ހުން ޖެހޭ މީހުން އިތުރުވެ، އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްއެއް ގާާއިމްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ދުވަަސްވަރު އެ ހޮސްޕިޓަލަށް ރޯގާ ޖެހިގެން ފަރުވާ ހޯދަމަށް އަންނަ ބަލި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެހެންވެ މިއަދުން ފެށިގެން އެ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުން ޑޮކްޓަރަށް ދެެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މި ކްލިނިކުން ހިދުމަތް ދެމުން ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 12:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެޗްޕީއޭ އިން ބުނެފައިވާާގޮތުގައި، މިދިޔަ ޖޫން މަހު މެދު ތެރެއިން ފެށިގެން އިންފްލުއެންޒާ ބީ ދަނީ އިތުރުވަމުންނެވެ.

އެގޮތުން ޖޫން 16 އިން ފެށިގެން ޓެސްޓު ކުރެވުނު ސާމްޕަލްގެ %40 ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙޭހަން

    ކަމާބެހޭ މަނިކުފާނު އެއްގައުމުންއަނެއްގައުމަށް ދަތުރު އަޅާލަ އަޅާލަ! މީހުން ހަނާވަނީ! ބޮންދުންތަށް މަގުމަޢްޗަށް އަރިދަފުސްގަޑު ތަޅާލަ ތަޅާލަ! ޜޯގާ ކޮންޓްރޯލް ކުރަން ކޮމިޓީއެއް ހެދޭކަށް ނެތްބާ!

    13