އދ. މާމިގިލީ އެއާޕޯޓްގައި ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް އަރާ މަންމަ އަތުން ދަރިފުޅު އަތުލައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އާއްމުންގެ މީހަކު މިއަދު ހެނދުނު 10:18 ހާއިރު މާމިގިލި އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފްލައިމީގެ ފްލައިޓަކަށް، އެއާރ ސައިޑަށް ވަދެވެން ހުންނަ ގޭޓުން، ދުވެފައި ގޮސް އަރާ މަންމަ އަތުގައި އިން ކުޑަ ކުއްޖަކު އަތުލާފައިވާކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ސެކިއުރިޓީގެ ޗެކްޕޮއިންޓް ޑިއުޓީގައި އިން އޮފިސަރު އެ މީހާ ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް އޭނާއަށް އިޖާބަ ދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަދި އެ ސިކިއުރިޓީ މީހާ އޭނާގެ ފަހަތުން ދިޔަ ކަަމށާއި، އެ މީހާ ފްލައިޓަށް އެރުމުން، އޭނާ ބާލުވައި ފުލުހުންނާއި އެ މީހާ ހަވާލުކޮށްފައިވާކަމަށެވެ.

ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސެކިޔުރިޓީ ކޮމާންޑުގެ އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަމިޔޮކާކަ

    މި ސަރުކާރުގަ އެމީހެއްގެ ހައްޤަކައް ހުރަހެއްނާޅާނެ ... ފުރަން ތައްޔާރެއްނޫން ވިހަން ތައްޔާރުވިއަސް ބޭނުމިއްޔާ ހޮސްޕިޓަލުން ވެސް ނެރެންވީ .... އަސްލު ޑިމޮކްރަސީ..

    33
    4
  2. ނަސީމާމަންޒިލްލޭ

    ޢެައަރޕޯޓާކީ އޮޕަރޭޓުކުރެވޭވަރުގެ ސަލާމަތީސިފަތައް ފުރިހަމަތަނެއްކަމަކަށްނުދެކެން. ތީވަރަށްދެރަވަރު! ޢެމީހަކުއެކުރީވެސް ޓެރަރިޒަމްއަށްފެތޭވަރުގެ ކުށެއް!

    29
    1
    • ކެކެކެ

      ޓެރަރިޒަމޭ! 13 އަހަރު ޖަހަންވީ؟ މައިބަދައަށް ކިހިނެއް ވާނީ؟

      18
      2
  3. ބަކުރުބެ

    ތިޔަ ހެއްދެވީ ވަރައްބޮޑު ގޯހެއް، މިފަހަރު ރަގަޅައް ނަޓު އެޅި ބާރުވާނެ، ތިގޮލާ ހަމަ ރަގަޅައްވެސް ފިތޭނެ، ގާނޫނު އަރާހަމަކުރާނެ، ޖަލު ގެ ކުޑަގޮޅިއައް މަރުހަބާ، އޭވިއޭސަން ސެކުރިޓީ އެންޑް އެމް އެން ޑީ އެފް، އިންސާފް ގާއިމް ކޮއްދެއްވާ

    9
    2
    • އަހްމަދު

      ގާނޫނު އަރާހަމަކުރާނީ ކުލަ ބަލާފާ. އެކަންހަނދާނުގައި ބަހައްޓަވާ.

      14
  4. އަމްމަޑޭ މާމިގިލީ

    ސެކުއުރިޓީންގެ ކަޑަކަން އެއީ. އިޓަލީ އުސާ އަކަށް ހުރަހެއް ނާޅާ އެއްވެސް ސެކިއުރިޓީއެއް. ހުރަސް އެޅިނަމަ އޭނާއަކަށް ނުވަދެވުނިސް. އެވިއޭސަން ސެކިއުރިޓީ ކޮމާންޑުން ލަދުގަންނާން ޖެހޭ.

