ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިރާގުން ގިގަބިޓްސް ސްޕީޑުގައި ހަލުވި އިންޓަނެޓް ތައާރަފް ކޮށްފިއެވެ.

މިއަދު ދިރާގް ހެޑް އޮފޯހުގައި ބޭއްވި ރަސްމިޔާތެއްގައި މި ޚިދުމަތް ތައާރަފް ކޮށްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރ މުހައްމަހު މަލީހު އެވެ.

1 ގިގަބައިޓްސް ޕާ ސެކަންޑް ސްޕީޑުގައި މިއަދު މި ހިދުމަތް ތާރަފް ކުރެވުނު ރަށްތަކަކީ މާލޭ ސިޓީ ހުޅުމާލެ ވިލިގިލި ހިމޭނެ ގޮތަށް ހދ ކުޅުދުއްފުށި, ލ.ގަން, ލ. ފޮނަދޫ, އައްޑޫ ސިޓީ, އދ ދަގެތި, ފުވައަމުލައް, ބ އޭދަފުށިގައެވެ.

ގިގަބިޓްސް ސްޕީޑުގައި މިހާރު ބޭނުން ކުރާ ފިކްސް ބްރޯޑް 100 އެމްބީބީއެސް އަށް ވުރެން 10 ގުނަ ސްޕީޑްގައި ހަލުވި އިންޓަނެޓް ލިބޭނެ އެވެ. ދިރާގުން ބުނީ މި ހިދުމަތް މިހާރުވެސް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

މި ހިދުމަތް ތައާރަފް ކުރުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުން ކޮންމެ ހިދުމަތެއް ދެމުން ގެންދާއިރުވެސް ބޮޑަށް ބަލަނީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް އެ ހިދުމަތެއް ފޯރު ކޮށްދިނުނަށް ކަމަށެވެ.

"ގިގަބިޓްސް ސްޕީޑްގައި އިންޓަނެޓް މި ލޯންޗް ކުރެވުނީ ދިރާގު ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއްގެ މަތިން, ފިކްސް ބްރޯޑް ބޭންޑް ބޭނުން ކުރާއިރު އެންމެ ރަައުޓަރ އަކުން ގިނަ މީހުން ބޭނުން ކުރުމުން ނެޓް ސްލޯވޭ މި މައްސަލަ އަށް މި ހިދުމަތުގެ ސަބަބުން ހައްލު ލިބޭނެ" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރުވެސް ދެމުންދާއިރު މިހާރު ރާއްޖޭގެ 58 ރަށެއްގައި ދިރާގުން ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކު ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވގ

  މިފަހަ ބިލައް އަރާނެވަރެއްވިސްނޭގެ

 2. ީކަސްޓަމަރު

  ކުރިން ލިބޭ ހަލުވި އިންޓަނެޓް އިން ދިވެހިންނަށް ވާނެ !!!
  އާދޭސްކޮށް ބުނަން ގިގަރބައިޓް ބޭނުމެއް ނޫން....

  10
  2
 3. ވިދާޅުވިތޯ

  ޚިދުމަތް މިހާރުވެސް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވުމުގެ އުތުރުން، ޚިދުމަތް ބޭނުންވާ ފަރާތްތަކުން ކަންތައް ކުރަންވީ ފަސޭހަ ގޮތެއް ވިދާޅެއް ނުވޭބާ؟

 4. ކުޑޭ

  ބިލްއަތް ނުފޯރާ ފަށުގައި ތިދެން ކޮންކަމެއް!