ދ.ކުޑަހުވަދޫގައި ދެއަންހެން ކުއްޖެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި އެއް ކުއްޖަކު އަނެއް ކުއްޖާ އަށް ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. ޒުވާބު ހޫނުވެ، ވަޅި ބޭނުން ކޮށްގެން މާރާމާރީ ހިނގީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 21:35 ގައި ކަމަށެވެ.

ފުލުހުން ވެސް ވަނީ މިކަން ހިނގީ ދެބެއިންގެ ދެމެދުގައި ކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ ވަޅިން ދިން ހަމަލާގައި އެކަކުގެ ފަޔަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމަށާއި ނަމަވެސް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝައިޚް

    އެއްގޭތެރޭގައި އެއްބަނޑު އެބަފަޔަސް އެކަކަށްވުރެ ގިނަ އަންހެނުންނަކަށް ޒުވާބު ނުކޮށެއް ނޫޅެވޭނެއެވެ. ދުނިޔޭގެ އަންހެނުންގެ ޢާއިލާތަކުގެ 90 އިންސައްތަ އޮތީ މިގޮތަށެވެ. ފިރިހެނުން އެއްގޭތެރޭގައި 100 އުޅުނަސް ޒުވާބުކޮށް ގަޔަށް އަތްލާހިސަބަކަށް ނުދާނެއެވެ. މިއީ އަންހެނުންނާ ފިރިހެނުންނަކީ އުފެދުމުގައިވެސް ހަމަހަމަ ބައެއްނޫންކަން އަންގައިދޭ ޤުދުރަތީ ރީތި މިސާލެކެވެ. އެކަމަކު ޢިބްރަތް ޙާޞިލްކުރެވޭނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ.

    39
    68
    • 《》

      ކަލޭ ދައްކާ ވާހަކައެއް އެއްގޮތަކަށް ވެސް ހަމައެއް ނުޖެހޭ.

      18
      13
    • Anonymous

      ޙޫ
      ?

    • ތިއޭ އެއްކަލަ

      އަންހެނުންވެސް ނުތޮޅޭ ފިރިހެނުންވެސް ނުތޮޅޭ އެއް ގެޔެއްގަ އުޅެންޏާ. ދެން ކައޭގެ ޕޮއިންޓަކީ ކޮބާ؟

  2. ކުޑަހުވަދޫ ދާއިރާ

    ވަގުތު މީހުން ބުންޏަސް ބޮޑުވެއްޖެކަމެއް މީ. މިހާރު ދެފަސްދޮޅަސް އަހަރު ވަނީވީޔަ ތިޔާ އުދަގުލެއްގަ އެރަށުމީހުން އުޅޭތާ.

    3
    13
  3. ކަމަނަ

    އަންހެނުން ހަމަހަމަވެ އުތުރި އަރަނީ!!!

    16
    5
  4. މާމިގިލީ މީހާ

    ކުޑަހުވަދޫ އަންހެންވެރިންނަކީ ވަރަށް ރަނގަޅު ބަޔެއް. ނުކުރާނެ ތިޔަކަހަލަ ކަމެއް. ތިވާނީ ބަދިގޭގަ ވަޅި ގެންގުޅުނު ބޮޑީ އިގިލި ކެޑުނީ ކަމަށް.

    12
    7
  5. ޓ

    ގަމާރު ސެއިޚެއް

    5
    4