އަވައްޓެރި ގައުމުތަކާއި ރާއްޖެއަށް ހެޔޮއެދޭ ގައުމުތަކާއިވެސް ގުޅުން ބަދަހިކުރާނީ ރާއްޖެގެ އިގްތިސާދަށް ފައިދާ ކުރާނެ ގޮތަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ތިބި ދިވެހިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަމުގައެވެ. އަދި ރާއްޖެގެ ތަރައްގީއަށް ވަރަށް ގިނަގުނަ އެހީތެރިކަން އެގައުމުން ފޯރުކޮށްދީފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެއެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގިނަ ގައުމުތަކާއި ގުޅުން ބަދަހިކޮށް ރާއްޖޭގެ ހާރިޖީ ގުޅުންތަށް ވަރުގަދަ ކުރަން ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގައި ތިިބި ދިވެހި ދަރިވަރުންނަކީވެސް ކުރިމަގުގައި ރާއްޖެ ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އެދި ވަޑައިގަންނަވާފައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ގާތް ގުޅުމެއް އުފައްދަން ދިވެހި އެމްބަސީން މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށާއި އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ދިވެހި އެމްބަސީ މެދުވެރިކޮށް ދޭ ޚިދުމަތްތަކުގެ ތެރެއިން އެމްބަސީއަށް ކޮންމެހެން ހާޒިރުވާންޖެހޭ ކަންތައް ފިޔަވައި އެހެން ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ވެސް މިހާރު ވާނީ ހަމަޖެހިފަ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިޔާލަކީ،

    ވަސް ނުބައިވެއްޖެއެވެ. ރަހަ ތަފާތުވެއްޖެއެވެ. ކުލަ ހުތުރުވެއްޖެއެވެ. މިއީ ހައްތާވެސް ކުނިވެ ހަލާކުވުމުގެ އަލާމާތްތަކެވެ. ދިފާޢުގައި ނުކުންނަށްޖެހޭ މައިގަނޑު ސަބަބެވެ. ރައީސް ނަޝީދުގެ ދެކޮނޑުގައި ދެބަސްތާ ދެއަތުގައި ދެކޮތަޅު އަނގައިގާ މައިކްރޯފޯން

  2. ދދދދދދ

    މިނިވަންކަމާއި ސިޔާދަތަކީ ކޮބައިކަން ދަސްކުރީ ބަފައިބެ ގާތުންނެއްނު. ވީމާ އޭގެ އަގު "ފިސާރި ރަނގަޅަށް" އެނގޭނެތާ. އަޅުގަނޑަށް ރަނގަޅީ މަނިއްޕުޅު ދެނެވަޑައިނުގަންނަވާ ކަންކަމުގެ ވާހަކަ ނުދެއްކެވިއްޔާ.