މާލޭގައި ބާއްވަމުން އަންނަ މަގުމަތީ ބާޒާރާއި ފެއާރތައް ބޭއްވޭނެ ދުވަސްތައް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން ނައިޓް މާރކެޓް އަދި ފެއާރތައް ބޭއްވޭނީ ކޮންމެ އަހަރަކު ދެ ފަހަރު ކަމަށަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ނައިޓް މާކެޓާއި ފެއަރތައް ބޭއްވޭނީ ރަމަޟާން މަހުގެ ކުރިންނާއި ސުކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށެވެ.

މީގެ އިތުރުން ނައިޓް މާރކެޓް އަދި ފެއަރ ބޭއްވޭނެ މުއްދަތަކީ ހަތް ދުވަސް ކަމަށާއި މި ދުވަސްތަކުގައި ގްރޭޓާރ މާލެ ސަރަހައްދުގެ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޭއްވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މީގެ އިތުރުން ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުގައި ވިއްކަނީ ހަމައެކަނި ދިވެހިރާއްޖޭގައި ޤާއިމުވެގެން ހިންގާ ފިހާރައެއްގައި ނުވިކި ހުރި މުދާކަން ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތައް އިންތިޒާމް ކުރާ ފަރާތްތަކުން ކަށަވަރު ކުރަން ޖެހޭ ގޮތައް ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުސޫލު އިކޮނަމިކް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

އެ އުސޫލުގައި ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރައެއްގައި ނުވިކި ހުރި މުދާކަމަށް ސަރުކާރުން ކަނޑައެޅިއިރު ފަހަކަށް އައިސް ފެއަރ ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކުގައި ގިނަ މީހުން އެއްޗެހި ވިއްކަނީ ރާއްޖެ އިން ބޭރުން މުދާ ގެނެސްގެންނެވެ. ނަމަވެސް މިއުސޫލާއެކު ދެން އެގޮތައް ވިޔަފާރިއެއް ނުކުރެވޭނެއެވެ.

އަލަށް އެކުލަވާލި މި އުސޫލު ބުނާ ގޮތުން މިއުސޫލުގެ މައިގަނޑު މަޤުޞަދަކީ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ހިންގާ ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކާއި އެފަދަ އެހެން ވިޔަފާރިތައް ހިންގާ ފަރާތްތަކުން، ވަކި ތަނެއްގައި ޤާއިމުވެގެން ވިޔަފާރިކުރާ އެހެން ފަރާތްތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ބާޒާރުތައް ހިންގޭނެ އުސޫލެއް ކަނޑައެޅުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    އެހެންތަ ހާދަ ވަރުގަދަ އަމުރެއް ، އަބުރާބެހެވޭނެ ގަޑިއަކު ހައްޓި ފަހަރުވެސް ދޯ ލާދީނީ ބައިގަނޑު !

    7
    2
  2. ދދދދދދ

    ތީ ރަނގަޅު ގޮތެއް. ކަޅުދައްތަ ކުރިޔަސް ރަނގަޅިއްޔާ ރަނގަޅު.