ގާނޫނީ ފަންނުގެ ބިލް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ތަޞްދީޤު ކުރެއްވުމާއިއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު ލަޠީފާ ޤާސިމްގެ މެންބަރުކަން ގެއްލިއްޖެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖޭއެސްސީ އަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށެވެ. ލަތީފާ ގާސިމްގެ މަގާމު ގެއްލިފައިވަނީ، އެ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ. އެ ގޮތުން، އެގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެންބަރުގެ މަގާމު ގެއްލޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ލަތީފާ ގާސިމް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ ވަކީލުންގެ ފަރާތުން އިންތިޚާބު ކުރައްވާފައިވާ މެންބަރުގެ ގޮތުގައެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ވާގޮތުން އެ ގާނޫނަަށް އަމަލު ކުރަން ފެށުމުގެކުރިން ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެ ހުއްދަ ހިފެހެއްޓުމާއި ބާތިލު ކުރުމާއި ގުޅޭގޮތުން އަމަލު ކުރެވެމުންއައި އެންމެހައި ގަވާއިދު ތަކާއި އިޖުރާއަތްތައް އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވާނެ ކަމަށެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު ވެސް އޮންނާނީ މި ގާނޫނުން އުފެދޭ ބާކައުންސިލްއަށެވެ. މީގެ ކުރިން ވަކީލުންނަށް ފިޔަވަޅު އަޅަނީ ކޯޓުތަކުންނެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. عبدالله سعيد

    އެއްވެސް ޤާނޫނެއް ދުނިޔޭގެ އަލިކަން ދެކެންވާނީ، މުޅި މުޖުތަމަޢުގެ ނިޞްބަތުގައެވެ. މިނޫންގޮތެއްގައި ޤާނޫނު ވުޖޫދުވާނީ، ލޯކަލް ޤާނޫނުގެ ބުރަސޫރަ ފެންނަ ގޮތުގައެވެ.