އިންޑިއާގެ މަޝްހޫރު ފިލްމީތަރި އަދި ޕްރޮޑިއުސަރު އަދިއްތިޔަ ޕަންޗޯލީ އާއި ދެކޮޅަަށް އިންޑިއާގެ މުމްބާއީގެ ފުލުހުން އެފްއައިއާރު ރިޕޯޓެއް ފައިލް ކޮށްފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ފުލުހުން އެފްއައިއާރު ރިޕޯޓް ފައިލް މިކުރީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ރޭޕްކުރި ކަމުގެ ތުހުމަތު އަދިތިޔާ ޕަންޗޯލީއަށް ކޮށް އެކަމާ ގުޅިގެން ދައުވާކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ ފުލުހުންނާއި ކޯޓަށް ހުށަހަޅައިފައި ވަނިކޮށެވެ.

މިކަމާ ބެހޭ ގޮތުން މުމްބާއީގެ ވާސޯވާ ޕޮލިސް ސްޓޭޝަންގެ ސީނިއާ އޮފިސަރަކު މީޑިއާތަކަށް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާތީ ބަޔާން ދޭން ކަންގަނާ އާއި އަދިތިޔާއަށް އަންގާފައި ވާނެ ކަމަށެވެ.

ކަންގަނާއާއި ޕަންޗޯލީ ވަނީ ކަންގަނާ ފިލްމީ ދާއިރާއަށް ނުކުތް ދުވަސްކޮޅު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. މިއީ ހަތަރު އަހަރަށް ވުރެ ދިގު ދެމިގެން ދިޔަ ގުޅުމެކެވެ.

ފުލުހުން މިހާރު ދެ މައްސަލަ ވެސް ބަލަމުން އަންނަ އިރު އަދިއްތިޔާ ކަންގްރާ ރޭޕް ކުރި ކަމަށް ބެލެވެނީ އޭނާ ޒުވާން އިރުއެވެ. ނަމަވެސް ކަންގަނާ މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭރު އޭނާ އަކީ ކުޑަ ކުއްޖެއް ކަމަށެވެ. ޕަންޗޯލީ އޭނާ ގެންގުޅުނީ ގޭގައި ބަންދުކޮށްގެން ކަމަށެވެ.

އަދި ޕަންޗޯލީ ކައިރިން ސަލާމަތްވީ ފުލުހުންގެ އެހީ ހޯދައިގެން ކަމަށް ބުނެ އޭނާގެ އަނބިމީހާއާއި އާއިލާވެސް ވަނީ ބޭޒާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންޑިޔާ ނޫސް

    ވަގުތު ނޫސް މި ހީވަނީ އިންޑިޔާއާ އަޅައިގަނެގެން ތެޅޭ ނޫހެއްހެން. އެކަމަކު މިއިންމީހެއްގެ މީހެއް ބަލިވިޔަސް ދަނީ އިންޑިޔާއަށް.. އެމީހުން ނަށް ހީވާނެތަ އެއްޗެއްލިޔުނަސް އެއީ ބޮޑު އާބާދީ އެއް އޮތް ބޮޑު ގައުމެއް. ރާއްޖޭގައި ވާ ކަންތަކާ ބެހިބަލަ.... ފާތުމަ ނޫސް

    11
    46
  2. ޖަހާންގީރު

    ވަގުތު ނޫސް ބަރާބަރު ( އިންޑިޔާ ނޫސް ) ކަލޭގެ އިންޑިއާގެ ނޫސްތައް ބެހެނީ ހަމައެކަނި އިންޑިއާގެ ކަންތައްތކާތަ ، ހޭބަލި ޝިރްކް ގެރި ނޫ ދަވާދު ޖިންނަ ޝައިތާނުންނަށް އަޅުކަން ކުރާ ގެރި ކަރަ އިންޑިއާ

    29
    7