ހަދިޔާ އަކަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާއަށް 30000 ހައްޖު ކޯޓާ ދީފިއެވެ.

ޖަޕާނުގެ އޮސާކާގައި މިހާރު ކުރިއަށްދާ ޖީ 20 ގެ ބައްދަލުވުމުގެ ތެރެއިން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގެ ތެރެއިން މިކަން އިއުލާން ކުރެވުނު އިރު މި ނިންމުމާއި އެކު ސައުދީން އިންޑިއާ އަށް ކޮންމެ އަހަރަކު ދޭ ހައްޖު ކޯޓާގެ އަދަދު 200000 އަށް އަރާނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ވިޖޭ ގޯކައްލޭ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ މިއީ ސައުދީގެ ވަލީއަހުދު ބޮޑު ވަޒީރު މޯދީއަށް މީގެ ކުރިން ވި ވައުދެއް ކަމަށާއި މިއީ ނިންމަންޖެހޭ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

ސައުދީގެ މި ނިންމުމަށް އިންޑިއާއިން މަރުހަބާ ކިޔާފައިވާއިރު މިއީ ބޮޑު ވަޒީރު މޯދީ މިދިޔަ ދައުރުން ފެށިގެން މަގާމަށް އައިފަހުން ސައުދީން ހައްޖު ކޯޓާ އިތުރުކުރި ތިންވަނަ ފަހަރެވެ.

ސައުދީން މިފަދަ ނިންމުމެއް ނިންމި ނަމަވެސް ބޮޑު ވަޒީރު މޯދީ ނިސްބަތްވާ ބީޖޭޕީ އަކީ މުސްލިމުނާއި ނުހަނު ދެކޮޅު ޕާޓީއެކެވެ.

އިންޑިއާގައި ކުށެއް ނެތް މުސްލިމުން ރޯމާއި ދުވާލު މަރަމުންދާއިރު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ނިސްބަތްވާ ވެރިކަންކުރާ ބީޖޭޕީން މިކަން ދިފާއުކޮށް ވާހަކަ ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައްޑޫސިޓީ

    މޯދީ އެންމެ ރުޅިއަންނަ އެއްކަންރައް ސަލްމާނު ތިޔަކޮށްދެއްވީ.

    15
    1
  2. އެޖެންޑާ ނަވާރަ

    މޯދީއައް ޝުކުރު ހައްގު،

    5
    9
  3. އިބްރާހީމް

    ރާއްޖެ އަށް އިތުރު ކޯޓާ ހޯދުމަށް ރާއްޖެ ސަރުކާރުން މަސައްކަތް ކުރާ ތަނެއް ނުފެނޭ

    14
    2
  4. މޯދީ

    ދިވެހި ސަރުކާރަށް މި ވަނީ ކޮން ކަމެއް؟؟؟
    މިއުޅެނީ އިތުރު ކޯޓާ ގަނޑުވެސް ހަމަނުޖެހިގެން

    12
    2
    • ބަކުރުބެ

      މުހައްމަދު ބޭނުން ވަރަކަށް ބަހާނެތާއެވެ އެއީ އާލުސޫދުންގެ ތަރިކަ ވިއްޔާއެވެ މުޅިއިސްލާމީ އުއްމަތް ހަލާކު ކޮށްފިއެވެ އިޒުރޭލްގެ ޕަޕެޓް

      18
      1
  5. ޙނ

    ޝުކުރިއްޔާ މޯދީ ސަލްމާނު

    3
    7
  6. ޖަންބު

    މޯދީ ވަރައްރުޅިއަންނަކަމެއްތީ ތިކަމުގެ ސިއްރުކަންތައް ގަޑެއްއޮންނާނެ

    12
    1
  7. ކަޝޯޖީ

    މީ ކިހާދެރަކަމެއް ސަޢޫދު އާއިލާ ބޭނުން ޤަޢުމަކަށް ބޭނުން ބަޔަކުތަ ހައްޖަށްވެސް ދެވެނީ! މައްކަތުލް މުކައްރަމާ އާއި މަދީނަތުލް މުނައްވަރާ އަކީ ކޮންމެ މުސްލިމަކުވެސް ބޭނުންވެއްޖެ ހިނދެއްގަ ދެވޭގޮތަށް ހުންނަން ޖެހޭތަންތަން!

    8
    1
  8. ﷲ އަކްބަރް

    ސައޫދީ ޝާހީ އާއިލާ އަކީ އެންމެ ފަހުގެ އިސްލާމީ ޚިލާފަތު އުވާލުމުގައި އިނގިރޭސިންނާއި ޔަހޫދީންނާއި އެކީ ޑީލް ހެދި އިސްލާމީ އުއްމަތުގެ ހަލާކު.

  9. އަހު

    ރާއްޖެއަށް އިތުރު 2000 ކޯޓާ ދޭން ރަސްގެފާނު ނިންމާވާ ކުރަން އޮތް ދަތުރު މުޒާހަރާ ކޮށްގެން ހުއްޓުވީ ޔާމިނު އިރުގައި އިތުރު ކޯޓާ ލިބުނަސް ދެން ނުލިބޭނެ ނުގޮވާކަ އެއްޗެއް ނެތް އޭރު ކޮބާ އެއަރ ޕޯޓް ބޮޑުކުރަން އާދޭސް ކޮށްގެން މިފަހަރު ލާރި ދިނީ ކޮބާ އިންޑިޔާ