އދ. މާމިގިލީ އެއާޕޯޓްގައި ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް އަރާ މަންމަ އަތުން ދަރިފުޅު އަތުލަން އުޅުނު މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 34 އަހަރުގެ މީހާ ހައްޔަރުކޮށް ބަންދާާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން އެ މީހާ ދޫކޮށްލާފައި ވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާމިގިލި އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފްލައިމީގެ ފްލައިޓަކަށް، އެއާރ ސައިޑަށް ވަދެވެން ހުންނަ ގޭޓުން، ދުވެފައި ގޮސް އަރާ މަންމަ އަތުގައި އިން އެ ކުއްޖާ އަތުލަން މަސައްކަތް ކުރި އެ މީހާ ހައްޔަރުކުރީ މިއަދު ހެނދުނުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލި

    ދޫކޮށްލާނެތާ އެއީ މާމިގިލީ އެމްޑީޕީ ގެ އެންމެ އިސްމީހަކަށް ހުންނަ މީހާގެ ކޮއްކޮ އެއް.

  2. މ ރ

    ކޯޓުން އޭނާދޫކޮއްލީ ހުއްދަނުހޯދާ ގެޔަކައްވަތް މީހެކޭ އެއްއުސޫލުން ނަމަވެސް މީވަރައްސީރިޔަސް މައްސަލައެއް އެއާޕޯޓްތަކަކީ އިންޓަނޭސަނަލް ގަވާއިދުތަކަކާއި އުސޫލުތައް ހިމެނޭކަމެއް އެހެންކަމުން މިހާދޯހަޅިކޮއް މިބާވަތުގެ މައްސަލަ ނިންމާނަމަ ރާއްޖެޔައް އައި.ކޭ.އޯ އިން ފިޔަވަޅުއެޅުމަކީ ދުރުގަ އޮތްކަމެއްނޫން

    13
  3. ހަަމަ

    އެޖެންޑާ 19 ފެނޭދޯ.