ސުޕްރީމް ކޯޓުން މިމަހު އެއްވަނަ ދުވަހު ނެރުނު އަމުރު ބާތިލުކުރީ ތިން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ބަޑިޖައްސައި ބިރުދައްކައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފު މިހެން ވިދާޅުވީ މިރޭ "ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރުގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި އަމުރުގެ އެއްބައި ބާތިލުކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް އެ އަމުރު ތަންފީޒުކުރަމުންދާއިރު، އަމުރު ބާތިލުކުރީ ތިން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ބަޑިޖައްސައި ބިރުދައްކައިގެން ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ.

"ސަރުކާރުން ސްޕްރީމް ކޯޓުގެ އަމުރު އެއްބައި ބާތިލުކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް އެ އަމުރު ތަންފީޒުކުރަމުންދާއިރު، އަމުރު ބާތިލުކުރީ ތިން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ބަޑިޖައްސައި ބިރުދައްކައިގެން. އެކަމުގެ ތުހުމަތު ކުރުގެ ޖާގަ އެބައޮތް" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރެއްވޭނެ ކަމަށާއި މިހާރު ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުކަމުގެ ސަބަބުން ރައީސް ޔާމީންނަށް ރަނގަޅަށް ނިދިނުކުރެއްވޭނެ ކަމަށެވެ.

މުޅި ދުނިޔެ ދިވެހި ސަރުކާރާ ދެކޮޅު ކަމަށާއި ސަރުކާރު އޮތީ "ރޮދިފަށަކަށް" ވެފައި ކަމަށް ވިދާޅުވެ މަހްލޫފް ވިދާޅުވީ ސުޕްރީމް ކޯޓް ހިސޯރު ކޮށްފައިވާއިރު، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެންނާއި ބަންދުކޮށްގެން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ.

މެންބަރުންނަށް ރިޝްވަތު ދޭން އުޅޭ ކަމަށް ބުނާ ވާހަކައަކީ 100 ޕަސެންޓް ޔަޤީން މައުލޫމާތު ލިބިގެން ދައްކަވާ ވާހަކައެއް ކަމަށާއި "އެކަމަށްޓަކައި 100 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ސިފައިންގެ އޮފިސަރުން ވެސް ބައެއް މެމްބަރުންނަށް ގުޅުއްވަމުން ގެންދަވާ" ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އާދަން

    މަހުލޫފުތިދަނީ މާމައްޗައް ކަމެއްދިމާވީމަ އަލިފާނޯތް ގޮވާނެ

  2. ސުނީ

    ކަލޯ ތި ދުލެއް ނޯޅޭނެ....

  3. އިންސާނާ

    މަހްލޫފުގެ މުސީބާތުން މިގައުމާއި ރއްޔިތުން ސަލާމައް ކުރައްވާފާނދޭ އާމީން

  4. ކިނބިމާ

    ހޭބަލިވަނީ ތޯ؟
    އަތަށް ގޮވި ބަގާވާތް

  5. ާއަލީ

    މަހުލޫފައް އެންމެގިނައިން ހުށަހެޅީ މަހުލޫފުއަކީ އަންނިއަތުންނާ ގާސިމުއްތުންރީލޯޑް ކޮށްފަ ހުރިމީހެއް މިކަންއެގޭނެ މުޅިރާއްޖެއަށް

  6. ވަލުގެ އަހުމަދު

    މި ރީލޯޑް މަހުލޫފުގެ ކަންތައް މިހާރު މިދަނީ މާ މައްޗައް.ސަރުކާރުން ވެއްޖެ ނޫންތަ މިކަލޭގެ މޮޔައިންގެ މަރުކަޒައް ގުރައިދޫ ގެންދަން.މުޅި ޤައުމު ފަސާދަ ކުރަމުން މި ކަލޭގެ ދުވާއިރު ވެސް މިކަލޭގެ އައް އެއްވެސް ފިޔަވަޅެއް ނާޅާ ހުންނާތީ ހިތާމަ ކުރަން.ދޮގުހެދުމާ މީހުންނައް އޮޅުވާލައިގެން ރައްޔިތުންގެ ތެރޭގަ ވާހަކަ ދައްކަމުން ދުވަން މި ކަލޭގެ އިންސާނުން އުޅޭ ތަން ތަނައް ދޫކޮއްލާފަ ނުބެހެއްޓުމައް އާދޭހާއެކު ގޮވާލަން.

  7. ޢިސްމާލު

    އާ މަދުށިން ބަޑިޖައްސަނިކޮށް. ޢެކަމު ދެން ކީއްތޯ ކުރާނީ. މެމްބަރުން ނުގަނެވޭ ގޮތް ހެދީމަވެސް ކަލޯމެންނަކަށް ކަމަކު ނުދިޔަ. ޢެވެސް ބާތިލުކުރަން ވެއްޖެ. ޙުރިހާކަމެއްވެސް ތިކުރަނީ ތިބޭފުޅުން ނޫންތޯ. ތިއޮތީ އަތަށް ގޮވާފަ

  8. ދޮންބެ

    ޢަމުރު ބާތިލް ކުރީ ބަޑި ޖައްސައިގެން. ޢަމުރު ނެރުނީ 30 މިލިޔަން ޑޮލަރުގެ ރިސްވަތު ދީގެން. މިތަނުން ސަހަލު ނެތް އެކަކުވެސް

  9. ދިރާސާ

    ޥެދާނެ މި މޮޔަސޮރު ގެންގުޅޭ ބަޑިން ބިރު ދެއްޖީ ކަމަށް !! ރި. ލޯ. ޑް !!!!!!!!

