ކޮރަލްބްލެވާޑް މަޝްރޫއަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސައިފިކަމަށް ހައުސިން މިނިސްޓަރ އައިޝަތު އާތިފާ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ކޮރަލް ބޮލެވާޑްގެ ނަމުގައި މާފަންނު ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު ހަދައި 500 އެއްހާ ލަގްޒަރީ އެޕާޓްމަންޓް ހެދުމަށް ސިންގަޕޫރުގެ ކޮރަލްބްލެވާޑް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް މި ސަރުކާރު އައުމާއި އެކު ވަނީ ހުޅުމާލެ އަށް ބަދަލު ކުރަން ނިންމާފައެވެ.

އަދި މި މަޝްރޫއު ހިންގާ ކުންފުނި މި މައްސަލާގައި ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް އެތައް މިލިޔަން ރުފިޔާއެއް ނަގައިގެން ފިލައިފިކަމުގެ އަޑުތަކެއް ވަނީ ފެތުރިފައއެވެ.

މިކަމާއި ގުޅިގެން މިއަދު މިނިސްޓަރީ އޮފް ހައުސިން އެންޑް އާބަން ޑެވެލެޕްމެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އާތިފާ ވިދާޅުވީ ކޮރަލްބްލެވާޑް ކުންފުނާއި މިނިސްޓަރީން ދަނީ މަޝްވަރާ ކުރަމުން ކަމަށާއި ކޮރަލްބްލެވާޑްގެ ރަސްފަންނު މަޝްރޫއު ހުޅުމާލެ އަށް ބަދަލު ކުރަން ނިންމި އިރު 9 ފަރާތަކުން ވަނީ މި މަޝްރޫއުގެ ދަށުން ރަސްފަންނުގައި އަޅާ ފްލެޓްތަށް ގަނެފައިކަމަށެވެ.

"9 ފަރާތަކަށް ޔުނިޓް ވިއްކާފައިވާއިރު, މި މުއާމަލާތުގެ ޖުމުލަ އަގަގީ 315,250 ހާސް ޑޮލަރު, އަދި ޑައުންޕޭމެންޑްގެ ގޮތުގައި 9 ފަރާތަކުން 104,500 ހާސް ޑޮލަރު ވަނީ ދައްކާފައި " އާތިފާ ވިދާޅުވިއެވެ.

ހަުއސިންގ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އާތިފާ އިތުރަށް ވިދާޅުވީ މި މަހު 18 ވަނަ ދުވަހު ހައުސިން މިނިސްޓްރީއާއި ދެމެދުނު ވެވުނު އެއްބަސްވުމެއްގައު ހުޅުމާލެ ފޭސް އެކަކުން 129000 އަކަ ފޫޓުގެ ބިމެއް މި މަޝްރޫ ކުރިއަށް ގެންދއުމަށް ޓަކައި ކަޑައެޅިފައިވާ ކަމަށާއި މި މަޝްރޫއު ނުހުޓޭނެ ކަމަށެވެ.

އާތިފާ އިތުރަށް ވިދާޅުވީ މި މަހު 18 ވަނަ ދުވަހު ހައުސިން މިނިސްޓްރީއާއި ދެމެދުނު ވެވުނު އެއްބަސްވުމެއްގައު ހުޅުމާލެ ފޭސް އެކަކުން 129000 އަކަ ފޫޓުގެ ބިމެއް މި މަޝްރޫ ކުރިއަށް ގެންދއުމަށް ޓަކައި ކަޑައެޅިފައިވާ ކަމަށާއި މި މަޝްރޫއު ނުހުޓޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެދެނީ މި މަޝްރޫގެ ތެރެއިން ފްލެޓް ގަނެފައިވާ ފަރާތެއް ވާނަމަ މިނިސްޓްރީގެ އީމެއިލް އަށް މެއިލް ކޮށްގެން ކުރިއަށް ގެންދިޔުން " އާތިފާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި މި ޕްރޮޖެކްޓުން އެޕާޓްމަންޓް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކުން ބުނީ، ގުޅުމުން މިހާރު ފޯނުވެސް ނުނަގާ ކަމަށާއި،އެހެެންކަމުން އެ މައްސަލަ ޕޮލިހަށް ހުށަހެޅުމަށް ފްލެޓް ގަތްމީހުން މިހާރު ތައްޔާރު ވަމުންދާކަމަށެވެ.

