އިރާގުގެ ކުރުދިސްތާނުގައި އޮތް ކޯރެއްގެ ފެންގަނޑު ހިނދުމުގެ ސަބަބުން 3400 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ގަނޑުވަރެއް ފެނިއްޖެއެވެ.

މި ކޯރު ހިނދުނީ ހަނަފަސްވެ ވާރޭނުވެހި ގިނަދުވަސްވުމުންނެވެ. 3400 އަހަރުވީ މި ގަނޑވަރު ކޯރުން މައްޗައް 65 ފޫޓަށް ހުރީ ފެންނާށެވެ. މި ގަޑުވަރު ދިރާސާކުރާ ޓީމުން ބުނީ ގަނޑުވަރުގެ ފާރުތަކުގައި ހުރީ ރަތާއި ނޫކުލަ ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކަށް އެންމެ ފުރަތަމަ މި ގަނޑުވަރު ފެނިފައިވަނީ 2010ވަނަ އަހަރުއެވެ. ނަމަވެސް ދިރާސާ ކުރުމަށް ފުރުސަތު ނުލިބެނީސް ކޯރުގެ ފެންގަނޑުވަނީ ބޮޑުވެފައެވެ.

ދިގުމިނުގައި ގާތްގަނޑަކަށް 600 މީޓަރު ހުންނާނެ މި ގަނޑުވަރުން ކުރީގެ ލިޔުންތައް ހުރި ދިހަ ގަލެއް ފެނިފައިވާ ކަމަށާއި މިހާރު ވަނީ އެތަކެތި ތަރުޖަމާކުރުމަށްޓަކައި ޖަރުމަނަށް ފޮނުވާފައެވެ.

މި ގަނޑުވަރަކީ އިރާގުގެ ގަދީމީ ތަންތަނުގެ ދިގު ތާރީހުގެ ސިއްރުތަށް ފާޅުކުރާނެ ގަޑުވަރެއް ކަން ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުޙައްމަދު

    އެތަކެތި ހުރީ ޖަރުމަނު ބހުންތަ

    18
    1
    • ޖަހުލަތު

      ދެން ފޮނުވަންވީ ކަލޭމެންގެ ގާތަށްތަ ؟ ދުނިޔޭގައި އެއްޗެއް އޮޅުންފިލާ ބައެއްގެ ގާތަކަށް ފޮނުވަންވީ؟ ކަލޭމެންނަށް އެނގޭނީ ފަގުޑި އޮޅަން

      2
      8
      • އާދަނު

        ފގުޑި އޮޅާ މީހުންގެ ފޮތްތައް ވަގށް ނަގައިގެންވެސް ލައްކަ ކަންކަން ދަސްކޮށްފައި ހުރީ.

        5
        4
  2. ރެނައިސެންސް

    ޖަހުލަތުގެ ޖާހިލު ކަން އޭނާގެ ކޮމެންޓް ތަކުން ވެސް މިދަނީ ހާމަ ވަމުންނެވެ

  3. ހަނދާންވަނީ

    ތިކަހަލަ ގަންޑުވަރެއް ހުރި އުތީމުގަވެސް! ގަންޑުވަރެކޯ، ސަހަރޯހީވެ.

    2
    1
  4. އަލްޖާބިރު

    އަލްޖާބިރު ކިޔެވީ ޔަހޫދީންގެ ގާތުން. ދެން ވެސް އެއްޗެއް އެނގޭ މީހަކު ހުރިއްޔާ ދަސް ކުރީ ހަމަ އެފަދަ ބައެއްގެ ގާތުން. އަމިއްލަ ބޮޑު ފޮތުން އެނގުނު ސައެންސެއްވެސް މިހާތަނަކަށް ދުނިޔޭގެ ސައެންސްވެރިޔަފު ފައިވާނު ވަދަކަށް ވެސް ބޭނުން ހިފާފައެއްނެތް. މިއަދަކު ތިޔަހެން އޮޅުވާލައިގެން މައުލޫމާތުގައި ބަގުޑިބައްދައިގެން ނުތިބެވޭނެކަން ދަނެއު.

    1
    3