ފެޝަނަކީ ދެދުވަހު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫންކަން ދިވެހިންނަށް ދައްކައިދިން އެންމެ ބޮޑު ހެއްކަކަށްވީ ގޮޅި ޖެހި ގަމީހަކީ 90 ގެ އަހަރުތަކުގައި ވެސް ރާއްޖޭގައި ވަރަށް މަޝްހޫރުވެގެން ދިޔަ ޑިޒައިނެކެވެ. އެކަން އޮގޮތުގައި އޮއްވައި ގޮޅިޖެހި ގަމީސް ދިވެހިންގެ ފެޝަނަށް އަނެއްކާވެސް އާ އިންގިލާބެއް ގެނައީ 2014 ވަނަ އަހަރު ތެރޭގައެވެ. އެހެންކަމުން ގޮޅިޖެހި ގަމީހަކީ، ދިވެހިންނަށް އޭރުއްސުރެ ބާ ނުވި ޓްރެންޑެކޭ ބުނެވިދާނެއެވެ.

ކުރީގައި ގޮޅިޖެހި ގަމީހަކީ ހަމަ އެކަނި އުމުރުން ދުވަސްވީ މީހުންނަށް "ޚާއްސަ" ގަމީހަކަށް ވެފައި އޮތް ޒަމާނެއް އައެވެ. ނަމަވެސް ފަހުން މި ސްޓައިލަށް އެންމެ ގަޔާވީ ޒުވާނުންނެވެ. މާޖެހި ގަމީހަށްފަހު ދިވެހި ދެޖިންސުގެ ޒުވާނުންނަށް އެންމެ ކަމުދާ އަންނައުނަކަށް މަޑުފޮތީގެ ގޮޅިޖެހި ގަމީސް ވެގެންދިޔަ ގޮތަށް އަދިވެސް އެއީ ދިވެހީން ދޫކޮށްނުލީ ޓްރެންޑަކަށް ވަނީ ވެފައެވެ. އެންމެ ފަހުގެ އަންނައުނު ވިއްކާ ބޮޑެތި ފިހާރަތަކުގެ ޝޯވްކޭސް ތަކުންނާއި އޮންލައިން ވިޔަފާރިކުރާ ޕޭޖުތަކުން ގޮޅިޖެހި ގަމީހުގެ ކުލަވަރު އަދިވެސް ފަނޑުވެނުދާކަމީ އެކަމުގެ ހެއްކެކެވެ.

ދިވެހީންނަކީ އެ ދުވަސްވަރެއްގައި އެންމެ ހިނގާ ޓްރެންޑަކާއި އެއްގޮތަށް އަބަދުވެސް ބަދަލުވާ، ފެޝަނަށް ނުލާހިކު ލޯބިކުރާ ބައެކެވެ. ޚާއްސަކޮށް ދިވެހި ޒުވާނުންގެ ފަރާތުން ފެންނަމުންދާ މިކަމަކީ ބޭރުގެ ބައެއް މީހުންގެ ލޮލުގައިވެސް އަޅައިގަތް ކަމަކަށް އޮތީ ވެފައެވެ. ގޮޅިޖެހި ގަމީހުގެ ޓްރެންޑުވެސް ވެގެން ދިޔައީ ދިވެހިން އެހާ ލޯބިކުރާ އެފަދަ ޓްރެންޑަކަށެވެ. ހަމަ އެހެންމެ ގޮޅިޖެހި ގަމީސްލާ މީހުންނަކީ "ސަޅި" އަދި "ގަޓު" ބައެއްގެ ގޮތުގައި އެއް ބަޔަކަށް ސިފަވެގެން ދިޔައިރު، މި ފެޝަން ގެންގުޅޭ މީހުންނަކީ ކާމިޔާބު ބައެއް ކަމަށް ބައެއް މީހުން ދެކުނެވެ. ގޮޅިޖެހި ގަމީހެއް ލައިގެން ނޫނީ ތިމާ އެންމެ ހިތްއެދޭ ގުލްހަޒާރު މަލަށް ތާޒާކަން ވެރިނުވާ ހިސާބަށްވެސް ކަންތައްތައް ވަނީ ގޮސްފައެވެ.