ކުރިން ރަސްފަންނުގައި މި މަޝްރޫޢުގެ ދަށުން އޭރުގެ އަޅަން އޮތީ 28 ބުރީގެ 4 ޓަވަރާއި 288 ހޮޓެލް ރޫމާއި، މަތީފަންތީގެ 533 އެޕާޓްމެންޓެވެ.މިއީ 70000 އަކަމީޓަރު ސަރަޙައްދެއްގައި ޢިމާރާތްކުރަން އޭރު ނިންމި ޓަވަރުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    މާލެ އިން ރަސްފަންުން ހުޅުމާލެ އަށް ބަދަލުވީމަ ފްލެޓްގެ އަގު ކަމަކު ނުދޭ ޑިމާންޑް ވެސް ނެތް.

    12
    1
  2. ރައްޔިތު މީހާ

    ކޮބާހޭ ފުލެޓް ކޮމިޓީ ގެ ހަބަރަކީ

  3. އަފީ

    ރައީސް އަބުދުﷲ ޔާމީން ސަރުކާރުން ކޮރަލްބްލެވާޑް މަޝްރޫއިން ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު އަޅަން ހަވާލް ކޮށްނިމިފައިވަނީ. ދެން ކަލޭމެން ކޮންކަމެއްހޭ މިގައުމުގަ ކުރީ ...

  4. ސޯކާބެ

    ހެޔޮ ނިޔަތުގައި ކުރާ ކަންކަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ. މީތޯހެޔޮނިޔަތުގައި ކުރާކަމަކީ މިގައުމުގައި 1978 ވަނަ އަހަރާ ހަމަޔަށް ހުރިހާ ރަށްރަށެއްގަވެސް އައީ ގޯތިދޫކުރަމުން ހިލޭ ކުއްލިޔަކައް އައި ޑިމޮކްރަސީޔަކުން މިޖެހުނީ ހަމަ އެކަނި މާލޭގެ ރަށްޔަތުން ގޯތިގެދޮރުން މަހުރޫމްކޮއް ނަސްލީއިމްތިޔާޒެއްގެ ދަށުން އަޅުވެތިކޮއް ފުލެޓްގެ ނަމުގައި ރިޔަލް ސޮޓޭޓް ބިޒްނަސް އެއްގެ ދަަށުން ފުލެޓް ގަންނަން ރަށްރަށުގަވެސް ބިންދޫކުރޭ ރަށްޔަތުންނަށް ނިކަން ތިޔަވިދާޅުވާހެޔޮނިޔަތުގައި ކޮރަލްބްލެވާޑް އައް 129000 އަކަފޫޓް ބިން ދޫކުރާ ގޮތައް މިިމާލޭގެ ގޯތި ގެދޮރުު ނެއް މީހުންނަށް 1200 އަކަ ފޫޓްގެ ގޯތި ދޫކޮއްބައްލަވާ އޭރރުން ތިޔަ ވިދާޅލުވާ ބޯހިޔާ ވަހިކަން 0 ވާނެ ތިޔަ ފުލެޓް ވިޔަފާރިކޮއްގެން ރައްޔަތުން ބުރަމަސަައް ކަތުން ހޯދާ ރުފިޔާކޮޅު އަތުލުމައް ވުރެ މާރަނގަޅުވާނެ ގައިމް މާތްﷲގެ ހެޔޮރަހުމަތް ލަައްވާނެ މީސްްތަކުުން ނައް ބިިން ދޫނނުކޮއް ހިސޯރު ކޮޮއްގެން ދަތތިކޮއް އަަޅުުވެތތި ކރުުމައއް ވުުރެ