    18
    2
  5. ީނާސިހާ

    ސަލާމަތީ ކަންތަށް ވަރުގަދަޔަކަސް ވަންނަން ދިޔަމީހާ މާވަރުގަދަ

    13
    3
  6. ސަލާމަށް ފަހު ލިޔަމެވެ

    އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކަޑަކަމޭ ބުނަން އަމްމަޑޭ މާމިގިލި ލަދު ނުގަންނަނީ ތޯ ހަމަ ހިތަށް އަރައެވެ. އަމިއްލަ ރަށުގައި އެއަރޕޯޓެއް އެޅިފައި އޮތީމާ އަމިއްލަ ތަރިކަ އަށް ހަދައިގެން ތި އުޅުއްވަނީ ބޭނުންހާ ގޮތަކަށް ބޭނުންވާހާ ހުރިހާ ދިމަދިމާލަކުން ވަދެ ނިކުމެ ހަދަމުން ދުވަނީ. ޗެއަރމަން ޗެއަރމަން ކިޔައިގެން ހުރިހާ އެންމެން ދުވަނީ އެއަރޕޯޓްގެ ސަލާމަތީ ކަންކަން އެއް ފަރާތް ކޮއްލާފަ އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންގެ މަސައްކަތަކީ އެހާމެ މުހިއްމު ކަމަކަށް ނުހަދާ އެމުވައްޒަފުންނަށް މަލާމާތް ކުރަމުން. ރާއްޖޭގެ އެންމެހައި ވައިގެ ބަނދަރުތަކުގެ ސަލާމަތީކަންކަން ބާރުވެރި ކުރުވާފައި ދިވެހި ދައުލަތުގެ ޤާނޫނުން އޮތީ މިނިސްޓްރީ އޮފް ޑިފެންސް ގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ، ނަމަވެސް ބާރެއް އާރެއް ޤާނޫނުން ނަން ވެސް މި ފާއިތުވި ވެރިކަމުގެ ތެރޭވެސް ހެދިފަ ނެތުމުގެ ސަބަބުން މިފަދަ ކަންކަން ހުއްޓުވަން ޖެހޭ ހާލަތުގައި އެންމެ އެކަށީގެންވާ ގޮތެއްގައި އަމަލު ނުކުރެވެނީ. މިހެން ބުނެވުނީމަ ހިތައްއަރާފާނެ ކޮންމެ ދިމާލެއްގައި ފުލުހެއް ބެހެއްޓީމަ ހައްލުވާނޭ. ފުލުހުންނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އާއްމު ސަރަޙައްދުގައި އާއްމުންނަށް ހިދުމަތް ކުރުމުގެ ނަމުގައި ހަރަކާތްތެރިވާން ފެށުނު ބައެއް. ނަމަވެސް މި ބޭފުޅުންވެސް ސައިކަލް ދުއްވަނީ ދުއްވަން ނުޖެހޭ ސަރަހައްދުތަކުގަޔާއި ސައިކަލް ޕާރކްކުރުން ހިތައް އެރި ގޮތަކަށް ކުރަމުން އެދަނީ ކޮން ހިސާބަކުން ލިބިގެން ދިޔަ ހުއްދަ އެއްތޯ ހިތައް އަރައެވެ. ސަބަބަކީ އެވެރިންގެ މަދު މުވައްޒަފުންނަށް ކަމެއް ހަވާލުކުރުމުން އެކަން ކުރަން ޖެހޭ ގޮތް އޮޅި އެއަރޕޯރޓްގައި މަސައްކަތްކުރާ މުވައްޒަފުން ބިރުގަންނަ ޒާތަށް ސައިކަލްގައި ކޯރގޯ ސަރހައްދުން ބާރު ސްޕީޑްގައި ދުއްވާ އަދި ގޯޅި އަޅާ ހަދާ ކަމީ އަދު ނޫން މާދަމަ ހަމަ މިގޮތަށް ފަލަ ސުރުޙީގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސައިކަލް އެކްސިޑެންޓްއެއް ހިނގާ މީހަކަށް އެކިވަރުގެ އަނިޔާ ވެ ހޮސްޕިޓަލްގައި ފަރުވާދޭ ހަބަރު ލިބިއްޖެއެވެ. ނަމަވެސް މީގެ އަސްލަކީ އެގޮތަށް އެކަން އެކުރަނީ ސަރުކާރުގެ ކޮން ހިސާބަކުން ހުއްދަ ލިބިގެންތޯ ސުވާލު އުފެދެނީ މިބުނެވުނު ގޮތަށް ޤާނޫނުން ރާއްޖޭގެ އެންމެހައި ވައިގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެންމެހައި ކަންކަން ބާރުވެރި ކުރުވާފަ އޮތީ މިނިސްޓްރީ އޮފް ޑިފެންސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ކަމީ ދެލިން ލިޔެ ތައްޔާރު ކުރެވިފައިވާ ކަމެއްކަމުންނެވެ. ބަޔަކަށް ދެރަބަހެއް ބުނަނީކީ ނޫންނެވެ ހަމަ ހަޤީގަތުގައި ވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއަކީ މިރާއްޖެ ކީއްކުރަންތޯ މިއޭޝިއާއަށް ބެލިކަމުގައި ވީނަމައީވެސް އެކަށީގެންނުވާ އަދަދަކަށް މުވައްޒަފުން މަދު ޑިއުޓީ ކުރުމުގައި އެހާމެ ދަތި ހާލުގައި ޗެކްޕޯސްޓް ތަކުގައިވެސް ވަޒީފާ އަދާކުރައްވާ ބޭފުޅުންކަން ހަޤީގަތަށް ވާހަކަ ދައްކާ ދިވެހި އަދި ބިދޭސީ މީހެއް ވިޔަސް ދެކޮޅެއް ނުހަދާނެ ކަމެވެ. ވީމާ ކަޑަ ކަޑަ ކިޔުމުގެ ބަދަލުގައި އެވެރިން އެކުރާ މިންނެތް މަސައްކަތައް ސެލިއުޓް ކޮއްބަލަ މިއަދާ ހަމައަށް ވެސް ތިދައްކާ ވާހަކައަށް ވުރެން ބިރުވެރި ނިރުބަވެރި ހާދިސާއެއް ނުހިގާކަން...ދުނިޔޭގެ އެއްވެސް ގައުމެއް ދައްކަބަލަ މިހާ ކެއަރ ފްރީ ކޮށް އޮންނަ އެއަރޕޯޓެއް. އަންމަޑޭ މާމިގިލި އަށް ނިސްބަތްކޮށް ގޯސްކޮށް އެއްޗެއް ބުނެވުނުނަމަ މައާފް އެދެން....ހަޤީގަތް ވާނީ ހަޤީގަތަށް އެހެނެއް ނުވާނޭ ބުންޔަސް..މިސަަރުކާރުން މިމަސައްކަތް ކުރަނީ މިއަދާ ހަމަޔަށްވެސް ރަނގަޅު ނުކޮށް ހުރިކަންކަން ބަލާ ރަނގަޅުކުރެވޭ ތޯ ، ވީމާ ކަންކަން އަންގަންޖެހޭ މިިންވަރުން މިކިޔާ އެންމެ ބޭފުޅުން މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރަމުން މިއަހަރަށް ކޮމެންޓް ނިންމާލީމެވެ. ޝުކުރިއްޔާ