މިއަހަރު ރާއްޖެއަށް ސައުދީ އަރަބިއްޔާ އަށް ދިން 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން 80 ކޯޓާ އިސްލާމިކް މިނިސްޓްރީިން ނަގައިފިއެވެ.

މިއަދު ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީ އިން ދިން ފުރަތަމަ ކޯޓާގެ 1،000 ޖާގައިން އެ ކޯޕަރޭޝަނަށް ކަނޑައަޅާފައިވާ 550 ޖާގައިގެ "ތެރެއިން 80 ޖާގަ ވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވް ކުރެވިފައި"ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ބޭނުމަަކަށް އެ 80 ޖާގަ ނަގާފައިވާކަން، ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާއިރު، މިއީ ކޮން ބޭނުމަކަށް އެ މިނިސްޓްރީން ރިޒާވް ކުރި ޖާގަތަކެއްކަން ޔަގީނެއް ނޫނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝާފީ "ވަގުތު"އަށް ވިދާޅުވީ، އެ މިނިސްޓްރީން ރިޒާވްކުރި އެ ހައްޖު ކޯޓާތަކަކީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް އެތަންތަނުން ދޭ ދަތުރުތަކަށް ހާއްސަކޮށްވެސް ރިޒާވް ކުރި ކޯޓާތައްކަމަށެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް ހަ ޖަމާއަތަކަށެވެ. މީގެ ތެރެއިން ހައްޖު ކޯޕަރޭޝަންއަށް ކޯޕަރޭޝަަނަށް 550 ޖާގަދިންއިރު، އެހެން ކޮންމެ ޖަމާއަތަކަށް ދީފައި ވަނީ 90 ޖާގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަލީ

    މިގޮތަށް ޖާގަނުނަގާނަމޭ އިހަށްދުވަހަކު ޓީވީއަށްއަރާތިބެ ކުރީސަރުކާރަށް ފާޑުކީ ، މިވީކޯއްޗަކަށް

    22
  2. Anonymous

    ކޮބާ އެޖެންޑާ 19 ފެނޭތަ. ކޮންމެ ބަޔަކު ތިއްބަސް ހަމަ އެއްތަނެއްގަ މިޖެހެނީ. ތަފާތެއް ނެތެއްނު. މަޖިލިސް މެމްބަރުންނާ ބޮނޑުން ޙައްޖަށްދާން ހަމަ ނުއަތުން ޖާގަ އެބަ ބޭނުންވޭނު. ކޮބާ ކަލޭމެން ރީނދޫ ބަގަ ކީހާ ޅެން ފަރިއްސަށްވީނު. އަދިވެސް އަނގަ ކޮފާތި.

    24
    1
  3. ކޮރަޕްޓް

    ނަންވާނީ ފާތުމަ އާއި ޔާމީން.. !!

    20
  4. ހޯހޯ

    ހަމަގޮސް ޖެހެނީ އެއްތަނެއްގަ ނަމަކަށް މީޑިޔާތަކުގަ ސަޅިފޮނިވާހަކަ

    15
  5. ޢާން

    ކޮބާ ހީވޭކަމެއްހެން!
    ހައްތާވެސް ކަދުރުފާތުމަ!

    14
  6. ހިސެން

    ނުކުރާނަމޭ ހިތައްްއެރިޔަސް އެކަމެއްކުރާނެ. ހުސްލަނޑާ ކަނީފެހި. ހަމައެކަނި ނަން ބަދަލުވީ މިހާރުކިޔަނީ "ކިނބޫ"

  7. Anonymous

    ކޮބާ ކޮރަޕްޝަނަށްވަނީ "ދަރުމަވަންތަ" ކިޔާ ހޮސްޕިޓަލެއްގެ އަގު ބޮޑުވުމުންތަ؟