އުރުކޮރެއާއަށް ގޮސް އުތުރުކޮރެއާގެ ޑީ މިލިޓަރައިޒް ޒޯނުގައި ހުރެ އުތުރު ކޮރެއާގެ ރައީސް ކިމް އާއި ސަލާމް ކުރި އެމެރިކާގެ ފުރަތަމަ ރައީސް އަކަށް ޓްރަމްޕް ވެއްޖެއެވެ.

އުތުރު ކޮރެއާއަށް މިއަދު ގޮސް ތާރީހުގެ ތެރެއަށް ޓްރަންޕް ދިޔައިރު ޓްރަމްޕް އުތުރު ކޮރެއާއަށް މިދިޔައީ ޖަޕާނުގައި ބޭއްވި ޖީ20 ސަމިޓަށްފަހު ކޮރެއާ ސަރަހައްދަށް ކުރެއްވި ކުއްލި ދަތުރެގައެވެ.

މިދަތުރުގައި ކިމް ޖޮންގް އުންއާއެކު ތާރީހީ ބައްދަލުވުމެއް ބާއްވާފައިވާއިރު މި ބައްދަލުވުމަށްފަހު ޓްރަމްޕް ވަނީ ބޯޑަރު ހުރަސްކުރައްވައި އުތުރު ކޮރެއާއަށް އެތެރެވެފައެވެ.

ގާތްގާތުގައި އުތުރު ކޮރެއާ އިން މިދިޔަ އަހަރު ކުރީކޮޅު މިސައިލް ޓެސްޓްތަކެއް ކުރުމުން ކޮރެއަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެސް ހީވެފައި ވަނިކޮށް ބޭއްވި ފުރަތަމަ ސަމިޓްގައި ކިމް ވިދާޅުވީ ޓްރަމްޕް އާއި ބައްދަލުކޮށް މަޝްވަރާ ކުރުމާއި ހަމައަށް އައުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ނިއުކްލިޔާ މައްސަލާގައި ޓްރަމްޕް އާއި ކިމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ސިންގަޕޫރުގައެވެ. އަދި ދެވަނަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު 28 ގައި ވިއެޓާންމްގެ ވެރިރަށް ހަނޯއީ ގައި ވަނީ ބާއްވާފައެވެ.

އެމެރިކާއިން ބުނެފައިވަނީ އެގައުމުން ބޭނުންވަނީ އުތުރު ކޮރެއާއިން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ހުއްޓާލުން ކަމަށެވެ. އެގޮތަށް އުތުރު ކޮރެއާއިން އެއްބަސްވާންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު