ދާދި މިދާކަށްދުވަހު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެން، މި ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް، ޑރ.މުޙައްމަދު ޖަމީލް އަޙްމަދަކީ، "މާކުންބެ ކަހަލަ މީހެއް" ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އުޅުއްވާ ގޮތުން އެމަނިކުފާނަށް ހީފުޅުވެލައްވަނީ، އެއީ "ބަނޑު ނުފުރޭ" "މާކުންބެ" ކަހަލަ ބޭފުޅެއްހެން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއުޅެނީ ހަމަ ބަނޑު ނުފުރޭ މާކުންބެ ކަހަލަ މީހެއްހެން." ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

2008 ގެ ރިޔާސީ އިންތިހާބުގެ ކުރިން ޖަމީލް އުޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަރިހުގައި ކަމަށާއި، އޭގެ ހަމަ ކުޑަ ކުދަސްކޮޅެއް ފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމާއެކު އެ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ހަވާލުވެވަޑަގެންނެވި ކަމަށާއި، ޑރ.ވަހީދަށް ވެރިކަން ލލިބިވަޑައިގަތުމާއެކު އެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި، އަދި ޕީޕީއެމް 2013 ގައި ވެރިކަމަށް ވަޑައިގެންނެވިއިރު ނައިބު ރައީސް ކަމުގައި ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ހުންނެވި ކަމަށް ނިހާން ވިދާޅުވިއެވެ.

ހަމަ ކޮންމެ ބައެއްގެ (ޕާޓީއެއްގެ) ތެރެއަށް ވަދެގަނެ، ވެރިކަމަށް އަންނަން ކައިރިވެލާއިރަށް ކާންފަށާނެ ކަމަށާއި، އެހެންނަމަވެސް މިފަދަ ބޭފުޅުން ދެ އަނގައިން ދައްކާ ވާހަކަތައް ރާއްޖޭގެ ރައްޔިތުން ސީދާ ގޮތެއްގައި ޤަބޫލު ނުކުރައްވާނެ ކަމަށްވެސް މިރޭ ނިހާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުން ޑރ.މުޙައްމަދު ޖަމީލް އަޙްމަދަށް ދެން އެއްވެސް ސަފްހާއެއްގެ އެއްވެސް އަކުރަކުން ޖާގަ ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ނިހާނު ވަނީ އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަޤާމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދާދި މިދާކަށްދުވަހު ހަމަޖައްސަވާފައިވާއިރު، މި ސަރުކާރުގައި ނާއިބު ރައީސް ކަމުގައި ހުންނަވައިގެން ޑރ.ޖަމީލް އަޙްމަދު ވަނީ، ބަޣާވާތަކުން ސަރުކާރު ވައްޓާލަން އެންމެ ފުރަތަމަ ކުރެވުނު މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވާކަން ޕީޕީއެމް އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލްޖިބްރާ

    ނިހާނޫ ! ކަލޭގެ ހާލު އަދި މާބޮޑެއްނު ! ކަލޭ ތީ ސީދާ ރައްޔިތުންނަށް ހަރާން ކޯރުވާމީހެއް !

  2. ދޮން

    ކަލޭ ވިލިގިއްޔަ ނާރާތި

  3. ސނ

    ޙެހެހެހެހެހެ ....ނިހާން ތިބުނީ ތެދުހަމަ..

  4. ސހދ

    ނިހާނު ބުންޏެއް ކަމަކުތީ ވަރަށްބޮޑު ތެދެތް. އެހެން އުޅެނިކޮން ބަނޑުގޮވާފާނެ

    1
    1
  5. ހިސާން

    މިސަރުކާރު ގެންނަން އެންމެ ބުރަ މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ދރ ޖަމީލްކަމީ ޕީޕީއެމްގެ ވެސް ގިނަބަޔަކު ޤަބޫލުކުރާ ޙަޤީޤަތެއް. އިޙްސާންތެރިކަމުގެ ބަދަލު އިޙްސާންތެރިކަމުން ދޭން ދަސްކުރާށެވެ. މިއަދު ނިހާނަށް އާރާއި ބާރު ލިބުމުން އެކުވެރިންމަތިން ހަނދާންނެތި ބޮޑާކަމާއި ތަކަށްބުރުކަން އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ. އެހެން ނުހައްދަވާށެވެ. މާދަމާ ޑރ ޖަމީލުގެ ފައިދަށަށްވެސް ދިއުމަށް އިރާދަކުރައްވަފާނެއެވެ. މިއީކީ ނިހާން އަދުރޭ ގެ މުޅުކަމަކުން ގެނެވުނު ސަރުކާރެއްނޫނެވެ. އެތައްބައެއްގެ ބުަރަ މަސައްކަތެވެ.

  6. އ.ޖ.އ

    ކަލެއާ ދެކޮޅަށް ދައުވާ ކުރެވޭނެ...
    މާކުންބެމެން ކަންނޭނގެ ގޮތް ހުސް ވެގެން ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވާފަ މީހުން މަގުފުރައްދަނި.. އަދި އިންނާނެ ޝޭވިން ކްރީމް އުނގުޅާފަ ނުދޮވެ ގޮސް އުޅޭ ގޮލައެއް..

  7. ލާމު

    މިހާރު ދޯ މާކުންބެ އަކަށް ވީ. ތިޔަ ބައިގަޑަށް ވެރިކަން ހޯދައިދޭން ވެގެން އެއް ފަޅުމަތިން ޢަނެއް ފަޅުމަތިން ދުވީ އެ މާކުންބެ ގޮވައިގެން.
    ލަދު ޙަޔާތުގެ ކަންފުޅެއްވެސް މި ދަރުބާރު ފެކްޝަނުގައި ނެތް.

  8. ކޯބްރާ

    ހަމަ ޔަޤީނުންވެސް ފޯއްމުލަކު ޖަމީލަކީ ބޮޑާކަމާ ކިބުރުވެރި ކަމުގެ އެއްވަނަ!

  9. ފާތިން

    ބޮނޑިބަތް ކައިލައިގެން ކޮންވެރިކަމެއް ލިބޭނީ

  10. ރައްޔިތުން

    .ވީމާ ތިބުނީ ޖަމީލަކީ އެމީހަކަށް ވެރިކަން ހޯދައިދޭ މޭސްތިރިއެކޭ ނޫން.

  11. މަހޫ

    ބޮނޑިބަތް މާގިނައިންކަނީ އުތަ، ހެހެހެ އަޅާނުލާ ނިހާނު ކައިކައި ފިލާ ތިބެދާނެނުން

  12. Anonymous

    އަރެންނައް ނިހާނުވައްތަރީ މަކަރުވެރިއަކާ