ގޮޅިޖެހި ގަމީސް ދިވެހިން އެންމެ ގަޔާވާ ޓްރެންޑަށް ވެގެން ގޮސް، ބަދަލެއް ނައިސް އެތައް ޒަމާނެއް ވަމުން އަންނައިރު، މި ގަމީހުގެ ޑިމާންޑާއި އެއްވަރަށް އޭގެ އަގުތައް އަދިވެސް އަރައިގެންދަނީ އެވެ. ބައެއް ވިޔަފާރިވެރިން ހަމަ އެކަނި މިކަމުންވެސް ބޮޑު މަންފާއެއް ލިބިގަތްއިރު، ހެޔޮ އަގުގައި ގޮޅިޖެހި "މުސްކުޅި" ސްޓައިލުގެ ގަމީހެއްވެސް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. މިއީ ޑިމާންޑަށް ބަލައިގެން ރާއްޖޭގައި ހިންގަމުންދާ ބައެއް ވިޔަފާރިތަކުގައި ދިވެހިން ދަންނަ، ދެކެފަރިތަ އުސޫލެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް "ލިބޭ" އިން ގޮޅިޖެހި ގަމީހުގެ ޓްރެންޑަށް ލޯބިކުރާ ދިވެހި ޒުވާނުންނަށް ހޯދައިދިން ލުޔަކީ މިއީއެވެ. ހެޔޮ އަގުގައި، ތަފާތު އެކި ޑިޒައިންތަކަށް ހުރި ގޮޅިޖެހި ގަމީސް "ލިބޭ" އިން ލިބެން ހުރިއިރު، ގަމީހުގެ ރީތި އެތައް ޑިޒައިނެއް ޕޭޖުން މިހާރު ފެންނާން އެބަހުއްޓެވެ. އެ ޕޭޖުން ބަލައިލުމަށްފަހު ބޭނުންވާ ގަމީހަކަށް ދީފައިވާ "އައިޓަމް ކޯޑު" ޕޭޖަށް ފޮނުވާލުމުން، ނުވަތަ އެކަމަށް ޚާއްސަ ކުރެވިފައިވާ ނަމްބަރަކަށް ގުޅައިގެން ފޯރުކޮށްދިނުމުން، މާލޭގައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް ލިބޭ އިން ދަނީ އިތުރު އަގަކާއި ނުލައި ދެމުންނެވެ.

ގޮޅިޖެހި ގަމީސް، ނުވަތަ ލިބޭ އިން ވިއްކާ އިތުރު ޕްރޮޑަކްޓުތައް ބައްލަވައިގަނެ މައުލޫމާތު ހޯދުމަށް 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މީގެ އިތުރުން ޕޭޖަށް މެސެޖު ކޮށްގެންވެސް އޯޑަރު ކުރުމާއި މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު "ލިބޭ"ގެ ކަސްޓަމަރުންނަށް އެބަ އޮތެވެ. "ލިބޭ" އިން ގޮޅި ޖެހި ގަމީހެއް ވިއްކާ އަގަކީ 300 ރުފިޔާއެވެ.



ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިއިބްރާހީމް

    ގޯޅި ކަންމަތީ ކުދިންނަށް ވަރައް ހާއްސަ ގޮޅި ޖެހި ގަމީސް ލިބެނީއްޔޯ

    16
    1
  2. ސަޓޯ

    ބުރަކައްޓައް ވަޅި ޖަހަމުން ޖީއެން ސައިކަލުގައި ދުވާ ގޮޅިޖެހި ގަމީސް ޒުވާނުންދޯ..

    24
    3
  3. ބަނީ

    ޥަގުތު ނޫހަށް އެންމެ ކަމު ދާ ކަހަލަ ޒުވާނުްންގެ ސުޓައިލު ދޯ

    3
    1