ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަަތައް ތަހްގީގް ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ޓީމުން ކ.ތުލުސްދޫގައި މަސައްކަތް ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ރާޣިބުގެ މައްސަލަ ބަލަމުން އަންނަކަން ހާމަކުރައްވާފައިވާއިރު، މިހާރު އެ ކޮމިޝަންގެ ތަހުގީގީ ޓީމު ވަނީ މައްސަލަތައް ބެލުމަށް ތުލުސްދޫއަށް ގޮސްފައެވެ.
ތުލުސްދޫއަށް ޖޭ.އެސް.ސީން ދިޔައީ އެ މައްސަލަތަކުގެ ހެކިވެރިންގެ އަޑުއެހުމަށްވުރެ ސީދާ ޖޭ.އެސް.ސީގެ ޓީމް އެ ރަށަށް ދިއުން ރަނގަޅުވާނެކަމަށް ފެންނާތީ ކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ.
މި ހަފްތާގެ ތެރޭގައި ޖޭ.އެސް.ސީން ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެެ މެޖިސްޓްރޭޓްގެ މައްސަލަ ބަލާ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ، އަދި މަޖިލީހުން ވަނީ އޭނާ ވަކިކުރުމަށް ފާސްކޮށްފައެވެ.
ކިހާބޮޑުވެއްޖެކަމެއްތަދެން ކޮބާތޯ ލުތުފީ އެކަންބަލާ ރައްއިތުންނަށް ސާފުކޮށްދޭންވީ އަމިއްލަ މަސްލަހަތު އޮތްކަމެއްވީމަ ފޮރުވާފަ އެކަން އޮތްބަން އެހެންކަންތަށްތައް މިރަނީ
ތީ ސިޔާސީ ކަންކަން. އެމްޑިޕީގެ ފިކުރަށް ތާއީދުނުކުރާ އެންމެން ދުއްވާލަން ޖަހާ މޮޅު ސްޓަންޓެއް. ކޯޓުގެ މުވައްޒަފުންނަށް ފްލާޓްކުރި މާކުރަތު އަދުނާނުގެ މައްސަލަވެސް ނުބަލައެއްނުން. އެމްޑީޕީގެ އެކްޓިވިސްޓުން ކޯޓުތަކަށް ލުމަށް ކުރާކަމެއްތީ. ހެޔޮ އެކައްޗެއް ނޭގުނަސް. ފުރާޅުން ލީކުވޭތޯބަލަން ތިއްބަސްއޯކޭ. އައްނި ބުނާގޮތަށް ޙުކުމްކުރީމަނިމުނީ. އެޖެންޑާ 19 އަތަށް ގޮވަނީމީ. މިހުރިހާވެސް ކަމަކީ ބޮޑުވަޒީރުގެ މަގާމަށް އައުމަށް ތަންތަން ކޮށާމަށަނީ. ދެކޮޅު އެކަކުވެސް މިދުނިޔޭގަ ނުބަހަޢްޓާތި.