  5. ސިކަންދަރު

    ނިކަން ތިޔަވިދާޅުވާހެޔޮނިޔަތުގައި ކޮރަލްބްލެވާޑް އައް 129000 އަކަފޫޓް ބިން ދޫކުރާ ގޮތައް މިިމާލޭގެ ގޯތި ގެދޮރުު ނެއް މީހުންނަށް 1200 އަކަ ފޫޓްގެ ގޯތި ދޫކޮއްބައްލަވާ އޭރުން ތިޔަ ވިދާޅލުވާ ބޯހިޔާ ވަހިކަން 0 ވާނެ ތިޔަ ފުލެޓް ވިޔަފާރިކޮއްގެން ރައްޔަތުން ބުރަމަސަައް ކަތުން ހޯދާ ރުފިޔާކޮޅު އަތުލުމައް ވުރެ މާރަނގަޅުވާނެ ގައިމް މާތްﷲގެ ހެޔޮރަހުމަތް ލަައްވާނެ މީސްްތަކުުން ނައް ބިިން ދޫނުކޮއް ހިސޯރު ކޮޮއްގެން ދަތިކޮއް އަަޅުުވެތި ކޮށް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހިންގުމައްވުރެ ރުފިޔާ ހޯދަންޏާަ ރިސޯޓް ތަރައްގީކޮއްގެން ރުފިޔާ ހޯދިއްޔާ މާރަނގަޅުވާނެ މިހާރު ތިލިބެނީ ރަށްޔަތުންގެ ބަދްދުއާ ކުރާމަސައް ކަތުން ފުލެޓް ކުލިދައްކާފަ ބީކީލާރި އެއް ނުހުރޭ ވީމާ އޮޓޮމެޓިކުން ބަދުދުއާކުރެވޭނެ

  6. ކައްޕިތާން

    ކޮރަލްބްލެވާޑް އައް 129000 އަކަފޫޓް ބިން ދޫކުރާ ގޮތައް މިިމާލޭގެ ގޯތި ގެދޮރުު ނެއް މީހުންނަށް 1200 އަކަ ފޫޓްގެ ގޯތި ދޫކޮއްބައްލަވާ އޭރުން ތިޔަ ވިދާޅުވާ ބޯހިޔާ ވަހިކަން 0 ވާނެ ތިޔަ ފުލެޓް ވިޔަފާރިކޮއްގެން ރައްޔަތުން ބުރަމަސަައް ކަތުން ހޯދާ ރުފިޔާކޮޅު އަތުލުމައް ވުރެ މާރަނގަޅުވާނެ ގައިމް މާތްﷲގެ ހެޔޮރަހުމަތް ލަައްވާނެ މީސްްތަކުުން ނައް ބިިން ދޫނުކޮއް ހިސޯރު ކޮޮއް އަަޅުުވެތި ކުރުުމައްވުުރެ ވިސްނާލައްވާ މިސާލަކައް 129000 ގެއްލަން 1000=129 ގޯތި ހުތުބާގައި ދީލަތިވާށޭ ގިޔާމައް ދުވަހުން ސުވާލް ކުރައްވާނޭ ވިދާޅުވާއިރު މިކަމާވެސް ޖަވާބް ދާރީވާންޖެހޭނެ އެފަރާތަކަށް އޮޅުވައެއް ނުލެވޭނެ މަކަރާހީލަތުން ބިންތައް ހިސޯރުކޮއް ހަމަ އެކަނި މާލޭގެ ރަށްޔަތުންނައް ގޯތި ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ތަންތަނުން ލޯނުނަގައިގެން ބޮޑުއަގުގައި ރައްޔަތުންނައް ތިޔަ ވިއްކާހަދަނީ

  7. ރައްދު

    ކޮރަލްބުލެވާޑުން ފުލެޓް ގަތް މީހުންނަށް ލިބުނު
    މާލީ ގެއްލުމުގެ ބަދަލު ދޭންޖެހޭނީ މޑޕ އިން
    ނެވެ ސަރުކާރަކުން ނޫނެވެ އެޕްރަޖެކްޓް އުވާލައި
    ފުލެޓްގަތް ފަރާތްތަކަށް ލަނޑުދިނީ މޑޕ ވެރިންގެ އަމިއްލަ މަސްލަހަތުގައެވެ.