ނިމިގެން ދިޔަ ޖޫން މަހުގެ ގިނަ ދުވަސްތަކަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ބޮޑަށް ވިއްސާރަ ކުރި މަހެއް ނަމަވެސް ކަރަންޓް ބިލްތައް އާދަޔާއި ހިލާފަށް ބޮޑުވެއްޖެއެވެ. މެއި މަހުގެ ކަރަންޓް ބިލްތައް ބޮޑުވުމުން އޭރު ސަރުކާރުން ވިދާޅުވީ ކަރަންޓް ބިލް ބޮޑުވީ ރަމަޟާން މަސް ކަމަށްވެފައި، މެއި މަހަކީ ހޫނު ގަދަ މަހަކަށް ވާތީ ކަމަށެވެ.

މެއި މަހުގެ ކަރަންޓް ބިލް ބޮޑުވުމުން ސަރުކާރުން ބުނީ ޖޫން މަހުގެ ކަރަންޓް ބިލްތައް ކުޑަވާނެ ކަމަށެވެ. ނަމަވެސް މިއަދު ބިލްތައް ލިބެން ފަށާފައި ވާއިރު ގިނަ މީހުން ބުނާ ގޮތުގައި މެއި މަހާއި ޖޫން މަހުގެ ބިލްގައި މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް އޭގެ ކުރީގެ މަސްތަކާއި އަޅާބަލާއިރު ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާއި ހިލާފަށް ބޮޑެވެ.

ކަރަންޓް ބިލްތަކުގެ ތަފްސީލް "ވަގުތު" އާއި ހިއްސާ ކުރި މީހަކު ބުނީ އޭނާގެ ގޭގެ ކަރަންޓް ބިލް ފާއިތުވި ފަސް އަހަރު ވެސް 2000 ރުފިޔާ އަށް ވުރެ މައްޗަށް ނާރާ ކަމަށާއި ނަމަވެސް ފާއިތުވި ތިން ކަރަންޓް ބިލް ހުރީ 2000 ރުފިޔާ އާއި 4000 ރުފިޔާ އާއި ދެމެދުގައި ކަމަށެވެ.

"ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރެއް ނުކުރަން. އިތުރު އިލެކްޓްރޯނިކް އެއްޗެއް ނުގަންނަން. ނަމަވެސް މިވީ ތިން މަސް ދުވަސް ތެރޭގައި ކޮންމެ މަހަކު ކަރަންޓް ބިލް އަންނަނީ ބޮޑުވަމުން." އޭނާ ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އިތުރު މީހަކު ބުނީ މެއި މަހު އޭނާގެ ގޭގެ ކަރަންޓް ބިލަށް 5000 ރުފިޔާ އެރި ކަމަށާއި ނަމަވެސް ކުރިން އަރަނީ 3000 ރުފިޔާ ކަމަށެވެ. "މެއި މަހު 5000 ރުފިޔާ އެރި. މިމަހު 5500 ރުފިޔާ އަރާފައި އެބައޮތް." އޭނާ ބުންޏެވެ.

އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.

ނަމަވެސް ޖޫން މަހު ކަރަންޓް ބިލްތައް ލިބުނީ އާދަޔާއި ހިލާފަށް ބޮޑުކޮށެވެ. އަދި ޖުލައި މަހު ކަރަންޓް ބިލް ލިބެމުން ދަނީ ވެސް އާދަޔާއި ހިލާފަށް ބޮޑުކޮށެވެ.

ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި ރައްޔިތުން ދައްކާ ވާހަކަ ސަރުކާރުން ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޅ

    ކުރިން ބުނީ ހޫނު ގަދަ ވުމުންނޯ އަގު ބޮޑުވީ.. ލަރިކާ ބާގީ އެމްޑީޕީ ސަރުކާރު... ބާގީ އެމްޑީޕީ ސަރުކާރު ނަޝީދު ފެއިލް

    102
    4
  2. އަގީލް

    މުގުނީ އިސްތިއުފާ ދިނުމަށް ގޮވާލަން. މުގުނީ ގެންދަނީ އެތަނުގެ ބޯޑު މެމްބަރުންނާއި ގުޅިގެން ޖަރީމާ ހިންގަމުން. މިކަން ރަނގަޅު ކުރުމަށް ރައީސަށް ގޮވާލަން

