އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ގަސް އިންދާ ޕޮޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ 20 އަހަރުގެ ޒުވާނަކަށެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން މީހާއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 17:15 އެހާކަން ހާއިރު ހިތަދޫ ޕަވާ ޕާކުގައި ސަރައްދުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި މަގުގެ އެއްފަރާތުގައި ހުރި ގަސް އިންދާ ޕޮޓެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ދުއްވަން އިން މީހާއަށް އަނިޔާވެފައިވާކަަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ސައިކަލު ދުއްވަން އިން މީހާގެ ލައިސަންސްވެސް ނެތް ކަމަށެވެ.

އޭނާއަށް އައްޑޫ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.