ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއްގެ ކަރުގައި ހިފައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅިގެން މިހާރު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ،އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ރަށު ޕިކަޕެއް ބޯޑު ހަރުނުކޮށް ލައިސެންސް ނެތް މީހުން ދުއްވަމުންދާތީ ތަކުރާރުކޮށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުން ވެސް އެކަން ރަނގަޅުނުކޮށް ދުއްވަމުންދާތީ ރަށު ޕިކަޕު ޓޯވކޮށް މަޑުއްވަރީ ޕޮލިސް ސްޓޭޝަނަށް ގެނައުމަށްފަހު އެ ޕިކަޕު ބަލާ އައުމަށް ވެރިފަރާތަށް އެންގުމުން ރަޖިސްޓްރީ ބޯޑު ހިފައިގެން ބަޔަކާއެކު ޕިކަޕު ބަލައި ސްޓޭޝަނަށް އައިސް ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުހައްމަދު

    ތި މަށްސަލައިގައި ދިވެހި ހުށިޔާރު ފުލުހުން ގެ އެއްވެސް ކުށެއް އާހިރު ގަ ހަމަ ތާއަބަދު ނެތް. އެހެންކަމަކު ހާހޫން ހާ ކިޔައިގެން މިއަދުގެ ޒަމާނަކުނުތިބޭނެ

    5
    8
  2. އިއްބެ

    ފުލުހުންގެ ތެރޭގަ އެބައުޅޭ މީހުންނައް އިންޒުދީ އުޅޭ ގުންޑާއިން ހައްޔަރުގަ ތިބޭ ކުއްވެރިން ނަައް އަނިޔާ ކުރާމީހުން ވެސް މިކަންތައް ތައް އިސްލާހު ކުރަން އެބަޖެހޭ ހުރިހާ ފުލުހުންނެއްނޫން ތަހުގީގު ރަނގަޅައް ކުރަން ފެނޭ

    16
    1
  3. ތެވެލި

    މީހުން ނަށް ތަހުޒީބު ދަސްކޮށްދިނުމަށް ކްލާސްތަކެއް ހިންގަންފެނޭ!

    7
    1
  4. ޯޮިކޮބާ

    މާލޭމީހާ އަތުގަ އޮންނަން ޖެހޭ ލައިސަންސް ރާއްޖެތެރޭ މީހާ އަތުގަ އޮންނަން ބުނާއިރު މާލެއާ ރާއްޖެތެރެ ވަރަށް ތަފާތު.

    4
    1
  5. ގުގުރި

    ރައްރަށުގަ އުޅޭ ފުލުހުންް މާބޮޑަށް އެމިހުން ވަރެއް ނެތިގެން އުޅެނީ. ހީވަނީ އަދި ބުނަނީސްޓޭޝަންގަވެސް ހުންނަނީ އެމީހުންގެ އަމަޔާ ބަފާގެ އެއްޗިއްސޭ.

  6. ޕޮފުބާ

    ބަރާބަރު

  7. މާސާ

    ފުލުހުން އެމީހުންނަށް އަނިޔާކުރީ. ވަގުތު ކަންކަން ހިނގާގޮތް ނޭގެންޔާ ނުލިޔަން ވީނު