    86
    3
  3. ގަންޖާބޯ

    ކަރަންޓު ބިލުން ވައްކަން ކޮށްފިއޭ. އެކްޓިވިސްޓުންނަށާ ވަގުންނަށް މުސށރަދެނީބރައްޔިތުން ފެލައިގެން ކަރަންޓު ބިލަށް މަކަރު ހަދައިގެން. ބިލުގަ އޮންނަނީ ބޭނުންކުރި ޔުނިޓާ ގުޅޭ މިންވަރެއް ނޫން. ހިތައް އެރިވަރެއް ޖަހާލާފަ އޮންނަނީ. ކުރީ ސަރުކާރުން ހުވާ މިގެއަށް ދުވަހަކު 900 އަށްވިރެ މައްޗެއް ނުވޭ. މިފަހަރުވެސް 1500. މިދެން އަރަތެއް ނުން ވަގުންތަކާ. މިދިޔަ މަހު 1800. ހަމަ އެކައްޗެއް އެއްވަރަކަށއ ބޭނުން މިކުތަނީ. އަނެއްކާ ރޯދަ މަހު ގިނަވެދާނެފޯ ޔުިނޓް ބޭނުން ކުރިވަރު. އެކަމަކު މިފަހަރު ރައްޔިތުން ނިކުނެވހަޅޭއްލަވައިގަތީމަ ތަންކޮޅެއް ތރިކޮށއލީ. ޖަރަންޓް ބިލު ވަގު. އިސްޓިއުފާ ގުންޑާ ކިނބޫ

    78
    1
  4. Anonymous

    މިގޭގަވެސް މި ފަހަރު ލިބުނު ބިލް 1500 ރުފިޔާ ބޮޑު ކުރީމަހަށް ވުރެއްވެސް. ނަމުގަ އޯގާތެރި ސަރުކާރޯ. ރައްޔިތުން ހަނާކުރާ އަމިއްލަ ޖީބަށް ލާރިގަނޑު އަޅާ ކޮރަޕްޓް ސަރުކާރެއް މިހާރު މި އުޅެނީ. އިންޝާﷲ ވަރަށް ހިތިގޮތަކަށް ނިމިގެން ދާނެ ލާދީނީ ބައިގަނޑުގެ މި ސަރުކާރު.

    75
    1
  5. މޭކަރާ

    އާނ އެމް ޑީ ޕީ ސަރުކާރުން ބިލް ބޮޑުކުރަނީ. ތިޔަ ހޮޔޮފުޅު ޔާމިނު ސަރުކާރުގަ ވަރަށް ކުޑަ. ކުޑަ ކަމުން ބިލަށް 10 ރުފިޔާވެސް ނާރާ ދޯ؟ އަޖައިބު ހީވޭ! ތަނެއް ދޮރޮއް އޮޅުންނުފިލާއިރު ކޮމެންޓް ނުކޮއް މަޑުން އިނދެވޭތޯ ބަލާބަލަ "ޅ". ގަހަކުން ފާ ފަޅޮލެއް ވެއްޓުނަސް ސަރުކާރު. ދެން ފުކެއް ބޮޑުވަރު ދޯ. ފެއިލް ވެފައިވަނީ އަންނި އެކަންޏެއް ނޫން. "ޅ" ގެ ތިޔަ ނުވިސްނޭ ފިކުރު ފެއިލް ވީ.

    4
    131
    • ޖޯކަރު

      ކަލެއަށްވާ ތިހިރީ ތަންދޮރު ފިލާފަ! ބުނެބަލަ ތިމަންނަ އަކީ ބޮޑުކުރި ކަރަންޓް ބިލުން ވަގަށް ނަގާފައިސާ އިން މުސާރަ ލިބޭމީހެކެ! ބަލަގަ ޔާމީން ސަރުކާރު ދުވަސްވަރަށް ވުރެ މިހާރު ކަރަންޓް ބިލް ބޮޑުކޮށް އަންނާތީއޭ ހަޅޭ މިލަވަނީ! ޢެވެސް އަގުހެޔޮ ކޮށްފީމޭ ބުނިފަހުން އަންނަ ބިލުގެ ވާހަކަ މިދަޢްކަނީ! ހޭބަލިވެގެން ނޫޅޭ!

  6. ހުދުހުދު

    ??????????

    9
    1
  7. ޒިޔާއު

    މިސަރުކާރަކީ އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާ ސަރުކާރެއް.ހުރިހާ ކަމަކުން މަކަރާއި ހީލަތް.އޮޅުވަލައިގެން ވެރިކަމަށް އައިސް ރައްޔިތުންފެލަނީ.

