ލަންކާގައި މިވަގުތު ދިރިއުޅެމުން އަންނަ ދިވެހިންނާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކޮޅުބުގައި ބައްދަލު ކުރައްވައިފިއެވެ.
ރައީސް މައުމޫން ދިވެހިންނާ ބައްދަލު ކުރައްވާފައިވަނީ އެމަނިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ އަމިއްލަ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މައުމޫން ވިދާޅުވީ މި ބައްދަލުވުމުގައި ދިވެހިންގެ ކަންބޮޑުވުން އަޑުއިވިފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މައުންޓްލެވިނިއާގައި ބޭއްވި މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އެމަނިކުފާނުގެ ދަތުރުފުޅަށް ފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި ފެށޭ ހަފްތާގައެވެ.
މިދިޔަ އޭޕްރީލްމަހުގެ 21ވަނަ ދުވަހު ލަންކާގައި ދެވުނު އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން އެގައުމުގައި ދިރިއުޅެމުން ދިޔަ އެތަކެއް ދިވެހިން ވަނީ އެގައުމު ދޫކޮށް އަލުން އަނބުރާ ރާއްޖެ އަށް އައިސްފައެވެ. އަދި ބައެއް ދިވެހިންވަނީ ދިރިއުޅުން މެލޭޝިއާއަށްވެސް ބަދަލުކޮށްފައެވެ.
އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މިހާދިސާގައި ބައެއް ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް މިހާރު އެއްވެސް ދިވެއްސަކު ހައްޔަރުގައެއް ނެތެވެ.
މި ނުބައި ޝައިޠާނުގެ ނަން ލިޔެގެން މި ނޫސް ހަޑިނުކުރުން އެދެމެވެ.
ހަގީގަތުގަވެސް މިއީ ވަރަށް ނުލަފާ ޚުދުމުޚުތާރު މީހެއް! މީނާގެ ހިތެއް ނުފުރުނު ޚުދުމުޚުތާރު 30 އަހަރުގެ ދިގު ވެރިކަމެއް ކުރެވުނީމަވެސް! މިރާއްޖެއަށް ލުބުނުހާ ފައިސާ ދަވާލާ މީނާގެ ވެރިކަމުގައި ކޮރަޕްޝަނާ އަނިޔާ އާ ފަސާދަ އިންތިހާއަށް ބޮޑޭ ބުނެ އޭރު ނަޝީދުމެން ދިޔައީ ގޮވަމުން! މީނާގެ ހުރި ނުލަފާކަމާއި ނޭއްގާނީކަން ފެނުނީ ރައިސް ޔާމީނުގެ ސަރުކާރުގައި! ރައިސް ޔާމީންގެ ސަރުކާރުގައި ތިބީވެސް މީނާގެ ދަރިން! އެކަކަށް ފޮރިން މިނިސްޓަރުކަން! އަނެކަކަށް މިނިސްޓަރުގެ ނައިބުކަން! އަނެކަކަށް ރައީސުލް ޖުމްހޫރިއާ އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް! އަނެކަކަށް މަޖްލީހުން ގޮނޑިއަކަށް ހޮވާދީފަ! މީނައަށް ހުރިހާ އިއްޒަތަކާ ޝަރަފެއްދީފަ ހުރީ! އެކަމަކު މީނާގެ ހުރި ނުލަފާކަމުން މީނާގެ ދުޝްމަނުންނާ ގުޅިގެން ރިޝްވަތާ ކަޅުފައިސާ ބަހައިގެން ސްޕްރީމް ކޯޓަށާ މަޖްލީގުގެ މެމްބަރުންގެ އެހީގައި ރައިސް ޔާމީނުގެ ސަރުކާރު މަގުމަތިންވެސް ވައްޓަން ދިޔައީ މަސައްކަތް ކުރަމުން! މީނާގެ ސަބަބުން މިހާރު އަނެއްކާ މިއޮތީ މިގައުމު ފުންވަޅު ގަނޑެއްގެ ތެރެއަށް ވެއްޓުމުގެ މަގުމަތީ! މީނާޖެހޭނެ މިގައުމަށް މި ފަސްއަހަރު ދިމާވާ ހުރިހާ ނުބައެއްގެ ފުރިހަމަ ޒިންމާ ނަގަން!
ދިވެހި އެމްބަސީގައި މި ވަގުތު ހުރި ޓެރަރިސްޓް ލުތުފީއާއި ވެސް ބައްދަލުކޮށްލަން ފެނޭ.. މައުމޫނަށް ވަރަށް ހާއްސަ މީހެއް އެއީ...
ބެއްޔަ ދިއާއި ލުތުފީއާއި ބައްދަލު ކުރަން.
ބައްދަލު ކުރި
އަނެއްކާ ކާފަ ލުތުފީއާއެކު ޑާންސްކުރީ ނޫންބާ! ކާފަ އެއީ އެހެން ހުއްޓަސް ވަރަށް ޚަޞީލަތް ނުބައި މީހެއް!
ދިވެހި އެމްބަސީގާހުންނާނެ ރަށްޓެއްސެއް. ލުތުފީކިޔާ ބޅެއް. ބައްދަލުކޮށްލައްޗޭ. ބައްދަލުކޮށްފައި ރައީސްސޯލިހުގެ ސަލާން ދަންނަވާތި.
މައުމޫނު ކީއްކުރަންތަ ދިވެހިންނާ ތި ބައްދަލު ކުރަނީ. ކޮންކަމެއް ކުރާނަމޭ ހިތާތަ. ފޭލިވެފަ އޮތް ބްރޭންޑެއް. ތިއެއް ދެން މިގައުމުގަ ނުހިނގާނެ. ދެންވެސް މަޑުމަޑުން ގޭގަ އޮތިއްޔާ ރަނގަޅުވާނީ. ގައުމު ތިވައްޓާލި އަނދަވަޅުން ކަލެއަށް އިހުތިރާމްކުރާ މީހަކު ނެތް. އަދިވެސް ފާރިޝްއާ ދެމީހުންވެގެން ވެރިކަން ވެއްޓޭތޯ އުޅޭ. އެވެސް ޔާމީނުގެ ވެރިކަން. ހިބަރުވަދު ހުރިހާ އެއްޗެއް ކިޔާދީފަ އެއޮތީ. ޔާމީނުގެ ވެރިކަން ވައްޓާލާފަ ތިއޮތީ ވެރިކަން ލިބިފަ. ދެން އޮވޭ ލިބުނު ވެރިކަމުގަ ބަގުޑި ބައްދައިގެން.
މަނިކުފާނު ލަންކާއަށް ތިކުރަށްވާ ދަތުރުފުޅަކީ ބާގީ ލުތުފީއާއި ކަރާކަރު ޖަށްސާ ސަލާމް ކުރެއްވުމަށް ކުރަށްވާ ދަތުރުފުޅެއް ހަމަ ހިނި އަންނަނީ
މިކަލޭގެހިތުން ޔާމީންގެ ދުވަސް ދުއްވާލީ މިކަލޭގެޔަށް މޮޅުތަކެއް ވާނޭކަމަށެވެ. ތިއޮތީ ވާނޭވަރެއް ވެއްޖެއްޔާ ވެފައެވެ. ދެން ތަލިތަޅާލަތަޅާލަ ހުންނާށެވެ.
ޔާމީނުގެ މީނާގެ އޮޑިޖަހައިގަނެ ބަސްނުވިކޭ ގޮތައް ދިރުނބާ ކޮޅައް ލުމުގެ ނަތީޖާ ޔާމިނައް ފެނިއްޖެތާ