ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހަދަން ހުއްދަ ނުދޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޝަމާލް ވިދާޅުވެފައިވަނީ ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަން އެއްވެސް ބަޔަކަށް ދިނުމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހި އަސްކަރިއްޔާ އިން ވެސް ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ބޭރު ގައުމުތަކާއި ގުޅިގެން މިލިޓަރީ ކެޕޭސިޓީ ހޯދުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅުން ބައެއްގައި ކޯސްޓް ގާޑުގެ އުޅަނދުތައް އަޅާފައި ބޭއްވުމަށާއި، މެއިންޓަނަންސް މަސައްކަތް ކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެތަނުގައި އިންޑިއާގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ދޭން އުޅޭ ކަމުގެ އަޑުތަކަކީ ދޮގެއް ކަމުގައިވެސް ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އަމިއްލަ ރިޕެއާ ވަސީލަތްތަކެއް ހުރުން މުހިންމު ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. މިގޮތުން އުތުރު ތިލަފަޅުގައި މިފަދަ ތަނެއް ގާއިމު ކުރެވިއްޖެނަމަ ކޯސްޓްގާޑުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ބޭރުގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ރާއްޖޭގެ ސަރަހައްދެއް ދޭން އުޅޭ ކަމަށް ބުނެ ސަރުކާރަށް ފާޑު ކިއަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަނީ އެއީ ރާއްޖެ އިންޑިއާގެ ބާރުގެ ދަށަށް ގެންނަން އެގައުމުން ކުރަމުން އަންނަ މަސައްކަތުގެ ފުރަތަމަ މަރުހަލާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤާދިރު

    ހުއްދަ ދިނުމާއެކު ވެރިކަން ވެއްޓޭނޭކަން އެގޭތީ ހުއްދަ ދޭން ނުކެރޭނީ ! ހުއްދަ ނުދޭނީކީނޫން. އިދިކޮޅު އޮތީ ވަރަށް ހުޝިޔާރުގައިކަން ދައިތައަށް އެގޭނެ!

    14
  2. ޢަބޫ ނިއާމް

    ވަރައްއަވަހައް ވެރިކަން ވައްޓާލެވެނެ..ކިތައްމެ ނޫންކަައް ހެދިގެންއުޅުނަސް އިންޑިއާގެ250 ސިފައިންމިހާރު އެބަތިބި ހަތިޔާރު ބެނުންކުރުމުގެ ހުއްދަވެސ ދީފައިވަނީ.. އިންޑިއާ ސިފައިންނައް ވަނީ ޑިޕޮލޮމެޓިކް އިމުނިޓީ ލިބިދީފައި އެމީހުން ވައްކަންކުރިއަސް މީހަކު މެރިއަސް ދިވެހި ޕޮލިހުން ނާއި ސިފައިންނައް އެއްވެސް ކަމެއް ނުކުރެވޭނެ.. އައްޑޫ އިން އައި. އެސް މީހުން ހައްޔަރު ކުރިކަމައް ބުނެ ރައްޔަތުންނައް ބިރު ދައްކަނީ

  3. ކަންބުލޮ

    މަރުކަޒެއް ނަހަދާކަން އެކަނި މިހާރުވެސް އިންޑިޔާސިފައިން އިތުރުކުރުމައް ބޮޑެތި ބިންތައްދިނުމައް ތައްޔާރުވަމުންދަނީ

    10
  4. ހޯހޯ

    މިދައިތަ މިލޯބޮޑު އައިނު އަޅާން ކުރާހާވެސް ކަމަކީ މޯދީ އަށް ސަލާންޖެހުން

  5. ގޫބެ

    ކިތަންމެ ވަރަކަށްް ނޫންކަމަށަް ހެދިގެން އުޅުނަސް ރާއްޖޭގައި ތިކަންކުރާނެ ސިފައިންވަނީ އެއްބަސްވެފަަ ހަންފަތުރަން ދަސްކުރީ ދައތަކައިރިންތަ؟

  6. ހަލޯ ހަލޯ!

    ތިކަން ވެސް ކުރާނެ. ކުރާނެ ގޮތަކީ ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލައިގެން.