މާލެ މަގުމަތީގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" ޢަށް މައުލޫމާތު ދެމުން ވިދާޅުވީ، ފުލުހަކަށް ހަމަލާދީފައިވަނީ މިއަދު މެންދުރުފަހު 13:13 ހާއިރު ވަންވޭއާ ހިލާފަށް ދުއްވި މީހަކު ހުއްޓުވައި ނަސޭހަތް ދިނުމުން ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، އެ މީހާއަކީ އަމީނީ މަގުން ކޯރުކެނޑި މަގަށް ވަންވޭއާއި ހިލާފަށް ކުޑަކުއްޖެއް އަރުވައިގެން ސައިކަލެއްގައި ދިޔަ މީހެއް ކަމަށާއި، އެ މީހާ ހުއްޓުވާ ނަސޭހަތްތެރިވުމުން، އެ ފުލުސްމިހާއާ ދިމާލަށް ހަޑި ހުތުރު ބަހުން ވާހަކަދައްކާ، މާރާމާރީ ހިންގާފައިވާކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެއީ 31 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަދިލް

    މީހުންގެ ފެންވަރު ދެއްތޯ. ކުޑަދަރިފުޅު ގޮވައިގެން އިނީމާ ނާސޭހަތް ދީ ދޫކޮއްލީމާ، ދަރިފުޅަށް ބައްޕަ ނަގައިދިން ފިލާވަޅު ބަލާބަލަ. އެއީ ބައްޕަ ނަމަ.

    16
    2
    • އަބްދުއްލާ

      ތީރަނގަރު ވާހަކައެއް ދެން އެދަރި ސްކޫލުގަ އުޅޭނީ ކިހިނެއް؟

  2. ބޯހަލާކު

    ދެން އެމީހަކާ ދިމާލަށް އަހަރެމެން ބުނަންވިއްޔޯ "އޭ، ކަލޭ ހާދަ ގަދައޭ! ވަންވޭ ފަޅާލާފަ ފުލުހަކަށް ހަމަލާދިނީމަ ކަލެއަށް އެބަ ޖެހޭ އެވޯޑެއް ދޭން.." އައްޗީޑި، ފިނޑި ގޮލައެއް ތީ.. މިމުޖުތަމައުގައި އެބައުޅެޔޭ މިކަހަލަ މީހުން ކުރާ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ފާޅުގައި ހިތްވަރުދޭ މީހުން..

    13
    1
    • އަބްދުއްލާ

      މިވާހަކަޔަށް 1000x1000

  3. ވެލެޒިނީ

    އިތުބާރު ގެއްލުނީ ސީ.ޕީ ހަމީދު ލީކުކުރި ސިއްރުތަކާއެކު ޕޮލިސް ޔުނީފޯމު އެޅުވި ހިސާބުން

    5
    9
  4. ދޮގެއް؟

    ބަލަ ފުލުހުން ގައިގަ ދަގަނޑާއި ވަޅިއާއި ކޮޅުފައިން ތަޅާ ހަދާ މީހުނެއްނު ސަރުކާރުގަ މިހާރު ތިބީ. އެވެސް ވާނީ ކަލޭމެންގެ "ތަޅާ ކުދިންކޮޅު" ގްރޫޕް މީހަކަށް.

    11
    1
  5. އަލީ

    ތިފަދަ މީހުން ދޫކޮއްނުލުމަށް ގޮވާލަން ، އަދަބްލިބެނޖެހޭނެ ،

  6. މަންމަ

    ކުޑަދަރިފުޅަށް ވަރަށްރީތި މިސާލެއް އެދެއްކީ. ދެން އެދަރިފުޅު ބޮޑުވެގެން ވާނީ ކޮންކަހަލަ މީހަކަށް. ގްރްރްރްރް