ދިވެހި ރާއްޖޭގެ ގައުމީޔުނިވާސިޓީގައި ކިޔަވަމުން ދާ އަދި މިއަހަރު ބޭއްވި އިންޓަރ ކޮލެޖް ވޮލީ ބޯލް ޓޯނަމެންޓްގެ އެމްއެންޔޫގެ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރަމުންދާ އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޓީމްގެ އޮފިޝަލް ކަން ވެސް ކުރަމުންދިޔަ ދަރިވަރެއް އިންޑިއާގައި ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ހުންއަައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ އަހުމަދު އަބްދުﷲ ނަސީރަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް އަދި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރެކެވެ. އަހުމަދު އަބްދުﷲ ނަސީރު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެގައެވެ.

ހދ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަހުމަދު އަބްދުﷲ ނަސީރަކީ އެމްއެންޔޫ ވޮލީބޯޅަ ޓީމުގެ މުހިންމު އެސިސްޓެންޓް ކޯޗެއްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ލީޑަރެކެވެ.

މީގެ އިތުރުން އިންޓަރ ކޮލެޖް ވޮލީބޯލް ޓޯނަމެންޓް 2019 ގައުމީ ޔުނިވާސިޓީ އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އަހުމަދު އަބްދުﷲ ނަސީރު ވަނީ ބޮޑު ރޯލެއް ކުޅެފައެވެ.

އެމްއެންޔޫގެ މި ހުނަރުވެރި ދަރިވަރު ނިޔާވުމާއި ގުޅިގެން އާއިލާ އަށް ލިބިފައިވާ ހިތާމައިގައި "ވަގުތު" އާއި "ވަގުތު" ގެ މުވައްޒަފުން ބައިވެރިވެ، ތައުޒިއާ ދަންނަވަމެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޝަކީ

    މަރުހޫމުގެ ފުރާނަ އަށް ސުވަރުގޭ ގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާޢިލާ އަށް ކެތްތެރި ކަން ދެއްވާށި ....

    189
    • ޙުސެން

      انا لله وانا اليه راجعون.

      12
    • ޏަލަ

      އާމީން...

      11
  2. ޏިޒާމް

    އާމީން....

    122
    1
  3. ހުދުހުދު

    ‎ ‎إنا لله وإنا إليه راجعون
    މަރަކީ އެންމެ ކައިރީގައި ވާ އެއްޗަކީ. މަރަށް ތައްޔާރު ވެގެން ހުރުން އެންމެ ބުއްދިވެރީ

    147
  4. Anonymous

    އަހުމަދަކީ އަޅުގަނޑުގެ ދަރިފުޅުގެ ވަރަށް ގާތް ރަހުމަތްތެރި އެއް. ދަރި އެއްފަދަ ކުއްޖޖެއް. މާތް ﷲ އެމަރުހޫމްގެ ފުރާނައަށް ހެޔޮރަހްމަތް ލައްވާށި. އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން .

    144
  5. މުހައްމަދު

    إنا لله وإنا إليه راجعون
    މިދުވަސް ކޮލު އިންޑިއާގައިވަރަށް ބާރުގަދަ ހުމެއް އެބައުލޭ. ރާއްޖެއިން އިންޑިއާ އަށް ގޮސް އުލޭ އެއްމެ ރައްޔިތުން އަދި އިންޑިއާގައި ދިރިއުލޭ އެއްމެހާ ދިވެހިން ފަރުވާތެރިވެ ރައްކާތެރިކަމާއިއެކު އުލުމަށް ދައްނަވަން.

    109
    1
  6. އައްޔު

    ކޮބާތަ ރަންރީނދޫ ޓްވިޓަރޭމެން މިކުއްޖާގެ މަރާއި ޔާމީނުއާއި ގުޅުވުމެއްނެތްތަ؟

    21
    115
    • Anonymous

      މިކަހަލަ ހިތާމަވެރި ހާދިސާސަކުން އެންމެނަށް އަސަރުނުކޮށްފާނެ. އަސަރު ނުކުރި ކަމުގައިވިޔަސް، އާއިލާތަކާއި ލޯބިވެރިން ހިތާމެ ފާޅުކުރަމުންދާއިރު މިކަމުގެ ތެރެއަށް ޕާޓިގެ ކަންކަން ނުވެދުން ޢިޙްތިރާމާއެކު އެދެން.

      180
      3
    • ބޭކާރުޕާޓީތައް

      ހޭބަލި ނުވެބަލަ.. ހުރިހާކަމެއް ސިޔާސީ ނުކޮށްބަލަ ކަލޭމެން ނޫނަސް މީހުން އުޅެއޭ މި ރާއްޖޭގަ.. އާއިލާއަކަށް ބޮޑު ހިތާމައެއް ކުރިނަތިވެ އެންމެގެ ހެޔޮ ދުއާއާ ހިތްވަރު ބޭނުންވެފައޮތް ދަނޑިވަޅުގަވެސް ޕާޓީ ކުޅިގަނޑު.. ތިތަ ޕާޓީތަކާ ލީޑަރުން ގޮވައިގެން މަހަށް ފުރާބަލަ ފުރާތުކޯރަށް..

      މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތއރިކަން ދެއްވާށި!!

      75
      3
  7. މަރީ

    ‎‎إنا لله وإنا إليه راجعون
    މަރަކީ އެންމެ ކައިރީގައި ވާ އެއްޗަކީ. މަރަށް ތައްޔާރު ވެގެން ހުރުން އެންމެ ބުއްދިވެރީ

    11
  8. އިބްރާހިމް މުއްތަލިބް

    އާމީން.

  9. އަހްމަދު

    މާތްﷲ މިޒުވާނާ އަށް ހެޔޮރަޙްމަތް ލައްވާ ފާފަފުއްސަވާދެެއްވާށި ، އާއިލާ އަށް ކެތްތެރިކަން ދެއްވާށި

    17
  10. އަމީޒާ

    ‎ ‎إنا لله وإنا إليه راجعون

    13
  11. ބުއްބުތަލޯ އަންހެނުން

    ‎إنا لله وإنا إليه راجعون

    12
  12. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    انا لله وانا اليه راجعون. މަރުހޫމުގެ ފުރާނަ އަށް ސުވަރުގޭ ގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާޢިލާ އަށް ކެތްތެރި ކަން ދެއްވާށި. އާމީން

    10