  10. މމ

    މަހޭ ލޮލް

  11. ކަނޑު ކޮސް

    މަހޭ ސިކުނޑީގެ ޑޮކްޓަރ އަކަށް ދައްކާލަ، މަހޭ އަކީ ކޮހެއް ނޫން "ކަނޑު ކޮހެއް"

  12. އަހްމަދު

    މީނަމިވަރައްދޮގުހަދާއިރުވެސް ކޯޓުން މީނަގެއަގައިގަ ހައްދުޖަހާކަށްނުވޭތަ؟

  13. ފ. މަގޫދޫ މީހާ

    މަކުނުވާފަށެއްހައި ވިޔަސް މިސަރުކާރު ބަލިނުކުރެވޭނެ. ތެޅިތެޅި ތިތިބަ ހުޅުނބުދަނީ. ވީކޮންކަމެއް. ހަމަ އެއްކަމެއްވެސް ނުކުރެވޭނެ.

  14. އާދަނު

    ތިޔަޖެއްސި މެޝިންބަޑިގެ ފޮޓޯތައް ސޯޝަލްމީޑިޔާގަ ދައުރުވަމުން އެބަދޭ. މިހާރު އަހަރެމެންނަށް އެނގޭ އަމިއްލައަށްވެސް ބަޑިޖަހާ އުޅޭކަން.

  15. އހ

    ސަރުކާރަށް ގޮވާލަން ދައިވާ ކުރުމަށް.
    މަހްލޫފް ސާބިތްނުހިފޭ ދޮގު މައުލޫމާތު ފަތުރަންޏާމް ދައުވާ ކުރެވެން ވާނެ.

  16. ހޭމަ

    ކަލޯ އިސްކޮޅަށްވުރެ އެތައްގުނަ މަތީގަތިއުޅެނީ، ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ނަގައިގެން، ރައްޔިތުންނާ ދެކޮޅަށް އުޅެވޭތީއާއި ހިޔަނިފެނިފަ ހީވީކަހަލަ ތިމަންމީ ވަރަށް ބޮޑުމީހެކޯ، ކަލޭ ގުރައިދޫ މީހުންތެރޭ ބައިންދަން އެމީހުންވެސް ނޭދޭނެ،..... މުރުގުއި

  17. އަލީ

    މިމޮޔަސޮރު ހިފާ ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވަލަން މީނައަކީ މިހާރު ގައުމީސަލަމަތަށް ހުރިނުރައްކަލެއް މީނަ ހައްޔަރު ކޮށްގެން ގުރައިދޫއަށް ގެންދަންފެނޭ.

  18. ތާޖުދާރީން

    މިއަދުވެސް މާދަމާވެސް އުމުރުގަ އޮތްހާދުވަހަކު ކުރިނަމަ ކުރިރަނގަޅު ކަމެއްއޮތްނަމަ އެކަމަކުން ފައިދާކުރާނެ މަހޭތިޔަ ތިޔަރީލޯޑް ނަގައިގެން ކުރަމުންގެދާކަންކަމުގެ ފަހަތުން ަައަންނަހަލާކު އަދިބައްދަލުކުރާނެ..-

  19. ޙަފްޞާ / މާލެ

    މިސޮރު ހުރީ ބްލެކްމެއިލްވެފަ! ކިރިޔާ ނުއަތަކަށް ފިރުކާލިޔަސް އޮރިޔާންކުރާނޭކަން އެނގޭ! އެހެންވެ ޙަޤީޤަތް އޮތްތަނުގަ ބާއްވާފަވެސް އެމީހުން ރުއްސަން އެބަޖެހޭ! އެއީ ވާގޮތަކީ!

  20. ޖައްލާދު

    ވަރުގަދަ ބަޑިއެއްތާ، ނާކާމިޔާބުވާ ކޮންމެ ފަހަރަކު ބަޑި، އިސްތިއުފާވެސް ދިނީ ބަޑި ޖައްސައިގެން، ހުކުމްވެސް ބަޑިޖައްސައިގެން

  21. ރައްޔިތުން

    .ގާނޫނީ ޙުކޫމަތެއްގަ 5 ފަނޑިޔާރުން ނިންމާ ނިންމުމެއް އެއިން 2ބަންދުކޮށް ބައިތިއްބައިގެން އަނެއް 3ފަނޑިޔާރުންނަށް އެ ނިންމުމެއް ބާޠިލެއް ނުކުރެވޭނެ.

  22. މަހޫ

    ބަޣާވާތް ފުޅެއް ގެންނަން އުޅެނިކޮށް އިސްތަށިފުޅުގައި ޖެއްސިއތި މަނުބުނާނަން، އެކަހަލަވާހަކަ ދައްކާކަށް ނުވާނެ އެހެންވީމާ، ސޮރީ

  23. ާއަލީ

    މީހަމަ ރީލޯޑެއްެ