    63
  8. އަހުމަދު

    މޭކަރާ ކަލޭ ތިހިރީ ހޭބަލިވެފަތަ ޔާމިނުސަރުކާރު ގޯސްވެފަ އަނިޔާވެރިވެފަ ވައްކަން ކުރާތީނު ތި ބަގަ މިސަރުކާރު ގެނައީ މިހާރު ޖަލުގަވެސް އަނިޔާއެއްނުކުރެއެއްނު ރިޒާވްގަ ހުރި ލާރިކޮޅު ވެސް ނުގެއްލެއެއްނު ތިޖޫރީތަކެއްވެސް ނުގެއްލެއެްނު އާއިލީ ވެރިކަމެއްވެސް މިހާރު ހުރި ކިނބޫ ނުކުރެއެއްނު ޔާމިނު ހުރިއިރު ހެވޭކެޔަސް މިގައުމަށް ކޮށްދިން ކަމެއް ކޮށްދީފަ އޮތީ ޔާމިން ސަރުކާރުގައި ޔަގީނޭ މޭކަރާ އަކީ ރީންދޫ ލޭއެޅިފަ ޔެލޯފީވާރ ޖެހިފަ އަންނިގެ ލޭއަޅާފަ ހުރި ބޮނޑިބަތް ކާގެން ހުރި ރަތްލާޖެހި އެމްޑީޕީ މީހެއް ނުވިސްނޭނެ ރުގްޔާކުރިޔަސް ރަނގަޅެއްނުވާނެ

    40
    1
  9. ޒވނއ

    ތިހެން ވާނަމަ މިހާރު ތިއުޅެނީ މީޓަރު ރީޑިންގ ނެގުމުގެ މައްސަލައެއް...
    ހަމަ ގައިމުވެސް ޔުނިޓް ރޭޓްތައް ކުޑަ...

    ރީޑިންގ ނަގަނީ ހިތައް އެރިއްޔާ! ހިތައް އެރި މުއްދަތަކަށް! ގެ ހުރީ ތަޅުލާފައޭ ބުނެ 2 މަހުގެ ރީޑިންގ އެބަހުރޭ އެއްބިލަށް ސެޓްކޮށްފަ. މިހެން ވުމުން ޔުނިޓް އިތުރުވެ ބިލް ވަރަށް ބޮޑު ވެގެންދޭ!

    ވިސްނާލާ!

    16
    6
  10. ޙަސަން ވަހީދު

    އަޅުގަޑުގެ ގޭގެ ކަރަންޓްބިލް ރައީސް އަގުހެޔޮކުރި ވާހަކަ ވިދާޅުވިފަހުން އަންނަނީ ބޮޑުވަމުން. އާއްމުކޮށް 760ރ އަށްހުރި ބިލް އޭގެފަހުން މިހުންނަނީ 1200ރ އާއި 900ރ އާއި ދެމެދު ގައި ހައިރާންވަނީ ރައީސުގެ ނުކުޅެދުން ތެރިކަމުން
    ޝުކުރިއްޔާ ރައީސް އިބޫ

    41
    1
  11. ކިޔުންތެރިއެއް

    ﷲ ގަންދީ ތެދެއް މިބުނަނީ..2019 ފެބްރުއަރީގަ އަހަރެން ގޭގެ ބިލަށް އެރީ 750ވަރު. އެކަމުމަހަކަށްވުރެ މަހެއް ބޮޑުވަމުންއައިސް މިދިޔަ މަހު 1200ރުފިޔާއަރާފައޮތީ ވަގުތުނޫސް ބޭނުންނަމަ ބިލްތައް ހިއްސާކުރެވިދާނެ. ވަގުތުން ތިކުރާ މަސައްކަތަށް ހަމަސާބަސް.

    20
  12. ހުޅުމާލެ

    އަސްލުވެސް ކަންޓްބިލް ބޮޑުވި 1880 އަރާ ބިލަށް މިފަހަރު އެރީ 2900

    17
  13. ދަތި

    ކަރަންޓް ކަންތަކުގައި މައްސަލައެއް އެބައުޅޭ.ކުޑަ ނުވާކަން އެނގެނީ

    16
  14. އައްޓަމަސް

    ދެންތިބޭ އަނގަނުތަޅާ މިހާރުހުންނާނީ ސޯލިހެއްވެރިކަމުގައި، އޮންނާނީ އޯގާވެރިސަރުކާރެއް، އެބަޔަކު ފޭހޭއިލޮއްޓެއް އާޚިރުގައި ހެރޭނީ ހަމައެބަޔެއްގެ ލޮލަށް

    20
  15. ވިސނުން

    ވަގުތައް ބުނެލަން އޮތީ ސްޓެއްކޯ އިންދަމާ ގުއި ރޯނުގަ ނުޖެހޭށޭ

    9
    1
  16. ހަސަންބެ

    ސޮޓެލްކޯއިން ވަރަށް ބޮޑު އޮޅުވާލުމެއްގަ އެ އުޅެނީ!!1

    13
  17. އޭނަ

    މީ ނައިފަރު~! މިގޭ ބިލަށް ޖެނުއަރީމަހު 1945 ، ފެބްރުއަރީ 1901 ، މާރޗް 2321 ، އެޕްރީލް 2564 ، މެއި 2797 ، ޖޫން 3200 . ކަރަންޓް އަގުހެޔޮވެފައިވާވަރު ދެން ވިސްނާލަ!

