6 ބިލިއަން ޑޮލަރުގެ އަގު ބޮޑު ޑިޒްނީ ލޭންޑް އިނގިރޭސި ވިލާތުގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

6.5 ބިލިޔަން ޑޮލަރު ޚަރަދުކޮށް މިތަން ބިނާކޮށްފައި ވަނީ ޑިޒްނީގެ ފިލްމުތަކާއި ކާޓޫންތަކުގެ ތީމްތަކަށް ބިނާކޮށް ތީމް ޕާކެއްގެ ގޮތުގައެވެ. އަދި އެތަނުގައި ހޮޓެލް ކޮމްޕްލެކްސްއެއް ވެސް ހުންނާނެ އެވެ. މިތަން ހަދަމުންދަމީ ލަންޑަންގެ ރިސޯޓެއް ކަމަށްވާ ސުވަކޮންބޭގައެވެ.

2000 އަކަ މީޑަރުގެ ޓިއޭޓަރެއްވެސް ހިމެނޭ މިތަން ހުޅުވަން ނިންމާފައި އޮތީ 2024 ވަނަ އަހަރުއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ވޯލްޓް ޑިޒްނީ ކުންފުނީގެ ތީމް ޕާކުތަކެއް ހުންނަ ނަމަވެސް މިއީ އިނގިރޭސިވިލާތުގައި ގާއިމުކުރާ މިފަދަ ފުރަތަމަ ތަނެވެ. އަދި މިއީ އެމެރިކާއާއި އިނގިރޭސި ވިލާތާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ތަނަކަށް ދެ ގައުމަށް ވެސް ވެގެން ދާނެ އެވެ.

މި ތީމް ޕާކުން ޑިޒްނީއަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ބަލާ ނަމަ އެތަނުގެ ހޮޓަލާއި، ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނާއި މުނިފޫހިފިލުވުމުގެ ރައިޑްތަކާއި މާޗަންޑައިޒްތަކުން އުފައްދާ އާމްދަނީގެ ޖުމްލަ 43 އިންސައްތަ ޑިޒްނީއަށް ލިބޭނެ އެވެ.