގްރޫޕާއި ހަވާލު ކުރީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި 357 މިލިއަން ޑޮލަރަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މި މަޝްރޫގެ ކަން ކަން މަޑުޖެހުނެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ނުވަތަ 12.3 ބިލިއަން ރުފިޔާ އަށްވުރެ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ދަނޑިފަނުންހަދާ އޭރުން ވެރިކަން ވެއްޓުނީމަ ރޯކޮށްލަންވެސް ފަސޭހަވާނީ. ކިނބޫލަށް ރަނގަޅުވާނެ ޗަކަ ފެންގަޑެއްވެސް. ޢެ އޮންނާނެ އެރި އަނގަ ހުޅުވައިގެން. މިހާރު ދެއަތުންކާ ކުއްޖާ ފުރުވާލާފަ ރީލޯޑް ކޮށްލަން އެ ދިޔައީ ސިންގަޕޫރަށް.

  8
  1
 2. ގައްބެ

  ބޯކެޔޮ މުޑިޔާ ދުނބުރިދަނޑި ކޮޅަށްޖަހާ ، ވަށައިގެން ރުކުއޮށި އައްސާ މަތީގައި ފަން ޖަހާ! އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ! ލަދުވެސް ކުޑަކަމޭ މަ ހިތަށްއަރާ ދަނޑިބާނާއިރު!

  2
  1
 3. ދުމައިން

  އަނގަދޮންނަން ދާންވީނު. ފިއުލް ފާމޯ!! ކާގޯ ޓާމިނަލޯ ކިޔައިގެން އަނގަފުޅާކުރަން. ތިކަންކަން ކުރި މޭސްތިރިއަށް ނުދެނީ ކޮންބަދުނާމެއް. ހެޔުނުވާނެ ތިހެން ކަންތައްކުރަން..

  2
  1