ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އާޒިމް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފައެވެ.

އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށް ކަނޑައަޅުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރަން ހުށަހެޅީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް އިއާދަ ކުރުމަށެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރާއިރު މިހާރު ތިބި ފަސް ފަނޑިޔާރުންގެ ނަމާއި އެކު އަލުން ހަތް ފަނޑިޔާރުން އައްޔަން ކުރާނީ ކަމެއް ނުވަތަ ނޫންކަމެއް އާޒިމް ހުށަހެޅުއްވި ބިލްގައި ބަޔާން ކުރައްވާފައެއް ނުވެއެވެ.

2014 ވަނަ އަހަރު ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެނެސް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަދާލަތު

  ސާބަސް. މިހާރު ތިޔަގެނަދަވަނީ، ރަނގަޅަށް. ދުވަސްކޮޅަކަށް ބައްލަވާފައި، އެއްބާރުލުން ނުދެއްވާ ބޭފުޅުން ވަކިކުރުމަށް ބެންޗުން ޢަދަދު މަދުކުރައްވާ، ދެއަތަށް ކެނޑޭ މެމްބަރުން ވަކިކުރަންވީ. ސަރުކާރު ހިންގޭނީ ހިންގޭގޮތް ހަދައިގެން.

  1
  1
 2. Anonymous

  ސުޕްރިންކޯޓަށް 7 ފަނޑިޔާރުން ހަމަކުރުމަށް ބޭނުންވެގެންއޫޅެނީ ފެބުރުއަރީ 1ގައި ޚުދުމުޚުތާރު އަނމުރުނެރެގެން ވަކިވެފައިވާ ޢަލީޙަމީދުއާއި އެއިރުގެ އުއްތަމަ ޢަބުޅޯސަޢީދުއަށް އަނބުރާ މަގާމު ދޭންވެގެންނެވެ. ޢެ ޢައްދާރު ފަނޑިޔާރުންންނަށް ރިޝްވަތުދީގެން އރއަމުރުނެރުވީ މިހާރުގެ ސަރުކާރުގެ އިސް ބޭކަލުންނެވެ. ޥީއިރު އެދެފަނޑިޔާރުންނަށް އެ ބޭނުންގޮތަށް އިތުރަށް ވައްދަންއުޅޭ 2 2ފަނޑިޔާރުންނަކީ އިތުރުކުރަން ބޭނުންވެގެން

 3. ދދދދދދ

  ފަހަކަށް ހެދީވެސް ކަލޭމެން ހުށަހަޅައިގެން. ވަޒީފާ ދޭންވާ މީހުން ގިނަވީމަ 12 އަށް ހަދާލުންވެސް އޯކޭ. ރާޓީވީގަ އުޅުނު "އަނގައޮރި" އާއި "އާގަންނަ" އާއި "ގާރޫނުގެ ބައްޕަ" ފަނޑިޔަރުންނަށް ލާތި ކޮންމެހެންވެސް.