މާފަންނު ފީރޯޒް މަގުގައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެންޑިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:24 ހާއިރު މާފަންނު ފީރޯޒް މަގުގައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ހިސާބުގަނޑުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެސަރަހައްދަށް ފުލުހުން ދިޔައިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ވެސް މާލޭގައ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެ ގިނަ އިރުތަކަކަށް ބައެއް ސަރަހައްދުން ކަރަންޓް ކެނޑުނެވެ.