އެއްފަހަރު ބޭނުންކޮށްފައިވާ ޕްލާސްޓިކް ރާއްޖޭގައި 2025 ގައި ރާއްޖޭގައި މަނާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.

ޣިޔާސުއްދީން ސްކޫލް އިން އިސް ނަގައިގެން މާލޭގެ 16 ސްކޫލެއް ތަމްސީލު ކުރާނެ ދަރިވަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމިޓީގެ މަޖިލިސް މެންބަރުންނާ މިދިޔަ އާދީއްތަ ދުވަހު ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދަރިވަރުން ހުށަހެޅި އިލްތިމާސްގެ މައްޗަށް ބިނާކޮށް ދިރާސާކޮށް ތައްޔާރު ކުރި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓުންނެވެ.

މި ގަރާރުގައި ދައުލަތުގެ މުއައްސަސާތަކުން މައިގަނޑު ހަ ކަމެއް ކުރަން ކަނޑައަޅައި ގޮވާލާފައިވެއެވެ. އެ ގޮތުން 2025 ވަނަ އަހަރުން ފެށިގެން އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ރާއްޖޭގައި މަނާކުރުމުގެ ލަނޑުދަނޑިއެއް ހާސިލްކުރުމާއި އެ ތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާއި ރައްޓެހި ތަކެތި ރާއްޖޭގައި ކުރިއެރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނިފައިވެއެވެ.

ގަރާރުގައި ހާސިލްކުރަން ކަނޑައެޅި ކަންތަކުގެ ތެރޭގައި ހިމެނެނީ އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ބާރު އެޅުމާއި އުކާލެވޭ ޕްލާސްޓިކް ބާވަތްތައް އާންމުން ބޭނުންކުރުމުން ދުރުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާބު

    ހެހެ ތީ ދޯ މަޖިލީހުން ކުރަން އެންމެ މުހިއްމު ކަމަކީ މިހިރަ ގަންޖޫ ކަރަންޓްބިލް ފެން ބިލް މިއުޅެނީ އަތްނުފޯރާ ފަށުގައި މާލޭގެ ގެތަކުގެ ކުލި އެހާބޮޑު ވާނުވާގަ ގޮނޑިއަކަށް އަރާ ބޮއިގެން އިނދެވުނީމަ ނިމުނީތަ