    16
    • ހުސޭނުބޭ

      ކަރަޕްޝަން ނައްތާލަނީ ކަރަންޓުންނެވެ. އެކަމާ ގުޅޭ ޤަރާރަކު ފެނަކައިގެ މުއައްޒަފުން ސޮއިކުރީ އިއްޔެއެވެ. ވީމާ ތިހެން ވެދާނެއެވެ.

      12
      1
  18. ނަސީދު

    ރައިސް ސޯލިހު ހުންނެވީ އަދިވެސް ސޮކެއްގައި ގަބޫލުފުަޅު ނުކުރައްވާ އަދިވެސް ތިމަންނައަކީ ރައްޖޭގެ ރައިސްކަމަކައް އެހެންތާދެން ވާނީވެސް ގާބިލުކަމެއް ނެތް ބޭފުޅަކައް ވެރިކަން އައިސް އުގުމައްޗައް ވެއްޓުނީމާ ވާނެގޮތްމިވަނި

    13
  19. ކަރަންޓުބިލު

    ވަގު ވެރިކަން!

    12
  20. ހުސޭނުބޭ

    މެއިމަހަކީ ރާއްޖެއަށް ވަރަށް ހޫނުގަދަ މަހެކެވެ. ކަރަންޓްބިލް ބޮޑުވީ އެހެންވެ! މި ހުސްވި ޖޫން މަހަކީ ރާއްޖެއަށް ސްނޯފޭބި މަހެކެވެ. ރައްޔިތުން ހީޓަރުތައް ޖައްސާތީ މިދިޔަ މަހުގެ ބިލް ބޮޑުވާނެކަްނ ޔަޤީނެވެ. ޖުލައިމަހު ވާނެ ގޮތެއް ބުނެދޭންވެސް އަދި ނޭގެއެވެ. ބިންފަޅާފައި އަލިފާން ނޭރިއްޔާ ނަސީބެވެ.

    13
  21. ސިރާޖް

    ކަރަންޓް ބިލް ވަރަށް ބޮޑު އަހަރެންމީ ގޭގަ އެކަނި އުޅޭމީހެއް ! ގެޔަށް ވަދެވޭނީވެސް ރޭގަނޑު ނިދަން އެކަނި !އެކަމު މިގޭ ކަރަންޓްބިލަށް /800ރ އަށްވުރެ ގިނަ ރުފިޔާ މިމަހުވެސް އެރި ،މީދެން ތަންފުކެއް ބޮޑުވަރު ،މީހުންނަށް އަނިޔާވެރި ވުމަށްވެސް .........

    13
  22. ރާޅު ބޯއީ

    ކެވުނު ގޮތަކަށް ކާ ސަރުކާރު. ރައްޔިތުން ފެލާ ސަރުކާރު. ވޯޓް ދިން ހުރިހާ މަރުކޮހުން ދެން އަތް ޖަހާ.

    7
    1
  23. Hamdhau

    އެއްވެސް މީހަކު ކަރަންޓް ބޭނުން ނުކޮށް ބިލް ބޮޑުވުމަކީ އަރަތެއް. ނޫސް މެދުވެރިވެގެން ތަހުގީގެއް ހިންގަން ފެނޭ.

  24. ޙަސަން

    ގިނައިން ބޭނުން ކުރަންޏާ ބިލްވެސް ބޮޑުވާނެ.

  25. ޙަސަން

    ރޭޓުތައް މިހާރު ހުރީ ކުޑަކޮށްފަ. ކޮންމެ ގެއަކު 3 ނުވަތަ 4 އެއަރ ކޮން ހަރުކޮށްގެން ތިބީމަ ބިލް ކުޑަވާނެ އާނނ.

  26. ާއައިމިނަތު

    ޢަލުގަނޑުގޭގެ ބިލަށްއަރަނީ1200ރުފިޔާމިފާޢިތުވީތިންމަހުބިލަށްއަރާފައެބަހުރޭ2200 ރުފިޔާމީދެންހާދަބޮޑުވަރެކޭމިވަނީއަބަދުވެސްއެއްވަރަކަށްމިބޭނުންކުރަނީ

  27. އިންސާނާ

    ފެނަކައިން ވިދާޅުވަނީ އެމްމެފުރަތަމަ ރާއްޖޭގެ ތައްތަކައްކަރަންޓުގެ ހިދުމަތްދީގެން ދޭންފެށި ބިލުތައްވެސް ހުންނާނީ À4 ސައިޒުގަކަމަށް މިހާރުވެސް ހުންނާނީ ހަމަ އެސައިޒުކަމަށް

  28. Anonymous

    މަބުނީ މިދިޔަމަހު1500 ރުފިޔާ އަގުހެޔޮވީ މިގެބިލް ޟުކުރިޔާ ރައިސް އިބޫ