ލޯކަލް ގަވާރމެންޓް އޮތޯރިޓީ އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން ކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޝަންގްރިލާ ހޮޓެލްސްގައި މަސައްކަތް ކުރެއްވިއިރު ކުންފުންޏަށް މަކަރު ހަދާ ޚިޔާނަތްތެރިވި މައްސަލާގައެވެ.

ދައުލަތުން ޝުޖާޢުގެ މައްޗަށް ކުރާ ދަޢުވާގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު އޮންނާނެއެވެ. އަދި އޭނާ ކްރިމިނަލް ކޯޓަށް ޙާޒިރުވުމަށް ޗިޓްވެސް މިހާރު ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި ޝުޖާޢު ވިދާޅުވެފައިވަނީ އޭނާ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ދައުވާއެއްކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާނުކޮށްފައިވާތީ ރިޔަސީ ރޭހުގައި ބައިވެރިވިޔަ ނުދޭން ކުރާ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށް ފަހުން އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިޒާ

    ތިއުޅެނީ ކަލޯ އެންގޭ މީހުނަޢްވެސް އޮޅުވާލައިގެން

    5
    1
  2. ޣުހާ

    އެއްޗެކޭ ކިޔަނީ. ދެންވެސް ކުރިމަތި ނުލާނެ. ކެރޭ މީހަކު ވައްވައް ނުޖަހާނެ

    3
    1
  3. އަލްޖިބްރާ

    ކަލެއަކީ ވެރިކަމަށް ކުފޫ ހަމަވާ މީހަކަށް ވެސް ނުވާނެ ! އުމަރު ނަސީރު ވެސް ވެރިކަމަށް ކުރިމަތި ލާނަމޭ ބުނި ! ކަލެއަށްވެސް ވާނީ އެކަހަލަ ގޮތެއް !

    4
    1